ެމެމްބަރު ހަސަންޓޭ މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
25 Sep 2022 | 15:11
މި ސަރުކާރުން ދާއިރާގެ ކުރިއެރުމަށް ކޮށްދިން ކަންކަމަށް ހަސަންގެ ހިފެހެއްޓުމެއް ނެތް ތައުރީފު

ރ. އިނގުރައިދޫ ދާއިރާގެ ތަރައްގީއާއި، ކުރިއެރުމަށްޓަކައި މި ސަރުކާރުން ކޮށްދެއްވަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު (ހަސަންޓޭ) ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ. 

ހަސަންޓޭ ދާއިރާއަށް ކުރައްވާ ދަތުރުފުޅުގައި ވަނީ ރަށްރަށުގައި ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވާފައެވެ. 

އެގޮތުން ހަސަންޓޭ ވިދާޅުވީ މިހާތަނަށް އެއްވެސް ސަރުކާރަކުން ކޮށްދެއްވާފައި ނުވާވަރަށް މި ސަރުކާރުން އިނގުރައިދޫ ދާއިގާގައި މަޝްރޫއުތައް ހިންގާފައިވާކަމަށެވެ. 

ދާއިރާގެ ބައެއް ރަަށްރަށުގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކަށްވެސް އޭނާ ވަނީ އަލިއަޅުވާލައްވާފައެވެ. 

އޭނާ ވިދާޅުވިގޮތުގައި ރ އިންނަމޫދާ ފެނުގެ ނިޒާމު ގާއިމުކޮށް، ލެބޯޓްރީއެއް ތަރައްގީކުރުމުގެ އިތުރުން ޖިމެއް އަޅާ، ފުޓްސެލް ދަނޑެއްވެސް ސަރުކާރުން އަޅާދީފައިވާކަމަށް ހަސަންޓޭ ވިދާޅުވިއެވެ. 

ރަސްމާދޫއަށް ބަލާއިރު، ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ އިތުރުން އިންޖީނުގޭގެ އިތުރުން ޕާކެއް ތަރައްގީކޮށް ނިންމާފައިވާކަމަށް ހަސަންޓޭ ވިދާޅުވިއެވެ. އަދި ސުކޫލު އިމާރާތުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ. 

ދާއިރާގައި ހިމެނޭ އިނގުރައިދޫގައި މި ސަރުކާރުން ހިންގާފައިވާ މަޝްރޫއުތަކަށް އަލިއަޅުވާލައްވާ ހަސަންޓޭ ވިދާޅުވީ އެރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް މި ސަރުކާރުން ނިންމާފައިވާކަމަށެވެ. ސުކޫލު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ޓެންޑަރ ކުރެވިފައިވާކަމަށާއި، ޕޮލިސް ސްޓޭޝަނާއި ކޯޓުގެ އިމާރާތް ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ހަސަންޓޭ ވަނީ ވިދާޅުވެފައެވެ. 

ފައިނަށް ބަލާލާއިރު، އެ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިނުމަކާއި ގާތަށް ގޮސްފައިވާކަމަށާއި، އިނޖީނު ގޭގެ މަސައްކަތް ނިމިފައިވާަކަން އޭނާ ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ގޮނޑުދޮށް ތަރައްގީކުރުމުގެ މަސައްކަތް ނިމިފައިވާކަމަށާއި، އައުޓް ޑޯ ޖިމްއެއް އަޅާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. 

ހަސަންޓޭ އިތުރަށް ވިދާޅުވީ މި ސަރުކާރުން އިނގުރައިދޫ ދާއިރާގައި ހިންގަމުންދާ މަޝްރޫއުތައް ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިވާކަމަށެވެ. 

މި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ޚިދުމަތްތަކާއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކުރަން ފަސޭހަވާނެކަމަށް ހަސަންޓޭ ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު މި ދެކެނީ އިރާދަފުޅު ކުރެއްވިއްޔާ 2023 ވަނަ އަހަރަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް މި ރާއްޖޭގެ ހުރިހާ ރައްޔިތުން އިރާދަފުޅާއެކު އެކީ އެކައްޗެއްކިޔާ ވޯޓުދީ އަދި ކުރިއަށް އޮތް އިންތިޚާބުވެސް އެމްޑީޕީއަށް ކާމިޔާބުވެގެންދާނެ ކަމަށް"

އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު

އިނގުރައިދޫ ދާއިރާގައި މި ސަރުކާރުން ވަރަށް ގިނަ މަޝްރޫއުތައް ހިންގަމުންދާކަން ފާހަގަކުރައްވާ ހަސަންޓޭ ވަނީ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ. 

ދާއިރާ ތަރައްގީ ކުރުމަށް ކުރިއަށް އޮތް އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.
05 Oct 2026
ޓީޗަރުން ކުރައްވާ ބުރަ މަސައްކަތައް ޝުކުރު އަދާކުރަން: މެޑަމް ސާޖިދާ
އެކަމަނާ އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުން ބިނާކޮށް ބައްޓަންކުރުމުގައި މުދައްރިސުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ކަމަށާއި މިއަދު ފެންނަ ބަދަހި މުޖުތަމަޢުތައް ބިނާކުރުމުގައި އެ ބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑު ކަމަށެވެ.
05 Oct 2026
ދަރިވަރުންގެ މުޒާހަރާތައް ހޫނުވެ ފަރަންސޭސިވިލާތުގެ 500 އެއްހާ ސްކޫލް ބަންދުކޮށްފި
ފަރަންސޭސިވިލާތުގެ ތަޢުލީމީ ވަޒީރު އެޑޮއާ ޖެފްރާ އާދީއްތަ ދުވަހު ހާމަކުރީ، އެ ސްކޫލްތަކުގެ ކިޔެވުން ހުއްޓައިލީ ސެކިއުރިޓީ ކަންކަން ހަމަޖެހިފައި ނެތުމުން ކަމަށެވެ. އެ މުޒާހަރާތައް ފެށުނީއްސުރެ 24 ސްކޫލެއްގައި ހުޅު ޖަހައި ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.