ބ.ދަރަވަންދޫ ޞިއްޙިމަރުކަޒުގައި އަވަސް ފަރުވާދޭ ޔުނިޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ: ހެލްތު މިނިސްޓްރީ
ހަބަރު
29 Sep 2022 | 10:04
ދަރަވަންދޫ ޞިއްޙިމަރުކަޒުގައި އަވަސް ފަރުވާދޭ ޔުނިޓެއް ޤާއިމުކޮށްފި

ބ.ދަރަވަންދޫ ޞިއްޙިމަރުކަޒުގައި އަވަސް ފަރުވާދޭ ޔުނިޓެއް ޤާއިމުކޮށްފިއެވެ.

ބ. ދަރަވަންދޫގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި ޔުނިޓް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޢާއިޝަތު މުޙައްމަދުދީދީއެވެ. 

މި ރަސްމިއްޔާތުގައި އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސެލެންސީ މުނޫ މަހާވަރް އާއި ހެލްތު މިނިސްޓަރ އަޙްމަދު ނަސީމްގެ އިތުރުން ހެލްތު މިނިސްޓްރީގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ދެއްކެވި ވާހަކަފުޅުގައި، ބ.ދަރަވުންދޫ ޞިއްޙީ މަރުކަޒުގައި ޤާއިމުކުރެވި މިއަދު ހުޅުވިގެންދާ އަވަސް ފަރުވާދޭ ޔުނިޓަކީ، "ސްޓްރެޓެޖިކް" ތަނެއްގައި ޤާއިމު ކުރެވޭ މުހިއްމު ޚިދުމަތެއް ކަމުގައި ފާހަގަކުރެއްވިއެވެ. 

މިގޮތުން މިރަށުގެ ޞިއްޙީ މަރުކަޒަކީ މިސަރަހައްދުގެ މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯރޓްތަކުން އާއްމުކޮށް ޚިދުމަތް ހޯދާތަނަކަށް ވެފައި، އަވަސްފަރުވާގެ ޒަމާނީ ވަޞީލަތެއް ޤާއިމުވެފައިވުމަކީ، މި ރަށާއި މި ސަރަހައްދުގެ ރައްޔިތުންގެ އިތުރުން، މި ސަރަހައްދަށް ޒިޔާރަތްކުރާ ފަތުވެރިންނަށްވެސް، ހިތްހަމަޖެހުމާއި، ދިމާވެދާނެ ކުއްލި ޙާލަތްތަކުގައި އެކަށީގެންވާ އަވަސްފަރުވާގެ ޚިދުމަތް ގާތުންލިބިގެންދާނެ ތަނެއްކަމުގައި ފާހަގަކުރެއްވިއެވެ. 

"އިމަރޖެންސީކޮށް، ޞިއްޙީ ޚިދުމަތުގެ އެހެނިހެން މަރުކަޒަށް ވައިގެމަގުން ގެންދިއުމަށް، މި ބަނދަރަށް ގެނެވޭމީހާ، ފްލައިޓަށް އެރުވެންދެން ބާއްވާފަ އޮންނަ ވަގުތަކީ މި ދެންނެވިފަދަ ނާޒުކު ވަގުތެއް.  ވީމާ މި ހުރިހާ ގޮތަކުން ބެލިނަމަވެސް، މި ޚިދުމަތަކީ، މިތާނގައި ކޮންމެހެންވެސް ޤާއިމު ކުރަންޖެހޭ، "ސްޓްރެޓެޖިކް" އަދި "ކްރިޓިކަލް" ޚިދުމަތެއް." މިނިސްޓަރ ވިދާޅުވިއެވެ. 

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވަނީ މިޔުނިޓް ގާއިމުކުރުމަށް އިންޑިއާ ސަރުކާރުން ވެދެއްވި ދީލަތި އެހީތެރިކަން ފާހަގަކޮށް،ޝުކުރުއަދާކުރައްވާފައެވެ. 

ބ.ދަރަވަންދޫ ޞިއްޙިމަރުކަޒުގައި ޤާއިމުކުރި އަވަސްފަރުވާދޭ ޔުނިޓަކީ، އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ޤާއިމުކުރެވިފައި ޔުނިޓެކެވެ. އިންޑިއާ ސަރުކާރުން މި ޕްރޮޖެކްޓަށް ގާތްގަނޑަކަށް 7.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ދިވެހި ސަރުކާރުން މި ޕްރޮޖެކްޓަށް ޚަރަދުކޮށްފައިވަނީ ގާތްގަނޑަކަށް 3 މިލިއަން ރުފިޔާއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބާރު ލިބިދޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
06 Oct 2026
އެމްއެންޔޫގެ ފިއުޗާ ރެޑީ ސީރީޒްގެ ދެވަނަ ސެޝަން މިއަދު ބާއްވައިފި
މި ސެޝަނުގައި ދަރިވަރުންނަށް އެ ކުދިންގެ ޝައުގުވެރިކަމާއި ހުނަރާ މެދު ވިސްނާލުމުގެ ފުރުސަތު ލިބުނެވެ. އޭގެ އިތުރުން، ކިޔެވުމުގެ ސްޓްރީމް ހިޔާރުކުރުމާއި ޔުނިވާސިޓީ ލެވެލްގެ ފުރުސަތުތަކާއި ކެރިއާގެ މަގުތަކާ ބެހޭ މައުލޫމާތު ދަރިވަރުންނާއި އާއިލާތަކަށް ފޯރުކޮށްދީފައިވެއެވެ.
06 Oct 2026
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް
ފުލުހުން ބުނެފައިވާ ގޮތުން، ގދ. ގަމުގައި، އަލީ ޝަޒީނު ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ތަން ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބާވަތްތަކާއި ބަނގުރާ ފެނިފައިވެއެވެ.
06 Oct 2026
ފަހަތުން އަރައި، ފްރާންސުން ބެލްޖިއަމް ބަލިކޮށްފި
މި ނަތީޖާއާއެކު ފްރާންސް އޮތީ ގްރޫޕް އޭ1 ގެ އެއްވަނައިގައި 10 ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ ރޭ ތުރުކީއާ ބައްދަލުކޮށް 3-1 އިން މޮޅުވި އިޓަލީއެވެ. ބެލްޖިއަމް މިހާރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ
06 Oct 2026
ޑްރަގް ޓްރެފިކްކުރުމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށްވާ މޮހައްމަދު ޓަފެޖުލް ޙާއިދަރއެވެ. އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
06 Oct 2026
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، ސަރުކާރުގެ އިދާރާތަކުންނާއި އާންމު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
06 Oct 2026
މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށްފި
ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުން ތަންފީޛުކުރުމަށާއި ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް އަވަހަށް ފޮނުވުމަށް ނިންމައިފިއެވެ.
06 Oct 2026
"ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
ވިމެން އިން ޓެކް މޯލްޑިވްސްއިން ބުނީ 2023 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ ކަމަށެވެ. އެންމެފަހުން ޕެނަމާގައި ބޭއްވުނު ފަރސްޓް ގްލޯބަލް ޗެލެންޖުގައިވެސް ރާއްޖޭގެ ޓީމުން ވަނީ ބައިވެރިވެ، 190 އަށް ވުރެ ގިނަ ޤައުމުގެ ތެރެއިން ދުނިޔޭގެ ގަދަ 50 ގެ ތެރޭގައި ހިމެނިފައެވެ