އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު އަލީ
ހަބަރު
01 Oct 2022 | 12:27
ސާނަވީ ތައުލީމަށް ވާލްޑް ބޭންކުން 9 މިލިއަން ޑޮލަރުގެ އެހީއެއް

ރާއްޖޭގެ ސާނަވީ ތައުލީމުގެ ނިޒާމާއި ސްކޫލްތައް އަދި އުނގަންނައިދިނުމުގެ ނަތީޖާގެ ފެންވަރު ރަނގަޅު ކުރުމަށް ވާލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން 9 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފާސްކޮށްފި އެވެ.

ވޯލްޑް ބޭންކުން މިއަދު ބުނީ "މޯލްޑިވްސް އެޓޯލް އެޑިއުކޭޝަން ޑިވެލޮޕްމެންޓް ޕްރޮޖެކްޓް" ގެ ނަމުގައި ކުުރިއަށް ގެންދާ އެ މަޝްރޫއަށް އެ ބޭންކުން އެހީގެ ގޮތުގައި 4.5 މިލިޔަން ޑޮލަރު އަދި ލޯނުގެ ގޮތުގައި 4.5 މިލިޔަން ޑޮލަރު ދިނުމަށެވެ.

އެގޮތުން ރާއްޖެއިން ޅަފަތުގެ ތައުލީމާއި އަސާސީ ތައުލިމާ އަދި ފަށާ ސާނަވީ ތައުލީމު އެންމެންނަށް ފޯރުކޮށްދީފައިވީ ނަމަވެސް، މަތީ ސާނަވީ ތައުލީމު ހާސިލުކުރާ މިންވަރާ އަދި އެ ލެވެލްގައި ދެ ޖިންސުގެ ދެމެދު އޮތް ފަރަގު ބޮޑުވުމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

މޯލްޑިވްސް އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން، އިނގިރޭސި ބަސް، ހިސާބު، ސައިންސް، އަދި ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތައް ފަދަ އިގްތިސާދީ ކުރިއެރުމަށް ކޮންމެހެން މުހިންމު މާއްދާތަކުން ސާނަވީ ތައުލީމުގެ ފެންވަރު މަތިކުރުމަށް ސަރުކާރަށް އެހީތެރިވެދޭނެ އެވެ. އެ މަޝްރޫއަށް ދިވެހި ސަރުކާރުން އެއް މިލިޔަން ޑޮލަރު (15.4 މިލިޔަން ރުފިޔާ) ޚަރަދު ކުރާނެއެވެ.

މީގެ އިތުރުން ހަކަތަ އިގްތިސާދު ކުރުމާއި ކުނި މަދުކުރުން ފަދަ ތިމާވެއްޓާ ރައްޓެހި ކަންކަން ތަންފީޒު ކުރުމަށް ސްކޫލްތަކަށް ބާރުއެޅޭނެ އެވެ.

އަތޮޅު ސްކޫލްތަކަށް އައިސީޓީ އާލާތްތަކާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ފުޅާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާ އެކު، އުނގެނުމުގައި ގޮންޖެހުންތައް ކުރިމަތިވާ ދަރިވަރުންގެ ބޭނުންތައް ފުއްދުމަށް މުދައްރިސުންގެ ހުނަރު ވެސް މިހާރަށް ވުރެ ހަރުދަނާކުރެވިގެން ދާނެ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.