ޑރ ޝަހީމު ވާހަކަދައްކަވަނީ
ހަބަރު
01 Oct 2022 | 10:38
މިއީ ރާއްޖެއާއި ޕާކިސްތާނާއި ދެމެދު އޮތް ގުޅުން ރަމްޒުކޮށްދޭ ވަރުގަދަ މަސައްކަތްތަކެއް ކުރަން ޖެހޭ ވަގުތެއް: އައިސޯސީސީ

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލަތުގައި ޖެހިފައިވާ އަވައްޓެރި ޕާކިސްތާނުގެ ރައްޔިތުންނަށް ދިވެހިންގެ ދީލަތި އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗާ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ)ން އިލްތިމާސްކޮށްފިއެވެ. 

އެ ޖަމުއިއްޔާއިން މިފަދައިން އިލްތިމާސްކޮށްފައިވަނީ އެ ޖަމުއިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. 

އެ ޕްރެސްކޮންފަރެންސްގައި ވާހަކަދައްކަވަމުން އައިއޯސީސީގެ ރައީސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ޕާކިސްތާނަށް އެހީތެރިވުމަށް ޕާކިސްތާނުގެ އެމްބަސީއާއި މޯލްޑިވްސް ޕާކިސްތާނު ފްރެންޑްޝިޕް ޖަމިއްޔާއިން ބާއްވާ ޓެލެތޯންގައި ވީހާވެސް ގިނަ ދިވެހިން ބައިވެރިވުމަށް އެދިލައްވާކަމަށެވެ. 

މި ވަގުތަކީ ދިވެހިރާއްޖެއާއި ޕާކިސްތާނާއި ދެމެދު އޮތް ގުޅުން ރަމްޒުކޮށްދޭ ވަރުގަދަ މަސައްކަތެއް ދިވެހިން ކުރަންޖެހޭ ވަގުތެއްކަމަށް ޑރ ޝަހީމު ވިދާޅުވިއެވެ. 

އެއާއެކު ޑރ ޝަހީމު ވިދާޅުވީ ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތް އިހުސާސުކުރެވޭކަމަށެވެ. އެހެން ނަމަވެސް ދިވެހިންނަކީ އިޚުލާސްތެރި ހިތްހެޔޮ އަދި ޚުލްގު ހެޔޮ ބައެއްކަމަށްވުމުން މި ހާލަތުގައި ދިވެހިންގެ އެހީތެރިކަން ނިހާޔަތަށް ބޭނުން ވެފައިވާ ޕާކިސްތާނުގެ ރައްޔިތުންނަށް ވެދެއްވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އެދޭކަމަށް ޑރ. ޝަހީމު ވިދާޅުވިއެވެ. 

އިސްލާމީ އުންމަތުގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލުކަން ފާހަގަކުރައްވަމުން ޑރ ޝަހީމު އިތުރަށް ވިދާޅުވީ ދިވެހިރާއްޖެއާއި ޕާކިސްތާނާއި ދެމެދު އޮންނަ ގުޅުމަކީ ޒަމާންވީ އިސްލާމީ ގުޅުމެއްކަމަށެވެ. 

މިހާރުވެސް ރާއްޖޭގެ ވަރަށް ގިނަ ދަރިވަރުން ޕާކިސްތާނުގައި ތައުލީމު ހާސިލްކުރަމުންދާކަންވެސް ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.

އެ ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން އައޯސީސީގެ ނައިބު ރައީސް އަލީ އަހުސަން ވިދާޅުވީ ޕާކިސްތާނުގެ ރައްޔިތުން އެގައުމުގައި އުޅޭ ދިވެހި ދަރިވަރުންނާމެދު ކަންތައް ކުރަނީ އަމިއްލަ ގައުމުގެ މީހުންނާ މެދު ކަންތައްކުރާ ފަދައިން އެއްވެސް ތަފާތުކުރުމެއް ނެތިކަން ހަނދާން ކޮށްދެއްވާފައެވެ. 

މި ދަނޑިވަޅަކީ ދިވެހިންގެ ދީލަތި އެހީތެރިކަން ޕާކީސްތަނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ނިހާޔަތަށް ބޭނުންވެފައިވާ ވަގުތެއްކަން ފާހަގަކުރައްވާ އޭނާ ވަނީ ޕާކިސްތާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. 

މޫސުން ގޯސްވެ ޕާކިސްތާނަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ 1500 އަށް ވުރެ ގިނަ މީހުން ދުނިޔެ ދޫކޮށްފައިވާއިރު، ހާލުގައި ޖެހުނު މީހުންގެ އަދަދު 33 މިލިއަނަށް އަރާކަމަށް ރިޕޯޓުތަކުން ދައްކައެވެ. އަދި އެ ވިއްސާރައިގައި ޕާކިސްތާނަށް ލިބުނު ގެއްލުން 3 ބިލިއަން ޑޮލަރަށް އަރާކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ