'ވޯކް ޓު ވަރކް ޑޭ' ފާހަގަކުރުނާއި ގުޅިގެން އެސްޓީއޯގެ މުވައްޒަފުން ހިނގާފައި މަސައްކަތްތައް ދަނީ-- ފޮޓޯ: އެސްޓީއޯ
ވިޔަފާރި
22 Sep 2022 | 11:50
މިއަދު އެސްޓީއޯގެ ހުރިހާ މުވައްޒަފުން ވެސް މަސައްކަތައް ނުކުންނާނީ ހިނގާފައި!

އެސްޓީއޯއިން ފާހަގަކުރާ 'ވޯކް ޓު ވަރކް ޑޭ' އާއި ގުޅިގެން އެ ކުންފުނީގެ ހުރިހާ މުވައްޒަފުން މިއަދު މަސައްކަތައް ނުކުންނާނީ ހިނގާފައި ކަމަށް އެކުންފުނިން ބުނެފިއެވެ. 

މިއީ އެސްޓީއޯ ގެ މިހަރަކާތް ހިންގާ 3 ވަނަ އަހަރެވެ. މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑް ބަލިމަޑުކަމުން އަރައިގަތުމަށްފަހު މިހަރަކާތް މެދުޖައްސާލުމަށްފަހު އަލުން ވަނީ ފަށާފައެވެ.

އެގޮތުން އެސްޓީއޯ އިން ބުނީ، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް އެ ކުންފުނީގެ 'ވޯކް ޓު ވަރކް ޑޭ' އާއި ގުޅިގެން މުޅި ކުންފުނީގެ އެންމެހާ މުވައްޒަފުން މަސައްކަތަށް ނުކުންނާނީ ފައިމަގުގައި ހިނގާފައިކަމަށެވެ. އަދި އެ ކުންފުނީގެ މުވައްޒަފުން މުޅި ދުވަހުވެސް އުޅޭނީ ފައިމަގުގައި ކަން ވެސް އެސްޓީއޯއިން ވަނީ ފާހަގަކޮށްފައެވެ.

އެސްޓީއޯއިން މިފަދަ ހަރަކާތެއް ފަށައި ކޮންމެ އަހަރަކު ސެޕްޓެމްބަރ މަހުގެ 3 ވަނަ ބުރާސްފަތި ދުވަސް މިފާހަގަކުރަނީ ސިއްހީ ދުޅަހެޔޮކަން ޕްރޮމޯޓްކުރުމުގެ ގޮތުން ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މިއީ އެކުންފުނީގެ މުވައްޒަފުން ދުޅަހެޔޮކޮށް ތިބުމަށް ހިތްވަރުދީ އާންމު ފަރުދުންވެސް ހިނގާފައި އުޅުމަށް ލޯބި ޖެއްސުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށް އެ ބުނެފައިވެއެވެ. 

އެސްޓީއޯއިން އަބަދުވެސް އަންނަނީ މުވައްޒަފުންނަކީ ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް ހެދުމަށް މަސައްކަތްކޮށް، ސިއްހަތަށް ފައިދާ ހުރި ގިނަ ކަންކަން މުވައްޒަފުންގެ މެދުގަޔާއި އާންމުންނަށް ހުޅުވާލައިގެން ރާވައި ހިންގަމުން ކަން އެ ކުންފުނިން ފާހަގަކުރެއެވެ. 

އެގޮތުން، އެސްޓީއޯގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ އެކި ހަރަކާތްތައް ފާއިތުވި ދުވަސްތަކުގައި ރާވައި ހިންގާފައިވާ ކަމަށާ، އަދި އެސްޓީއޯގެ ހައުސްތަކުގެ މެދުގެ ބޭއްވޭ އެކި ގިނަ ކުޅިވަރުގެ ހަރަކާތްތަކުންނާއި ޤައުމީ ފެންވަރުގައި ކުޅެވޭ މުބާރާތްތަކުގައި އެސްޓީއޯއިން މުވައްޒަފުން ބައިވެރިކުރުމަކީ މިކަމުގެ ހެއްކެއް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ހަމަމިއާއިއެކު، އެސްޓީއޯއާއި އެސްޓީއޯ ގުރޫޕް ކުންފުނިތަކުގެ މުވައްޒަފުންނަށް ޒަމާނީ ވަސީލަތްތަކާއިއެކު ޖިމެއްވެސް ތައްޔާރުކޮށްފައިވެއެވެ.

އެސްޓީއޯގެ އަމާޒަކީ މުވައްޒަފުންނާއި ރައްޔިތުންނަށް ފައިދާ ހުރި ކަންކަމާއިމެދު ހޭލުންތެރިކުރުވައި، ސިއްހަތަށާއި، ތިމާވެއްޓަށް ފައިދާ ހުރި އާދަތަށް މިމުޖުތަމައުގައި އަށަގެންނެވުމަށް މަސައްކަތް ކުރުން ކަމަށް އެކުންފުނިން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.