ކުޑަހުވަދޫ ޖަލްސާގައި ރައީސް ޔާމީން ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
30 Sep 2022 | 05:19
ނުފުއްދޭ ވައުދެއް ނުވާނަން، ޔަގީނުންވެސް މަސްވެރިންނަށް މިހާރަށްވުރެ ފަހި ދުވަސްތަކެއް ހޯދާދޭނަން: ރައީސް ޔާމީން

މިހާރަށްވުރެ ފަހި ދުވަސްތަކެއް ޕީޕީއެމްގެ ވެރިކަމެއްގައި މަސްވެރިންނަށް ހޯއްދަވާދެއްވާނެކަމުގެ ޔަގީންކަން ވާދަވެރި ސިޔާސީ ލީޑަރު އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން އަބްދުލްގައްޔޫމު ދެއްވައިފިއެވެ. 

އެމަނިކުފާނު އެފަދައިް ޔަގީންކަން އަރުވާ ވާހަކަފުޅުދައްކަވާފައި ވަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް ޔާމީންއާއި ރަސްމީކޮށް ހަވާލުކުރެއްވުމަށްފަހު އެމަނިކުފާނު އެންމެ ފުރަތަމަ އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅުގައި ދ. ކުޑަހުވަދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައެވެ. 

އެގޮތުން ރައީސް ޔާމީން ވިދާޅުވީ ކުޑަހުވަދޫއަށް ވަޑައިގެން އެރަށުގެ ކަމުވޮޑިގެންވާ ފަރާތްތަކާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުންތަކުގައި ރައްޔިތުންގެ ހުށައެޅުއްވުންތައް ހުށައަޅާފައިވާކަމަށެވެ. 

ޚާއްސަކޮށް ކުޑަހުވަދުއަކީ މަސްވެރި ރަށަކަށް ވެފައި، މަސްވެރިންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމާއެކު، ފަސޭހަކަމާއެކު މަސްކިރޭނެ ބޯޓެއް ނުވަތަ ކާރުޚާނާއެއް އެ އަތޮޅުގައި ގާއިމުކޮށްދެއްވުމަށް ހުށައަޅުއްވާފައިވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. 

އެކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީ ކުރިއަށް އޮތް ދައުރަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވާ ސިނާއަތެއްކަމަށެވެ. 

އެ ވާހަކައާއި ގުޅުވާ ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަކީ ކޮށްދެވޭނެކަމުގެ ޔަގީންކަން ނެތް ވައުދެއްވާނެ ބޭފުޅެއް ނޫންކަމަށެވެ. 

އެހެން ނަމަވެސް، ކުޑަ ހުވަދޫގެ މަސްވެރިންނާއި ޖުމްލަކޮށް މަސްވެރިކަމުގެ ސިނާއަތުގައި ހުރި ކަންބޮޑުވުންތައް ދިރާސާކުރައްވަމުން ދާކަމަށާއި، އެ ޝަކުވާތަކަށް ޕީޕީއެމްގެ ވެރިކަމެއްގައި ހައްލު ގެނެސްދެއްވުމަށް ކުރައްވާނެ މަސައްކަތުގެ ތަފްސީލު ޕީޕީއެމްގެ މެނިފެސްޓޯގައި ލިޔުއްވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. 

އަަދި ވިދާޅުވީ އެމަނިކުފާނަށް ދެން އަންނަ ދައުރުގައި ވެރިކަން ލިބިވަޑައިގެންފިކަމަށް ވާނަމަ ޔަގީނުންވެސް މިހާރު މަސްވެރިން އުފުލަމުންދާ ތަކުލީފު އުފުލަން ނުޖެހޭގޮތަށް، މަސްވެރިންގެ މައްސަލަތައް ހައްލުކޮށްދެއްވާނެކަމަށެވެ. 

"އަޅުގަނޑަކީ ޚިޔާލުގެ ތެރެއިން ނޫނީ ޖައްވުގެ ތެރެއިން ޚިޔާލު ހޯދައިގެން ނުކުރެވޭ ކަންކަމުގެ ވާހަކަ ރައްޔިތުން ކުރިމަތީ އައިސް ބުނަން ބޭނުންވާ މީހަކަށް ނުވާތީ. ތަހުލީލުކޮށްފަ ކަނޑައެޅިގެން ޝައްކެތްނެތް މިންވަރަށް ދަންނަވާނެ ކަމަކީ މަސްވެރިންނަށް މިހާރަށްވުރެ މާ ފަހި ދުވަސްތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މާތްﷲ ފަސް އަހަރެއް މިންވަރު ކޮށްދެއްވައިފިއްޔާ ގެނެސްދޭނަން"

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން

ރައީސް ޔާމީންގެ ވާހަކައިގައި ވަނީ މި ސަރުކާރުން މަސްވެރިންނަށް ވީ ވައުދުތައް ފުއްދުމުގައި އިހުމާލުވަމުންދާކަން ފާހަގަކުރައްވާ މަޒާޖީގޮތަކަށް ފާޑުވިދާޅުވެފައެވެ. 

އެގޮތުން މަސްވެރިންނަށް ތައާރަފުކޮށްދޭނެކަމަށް ބުނި ޕްލެޓްފޯމުތައް ދައުރު ނިނެމްދާއިރުވެސް އަޅާ ދެވިފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

އެއާއެކު، މަސްވެރިންގެ ލޯ ކުރިމަތީގައި އިންޑިއާގެ ބޯޓު ފަހަރުތައް ލޭ އަޅުގައިގެން މަސްވެރިން ބާނާ މަސްކޮޅު ހިފައިގެން ދިއުމުން މި ސަރުކާރުގެ ވައުދު ފުއްދުމުގެ ސިޔާސަތު އޮތް ގޮތް ސާފުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

"މަސްވެރިން މަސްވެރިކަމުގެ ބުރަ ދުވަހެއް ނިންމާލާފަ އަނެއް ދުވަހު ހެނދުނު ނަމަވެސް މި ތިބެނީ ކަނޑުގައި އަޅާފައި އޮންނަ ޕްލެޓްފޯމުތަކެއްގައި. ކޮފީ ބޮވޭ، މަސާޖު ކުރެވޭ، ބައިނަލްއަގުވާމީ ހުރިހާ ކަމެއް ކުރެވޭ، އިންޓަނެޓު ލިބޭ، ބޭރުގެ ވިޔަފާރިތައް ކުރެވޭ، މަނީ މާކެޓު އޮޕަރޭޝަންސްއަށް ވަދެވޭ، ދެން މިހެން ގޮސް ދުނިޔޭގައި ލެއްވި ހުރިހާކަމެއް ކުރަން މަސްވެރިން މި ތެބެނީ ޕްލެޓްފޯމުގައި. ކުރުގޮތަކަށް ދަންނަވާ ކަމަށް ވަންޏާ، މިއީ އެމްޑީޕީއިން މަސްވެރިންނަށް ވީ އެންމެ މުހިންމު ވައުދު. މިއަދު އެ ޕްލެޓްފޯމުގައި ތިއްބާ ފެނިގެން މި ދަނީ ލޯކުރިމަތީގައި ލޭނުއަޅާލައިގެން އަޅުގަނޑުމެންގެ ކަނޑުތަކުން އިންޑިއާ ބޯޓުފަހަރު ވަގަށް މަސްގެންދާތަން. އެހެންވީމަ ވައުދު ފުދިއްޖެ ނޫން ތޯ؟"

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން

އެމަނިކުފާނުގެ ވާހަކައިގައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި މަސްވެރިންގެ ހުރި ޝަކުވާތައް ހައްލުކޯށްދެއްވުމަށްވެސް ކޮށްދެއްވާފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. އަދި އޭރަށް ވުރެ ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ޕީޕީއެމްގެ ދެން އަންނަ ވެރިކަމެއްގައި މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވާނެކަމުގެ ޔަގީންކަން ރައީސް ޔާމީން ވަނީ ދެއްވާފައެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕީޕީއެމް ތައްޔާރުކުރާ މެނިފެސްޓޯގެ ދެވަނަ ޗެޕްޓަރު ޚާއްސަކޮށްފައިވަނީ މަސްވެރިންނަށްކަމަށް އެމަނިކުފާނު ވަނީ އިއުލާނު ކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.