ގެއްލިގެން ހޯދަމުންދާ އަޒުހާން
ހަބަރު
25 Sep 2022 | 22:30
އަޒުހާން އެރި ޓެކްސީ ދެނެގަނެވިއްޖެ، އެންމެ ފަހުން ފެނުނީ ރެޑްބުލް ދަނޑު ސަރަހައްދުން: ފުލުހުން

 މި މަހުގެ 19 ވަނަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުންދާ މުހައްމަދު އަޒުހާން، 27، އެ ދުވަހު އެރި ޓެކްސީ ދެނެގަނެވިފައިވާ ކަމަށާއި އޭނާ އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ރެޑްބުލް ދަނޑު ސަރަހައްދުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވެފައިވަނީ މި މައްސަލައިގައި އެ އިދާރާއިން ނެރުނު ނޫސްބަޔާނެއްގައެވެ. ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވަނީ މީގެ ކުރިން އާންމުކޮށް ހޯދުމަށް އެދިފައިވާ ޓެކްސީ ދެނެގަނެ އެ ޓެކްސީ ދުންވަން އިން ފަރާތްވެސް ދެނެގަނެވިފައިވާ ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން އަޒުހާން އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ ރެޑްބުލް ދަނޑު ސަރަހައްދުން ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ. 

ފުލުހުން އިތުރަށް ބުނެފައިވަނީ އަޒުހާން ހުރީ ހުޅުމާލެ ފުރަތަމަ ފިޔަވަހިން ގެސްޓް ހައުސް ކޮޓަރިއެއް ކުއްޔަށް ނަގައިގެން ކަމަށާއި އޭނާ ވަނީ އެރޭ ފަތިހު އޭނާ ދިރިއުޅޭ 13 ވަނަ ހިޔާ ޓަވަރަށް ޓެކްސީއެއްގައި ގޮސް އެނބުރި ގެސްޓް ހައުސް އަށް ދިއުމަށް ޓެކްސީއެއް ނަގާފައި ކަމަށެވެ.

މީގެ ކުރިން އަޒުހާން އެންމެ ފަހުން ފެނިފައިވާ ކަމަށް ބެލެވުނީ އެ ޓެކްސީއަށް އެރި ހިސާބުން ކަމަށެވެ. ނަމަވެސް ފުލުހުންގެ ބަޔާނާއި އެކު އޭނާ އެންމެ ފަހުން ފެނުނު ތަން މި ވަނީ އިތުރަށް ސާފުވެފައެވެ. 

މީގެއިތުރުން ވައިގެ މަގުން އަޒުހާން ރާއްޖޭގެ އެހެން ހިސާބަކަށް ނުވަތަ ގައުމުން ބޭރަށް ފުރައިގެން ގޮސްފައިނުވާ ކަން މިހާތަނަށް ބެލި ބެލުމުން އިނގިފައިވާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އަޒުހާން ހޯދުމަށް އެތަށް މަސައްކަތްތަކެއް ކުރެވެމުން ދާއިރު މިހާރު ފުލުހުން ދަނީ އޭނާ އެންމެ ފަހުން ފެނުނު ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބެލުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

އަޒްހާން އާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިންވެސްޓިގޭޝަން ނަމްބަރު 9393351 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި މައުލޫމާތު ދިނުމަށް ފުލުހުން އެދިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.