ކުރީގެ ރައީސް ޔާމީން ދަތުރުފުޅަކަށްފަހު މާލެ ވަޑައިގަންނަވަނީ/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
24 Sep 2022 | 21:41
ރައީސް ޔާމީން ކުރެއްވި ދަތުރުތައް އޮޅޭގޮތަށް ތަރުޖަމާނު ދެއްކެވި ވާހަކަތަކަށް ރައްދުދީފި!

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު ވެރިކަމުގައި ހުންނަވާ ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުތައް ރައްޔިތުންނަށް އޮޅޭގޮތަށް ރައީސް އޮފީހުގެ ތަރުޖަމާނު ވާހަކަދެއްކެވުމާއި ގުޅިގެން ރައީސް ޔާމީންގެ ޒައާމަތުގައި ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ ރައްދުއްވާ އެ ދަތުރުފުޅުތަކުގެ ތަފްސީލު ހާމަކުރައްވައިފިއެވެ. 

އެންމެ ފަހުން ރައީސް އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބޭރު ދަތުރުފުޅުތައް އިތުރު ކަމަށް ވިދާޅުވާއިރު ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގައި ވެސް 30 އަށް ވުރެ ގިނަ ދަތުުރުފުޅު ކުރައްވާފައިވާކަމަށެވެ.

އެ ގޮތުން ސިންގަޕޫރަށް ނުވަ ދަތުރުފުޅު އަދި ސައުދީ އަރަބިއްޔާއަށް ހަ ދަތުރުފުޅު ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

"ގާތްގަނޑަކަށް ތިރީހަކަށް ދަތުރު ކުރެއްވި ކަމަށް މިވަގުތު އަޅުގަނޑުގެ އަތުގައި ހުރި ރެކޯޑްސްތަކުން ވެސް އެބަ ފެނޭ. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކީ ދަތުރުފުޅު ކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅެއްކަން 2013 އާއި 2018 އާ ދެމެދު ދިޔަ އެޑްމިނިސްޓްރޭޝަން އިންވެސް ފާހަގަ ކުރެއްވޭނެ"

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާނު

މިއުވާނު މިފަދައިން ވިދާޅުވުމާއި ގުޅިގެން ރައީސް ޔާމީން ކުރެއްވި ބައެއް ދަތުރުފުޅުތަކުގެ ސީދާ ތަފްސީލު ކުރީގެ ޗީފް އޮފް ސްޓާފް މުސްތަފާ ވަނީ ހާމަކުރައްވާފައެވެ. 

އެގޮތުން މުސްތަދާ ވިދާޅުވީ ރައީސް ޔާމީން ސައުދީއަށް 6 ދަތުރުފުޅު ކުރައްވާފައިވާކަމަށް ތަރުޖަމާނު ވިދާޅުވެފައިވާއިރު، އޭގެ ތެރެއިން 3 ފަހަރު ވަޑައިގަތީ ހައްޖު އުމުރާގެ އަޅުކަން އަދާކުރެއްވުމަށެވެ. ޓިކެޓު ނެންގެވީ އަމިއްލަފުޅަށް ކަމަށާއި، އެދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެން ސަރުކާރުގެ ވެރިންވެސް ވަޑައިގަތީ އަމިއްލަފުޅަށް ޓިކެޓު ބައްލަވައިގެންކަމަށެވެ.

"ބައިވެރީންގެ ޓިކެޓް ނެގީ އެ މީހަކު އަމިއްލައަށް. އަޅުގަނޑުގެ ޓިކެޓް ވެސް ނެގީ އަމިއްލައަށް. މިނިސްޓަރު މުހައްމަދު ސައީދު އާއި މިނިސްޓަރު މުނައްވަރު ޓިކެޓް ނެންގެވީވެސް އަމިއްލަފުޅަށް"

ކުރީގެ ޗީފް އޮފް ސްޓާފް މުސްތަފާ

މުސްތަފާ ވިދާޅުވީ ސައުދީއަށް އެމނިކުފާނު ކުރެއްވި ދަތުރުފުޅާއެކު ރައްޔިތުންނަށް ލިބުނު ފައިދާ މާލޭގެ އިރުމަތީ ފަރާތުގައި ފެންނަން ހުރި މިސްކިތުން ހާމަވާކަމަށެވެ. އޭނާ އިޝާރާތްކުރެއްވީ ސައުދީގެ އެހީގައި އަޅުއްވާދެއްވާފައިވާ ކިންގް ސަލްމާނު މިސްކިތަށެވެ. 

އޭގެ އިތުރުން މުސްތަފާ ވިދާޅުވީ ރައީސް ޔާމީން ސިންގަޕޫރަށް ވަޑައިގެންނެވީ މުޅީން ވެސް ބޭސްފަރުވާ އަށެވެ. އެ ދަތުރުތަކަށް ހަރަދު ކުރެއްވީ އިންޝްއަރެންސްގެ ތެރެއިންނެވެ. މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅަކީ ދަރިކަލުންގެ ޕްރޮސީޖާ އަކަށް ކުރެއްވި ދަތުރުފުޅެއް ކަމަށް މުސްތޮފާ ވިދާޅުވެފައި ވެއެވެ. އެ ދަތުރުފުޅަށް ރައީސް ޔާމީނާއި އާއިލާގެ ބޭފުޅުން އަދި ސެކިއުރިޓީގެ ޓިކެޓް ވެސް ނެންގެވީ އެމަނިކުފާނު އަމިއްލަފުޅަށެވެ. 

އެ ދަތުރުފުޅާއެކު ދިވެހީންނަށް 90 ދުވަހުގެ އޮން އެރައިވަލްސް ވިސާ އެ ގައުމުން ހަމަޖައްސައި ދެއްވީ ސީދާ ރަައީސް ޔާމީން އެކަމަށް އެދިވަޑައިގެން މެލޭޝިޔާގެ ސަރުކާރުގައި ދަންނަވައިގެންކަމަށް މުސްތަފާ ވިދާޅުވިއެވެ. 
ރައީސް ޔާމީން ޗައިނާއަށް ކުރެއްވި ދަތުރުފުޅުތަކާއެކު ގައުމާއި ރައްޔިތުންނަށް ލިބުނު ފައިދާތަކަށްވެސް މުސްތަފާގެ ޓްވީޓުގައި ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން ހަދާފައިވާ ފްލެޓުތަކަކީ ރައީސް ޔާމީންގެ ޗައިނާ ދަތުރުފުޅުތަކާއެކު ރައްޔިތުންނަށް ލިބިގެން ދިޔަ ގެދޮރުވެރިކަމުގެ ފްލެޓުތަކެއްކަމަށް އޭނާ އިޝާރާތްކުރެއްވިއެވެ. އެ ނޫންވެސް އުމްރާނީ މުހިންމު މަޝްރޫއުތަކެއް، އޭގެ ތެރޭގައި މާލެއާއި ހުޅުމާލެ ގުޅާލި ބްރިޖު ދިވެހިންނަށް ލިބިގެން ދިޔައީވެސް ޗައިނާއަށް ރައީސް ޔާމީން ކުރެއްވި ދަތުރުފުޅާއެކުގައިކަން ފާހަގަކުރެވެއެވެ. 
މުސްތަފާ ވިދާޅުވިގޮތުގައި ރައީސް ޔާމީން ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅާއެކު މާފަރު އެއަރޕޯޓު ދިވެހިންނަށް ވަނީ ލިބިގެން ގޮސްފައެވެ. އަދި ދިވެހިންނަށް އެ ގައުމުން އޮން އެރައިވަލް ވިސާ ލިބޭނެ އިންތިޒާމުތައް ވަނީ ހަމަޖެހިގެން ގޮސްފައެވެ. އަދި ތައިލެންޑަށް ކުރެއްވި ދަތުރުފުޅަކީ ދިވެހި ޓޫރިޒަމްގެ ކޮންސެޕްޓް ބަދަލުކޮށްލި ކްރޮސްރޯޑްގެ ޕްރޮޖެކްޓަށް ކުރެއްވި ދަތުރުފުޅެއް ކަމަށް މުސްތަފާ ވިދާޅުވިއެވެ. 

ރައީސް ޔާމީން ވެރިކަމުގައި ހުންނަވާ ކުރެއްވި ދަތުރުތަކަށް ރައީސް އޮފީހުގެ ތަރުޖަމާނު ފާޑުވިދާޅުވެފައިވާއިރު، އެ ދަތުރުފުޅުތަކުން ރާއްޖެއަށް ވަރަށް ގިނަ މަޝްރޫއުތައް ހޯދާފައިވާކަން ފާހަގަކޮށްލެވެއެވެ. 

އެއާއެކު ރައީސް ސޯލިހުގެ ސަރުކާރުން ރިކޯޑު އަދަދަކަށް ދަތުރުތަކަށް ޚަރަދުކުރަމުންދާކަން ތަފާސް ހިސާބުތަކުން ހާމަވެއެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ދަތުރުތަކަށް ކަނޑައަޅާފައިވާ ބަޖެޓުގެ 60 އިންސައްތަ ޚަރަދުކުރެވިފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ވަނީ ހާމަވެފައެވެ. އަދި މިހާރު ސަރުކާރުން ކުރަމުންދާ ދަތުރުތަކަކީ ޚަރަދު ކުޑަކުރުމުގެ ގޮތުން ދަތުރުތައް ނުކުރުމަށް އަންގާފައިވާ ވަނިކޮށް ކުރަމުންދާ ދަތުރުތަކެއްކަންވެސް ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ