މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވާހަކަދައްކަވަނީ/ ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ހަބަރު
01 Oct 2022 | 11:06
ގަސްކެނޑި މައްސަލަ ކޯޓަށް ވެއްދި ގޮތަށް އިންޑިއާ ކުންފުނިން ވިލިމާލޭ ފަރަށް ގެއްލުންދިން މައްސަލަ ކޯޓަށް ނުލީ ކީއްވެތޯ؟ :ނަރީޝް

އަމީނީ މަގު ޒަމާނީ ފެންވަރަކަށް ހެދުމަށްޓަކައި އެ މަގުގައި ހުރި ގަސްތައް ކަނޑަމުން ދާ މައްސަލަ ކޯޓަށް ވެއްދި ގޮތަށް މީގެ ދުވަސްކޮޅެއް ކުރިން އިންޑިއާގެ އެފްކޯންސް ކުންފުނީގެ އިހުމާލުން ވިލިމާލޭ ފަރަށް ޕްލެޓްފޯމެއް އުރި، އެ ފަރަށް ލިބުނު ގެއްލުމުގެ މައްސަލަ ކޯޓަށް ހުށައަޅާފައި ނުވާތީ މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ފާޑުވިދާޅުވެއްޖެއެވެ. 

އަމީނީ މަގުން ގަސްކަނޑާ މައްސަލަ މަޖިލީހުގެ ރައީސް، އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކޯޓަށް ހުށައަޅުއްވާފައެވެ. 

އަދި އެމްޑީޕިގެ "ނަޝީދު ފެކްޝަން" ގެ މެމްބަރުން ގެންދަވަނީ އެކަމާއި ނުރުހުން ފާޅުކުރަމުންނެވެ. 

މި ދަނޑިވަޅުގައި ނަރީޝް ކުރެއްވި ޓްވީޓެއްގައި ވަނީ ތިމާވެއްޓަށް ލިބޭ ގެއްލުންތަކާއި ދެކޮޅަށް އަޑުއުފުލުމުގައި ތަފާތުކުރުންތައް ގެންގުޅޭކަން ފާހަގަކުރައްވާފައެވެ. 

އެގޮތުން އޭނާ ވަނީ އިންޑިއާގެ އެފްކޯންސް ކުންފުނީގެ މައްސަލަ ކޯޓަށް ނާޅާ އަމީނީ މަގުން ގަސް ކަނޑާ މައްސަލަ ކޯޓަށް ހުށައަޅަން ޖެހުނީ ކޮން ސަބަބަކާ ހުރެތޯ ސުވާލުކުރައްވާފައެވެ. 

"ހިތުގައި އުފެދޭ ސުވާލަކީ ވިލިމާލޭ ފަރަށް އެފްކޮންސް އިން ދިން ގެއްލުމުގެ މައްސަލާގައި ކޯޓަށް ނުދިޔައީ ކީއްވެބާއޭ؟"

ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް

ނަރީޝް ވިދާޅުވީ އަމީނީ މަގުގެ ގަސްތަކުގެ މައްސަލަ ވަރަށް ބޮޑުވެ ނޫސްވެރިންވެސް އެކަމުގެ ޝައުގުގައި ވަރަށް ބޮޑަށް އުޅޭތަން ފެންނަމުންދާ ކަމަށެވެ. އެ މައްސަލަ ކޯޓަށް ވެއްދުމަށް ލޯޔަރުންވެސް އަވަދިނެތި އުޅެމުންދާކަމަށެވެ. 

އެހެން ނަމަވެސް އެހާ ފޯރީގައި ވިލިމާލޭ ފަރަށް އެފްކޯންސް ކުންފުނިން ދިން ގެއްލުމުގެ މައްސަލަ ކޯޓަށް ހުށައަޅަން މަސައްކަތް ނުކުރަނީ ކޮން ސަބަބަކާހުރެތޯ ސުވާލު އުފެދޭކަމަށް ނަރީޝް ވިދާޅުވިއެވެ. 

އަދި އެހާ ޝައުގުވެރިކަމާއެކު އެ މައްސަަލަ ނުބަލަކީ އީޕީއޭގެ އިސްވެރިން އިންޑިއާއަށް ހާޒިރުކޮށް "ސައިޒު" ކުރުމުންތޯ ނަރީޝް ވަނީ ސުވާލު އުފައްދަވާފައެވެ. 

އެފްކޯންސްއަކީ އިންޑިއާގެ ކުންފުންޏަކަށް ވުމުން އެ ކުންފުނިން ވިލިމާލޭ ފަރަށް ބޮޑު ގެއްލުމެއް ދިން ނަމަވެސް، ތިމާވެށީގެ ޗެމްޕިއަނުންނަށް ހަނު ތިއްބަވަން މަޖުބޫރުވީތޯވެސް ނަރީޝް ވަނީ ސުވާލުކުރައްވާފައެވެ. ތިމާވެއްޓަނަށް ގެއްލުން ދިން ކަމަށްވަނީ ވަކީ ބައެއްގެ ފުށުން ހިންގާ ކަންކަން އެކަނިކަމަށް ގަބޫލުކުރެވުމަކީވެސް ތިމާވެށި ހިމާޔަތްކުރުމަށް އަޑުއުފުލުމުގައި ތަފާތުކުރުން ގެންގުޅޭ ސަބަބަކަށް ވެދާނެކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ. 

އަމީނީ މަގުން ގަސް ކަނޑާ މައްސަލަ ނަޝީދު ކޯޓަށް ހުށައަޅުއްވާފައިވާއިރު، އޭނާ ވަނީ އެ މަސައްކަތް ފެށުމުގެ ކުރިންވެސް އެ މަގުގައި ހެދިފައި ހުރި ގަސްތައް ނުކެނޑުމަށް އިލްތިމާސްކޮށްފައެވެ. އަދި ގަސްތައް ނުކަނޑާ އެ މަގު ތަރައްގީކުރެވޭ ގޮތްތައް ހޯދުމަށް މަގުހަދާ ކުންފުންޏަށް އިލްތިމާސްކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ