އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ/ ފޮޓޯ: އެޑިއުކޭޝަން
ހަބަރު
01 Oct 2022 | 11:52
ތައުލީމީ ވުޒާރާގެ ސިޓީގައި ހުސް ކުށް، ގިނަ ބައެއްގެ ފާޑުކިޔުން!

ސޯޝަލް މީޑިއާގެ މަންސަތަކުގައި ދައުރުވަމުންދާ ސިޓީއަކަށް ސަމާލުކަން ހުއްޓުނެވެ. އެ ސިޓީގައި ރަތް ލަގަމަކުން ބޮޅުތެކެއް އަޅާފައި ހުރީމައެވެ. ހީވީ ސިޓީ ލިޔުމުގެ ފިލާވަޅެއް ނަގާދީފައި އޮތް ހެންނެވެ. އެވަރަށް އެ ސިޓީގެ އެކި އިބާރާތުގައި ބޮޅު ކުރަހާފައި އޮތެވެ.

ރަނގަޅަށް ބަލާލިއިރު މިއީ ތައުލީމީ ވުޒާރާގެ ރަސްމީ ސިޓީއެކެވެ. 29 ސެޕްޓެމްބަރު 2022 ގައި ތައުލީމީ ވަޒީރު ސޮއިކުރައްވާފައިވާ ރަސްމީ ސިޓީއެކެވެ. 

މިއީ އެޑިޓެއް އެއް ނޫން ބާ އޭ ވެސް ހިތަށް އެރިއެވެ. އުނގެނުމާއި އުގަންނައިދިނުމުގެ ވުޒާރާއިން މިހާ ދަށް ފެންވަރުގެ ރަސްމީ ކަރުދާހެއް ބޭރުވެދާނެ ބާ އޭ ހަމަ ހިތާ ހިސާ ސުވާލުކޮށްލެވުނެވެ. ރަސްމީ ސިޓީތަކަކީ ވަރަށް ބޮޑަށް އޭގައި ކުށް ފިލުވުމަށްފަހުގައި ނޫނީ ސޮއިކޮށް އިދާރާތަކަށް ފޮނުވާ ލިޔެކިޔުންތަކަށް ނުވާތީއެވެ. 

އެހެން ނަމަވެސް ތައުލީމީ ވުޒާރާގެ އެސީޓައި އެކު ޖުމުލަ 28 ކުށް އޮތްކަން ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ސުކުންޖެހުމުގެ ކުށްތަކާއި، ބަހުގެ ޤަވާޢިދާ ގުޅުންހުރި ކުށްތަކާއި، ތިކިޖެހި ތާނަ ބޭނުންކުރުމުގެ ކުށްތަކުގެ އިތުރުން އިމްލާ ކުށްތަކާއި ޤަވާއިދު ކުށްތައް އެ ސިޓީގައި ހުރިކަން ފާހަގަކޮށްލެވެއެވެ. 

އޭގެ އިތުރުން ސިޓީ ނިންމާލުމުގައި އާންމުކޮށް ބޭނުންކޮށްއެޅޭ ޚާދިމްކުމް/ޚާދިމަތުކުމް ލިޔެފައިވާއިރު "ޚ"ގެ ތިކިޖަހާފައިވަނީ ނުބައިކޮށެވެ. ސިޓީ ލިޔާ ފަރާތަކީ ފިރިހެނެއް ކަމުގައިވާނަމަ "ޚާދިމްކުމް" ބޭނުންކުރާއިރު އަންހެނެއްނަމަ ބޭނުންކުރަނީ "ޚާދިމަތުކުމް"ކަން ސިޓީއެއް ލިޔަން އަލަށް ފަށައިގަންނަ ދަރިވަރަށްވެސް އެނގޭނެއެވެ. 

އެހެން ނަމަވެސް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީއަކީ އަންހެނަކަށް ވީނަމަވެސް އެ ސިޓީގައި ބޭނުންކޮށްފައިވަނީ ޚާދިމްކުމް މި އިބާރާރަތެވެ. 

އެ ސިޓީއަކީ ސުކޫލުތަކުގައި ބާއްވާ އެކި ހަރަކާތްތަކަށް ބެލިވެރިން މެދުވެރިކޮށް އެހީގެ ގޮތުގައި ސީދާ ބެލެނިވެރިންގެ އަތުން ފައިސާ ހޯދަމުންދާތީ އެކަމަކީ މިނިސްޓްރީއިން ތަރުހީބުދޭ ކަމެއް ނޫންކަން ސުކޫލުތަކަށް އެންގުމަށް ފޮނުވި ސިޓީއެކެވެ. 

އެ ސިޓީއަކީ މާތް މަގްސަދެއްގައި ފޮނުވި ސިޓީއެއް ނަމަވެސް، ސިޓީގެ ފެންވަރު ދަށްކަމާއި، ކުށްތައް ގިނަ ވުމުގެ ސަބަބުން ތައުލީމީ ވުޒާރާއަށްވަނީ އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައެވެ. 

ތައުލީމީ ވަޒީރު ސިޓީގައި ސޮއިކުރެއްވުމުގެ ކުރިން އެއްވެސް ވަރަކަށް ސިޓީ ކިޔުއްވާފައި ނުވަނީތޯ ގިނަ ބަޔަކު ވަނީ ސުވާލުކޮށްފައެވެ. އަދި ސިޓީ ކިޔުއްވުމަށްފަހުވެސް އޭގައި ހުރި ކުށްތައް ފެނި ނުލެއްވީތޯވެސް ބައެއް މީހުން ސުވާލުކޮށްފައިވެއެވެ. 

މިނިސްޓަރު ސުކޫލުގައި ކިޔަވާވިދާޅުވިއިރު ދިވެހި ބަހުން ލިބިވަޑައިގަތީ ކޮން ކަހަލަ ރިޕޯޓެއްތޯ ސިޓީއަށް ފާޑުކީ މީހަކު ސުވާލުކޮށްފައިވާއިރު، އެ ސުވާލަށް ޖަވާބުދީ ކޮމެންޓުކުރި މީހަކު ބުނީ މިނިސްޓަރު ތައުލީމު ހާސިލްކުރެއްވީ ދިވެހިބަހުން ކަމަށް ނުވުމުން، އެނގިވަޑައިނުގެންނެވީކަމަށެވެ. 

ތައުލީމީ ވުޒާރާގެ ސިޓީއަށް ފާޑުކީ އިތުުރު މީހަކު ބުނެފައިވަނީ މިނިސްޓަރު ޕީއެޗްޑީ ނަންގަވަން ކުރެއްވި ހޭދައަކީ ބޭކާރު ޚަރަދެއްކަމަށް މި ސިޓީ ފެނުމުން ގަބޫލުކުރެއްވިއްޖެކަމަށެވެ. 

ތައުލީމީ ވުޒާރާގެ ހާލަތު ސިޓީއިން ދައްކުވައިދޭއިރު، ސުކޫލުތަކުން ނިކުންނަ ދަރިވަރުންގެ ފެންވަރު ރަނގަޅުވާނީ ކިހެނެއްތޯވެސް ބައެއް މީހުން ސުވާލުކޮށްފައިވެއެވެ. 

އެ ސިޓީއަށް ފާޑުކީ ބައެއް ފަރާތްތައް ވަނީ ހެރިޓޭޖް މިނިސްޓަރާއި، ދިވެހި ބަހުގެ އެކަޑަމީގެ ބަހެއް މިކަމުގައި މުހިންމުކަން ފާހަގަކޮށްފައެވެ. އަދި މިވަރުގެ ފެންވަރުދަށް ސިޓީތައް ވުޒާރާތަކުން ބޭރުވެގެން ދާއިރުވެސް ތިއްބަވާނީ ހަނު ތޯ އަހާ ސުވާލުކޮށްފައެވެ. 

އެޑިއުކޭޝަނުން ސްކޫލްތަކަށް ފޮނުވި ސިޓީ

ކޮންމެއަކަސް ތައުލީމީ ވުޒާރާގެ ތެރެއިން ބޭރުވި މި ސިޓީގައި އާދަޔާ ޚިލާފަށް ގިނަ ކުށްތައް ހުރުމުގެ ސަބަބުން އެ މިނިސްޓްރީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު މިއީ ސަމާސާ ކަމެއް ނޫނެވެ. އަދި މިއީ އާންމު ހާލަތުގައި ކަން ހިނގާ ގޮތެއްވެސް ނޫނެވެ. 

މިނިސްޓަރުން ސޮއިކުރައްވާ ސިޓީތަކަކީ އޭގެ އިބާރާތްތަކާއި މެދު ވަރަށް ބޮޑަށް ފާރަވެރިވާ، ޚާއްސަ ސަމާލުކަމެއް ދެވިގެން ތައްޔާރުކުރާ ލިޔެކިޔުންތަކެކެވެ.

އެއީ ވުޒާރާތަކުގެ އެކި ފަށަލަތަކުން ބަލާ ޗެކުކޮށްފައި ނޫނީ ސޮއިކުރާ ލިޔުންތަކެއް ނޫނެވެ. ލިޔާ ސިޓީތަކުގައި މައްސަލަތައް ހުރިކަމަށް ވާނަމަ، އެ ބަދަލުކުރުވަނީ މަދު ފަހަރަކު ނޫންކަން އިދާރީ މޭޒުކޮޅުތަކުގައި ތިއްބަވާ މުވައްޒަފުން ދަންނާނެއެވެ. 

އެހެން ކަމަށްވާއިރު، އަވަސް އަރުވާލާ، ވުޒާރާތަކުން ކަމާގުޅުންހުރި ތަންތަނަށް ސިޓީ ފޮނުވާއިރު އޭގައި ލިޔެވިފައި އޮތީ ކީކޭތޯ ބަލާލުން ބުއްދިވެރިވާނެއެވެ.

އެހެން ނޫންކަމަށްވާނަމަ އެޑިއުކޭޝަން މިނިސްޓްރީއަށް ލިބުނު "ކޮޅު ކެހި" އެހެން ވުޒާރާތަކަށްވެސް ލިބިގެން ދިއުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.

އެޑިއުކޭޝަނުން އަންގާފައިވަނީ މުހިންމު އެންގުމެއް ނަމަވެސް، އެ ސިޓީގައި ރަތް ރޮނގު ދަމާލަން ނުޖެހޭ ހަމަ އެންމެ ފޮޅުވަތެއްވެސް ނެތުމުން އެ ސިޓީގެ މަގްސަދަށް ވުރެ ބޮޑަށް އެންމެންނަށްވެސް ފާހަގަވީ ސިޓީގެ ކުށްތަކެވެ.

ސިޓީގައި ސޮއިކުރުމުގެ ކުރިން މިނިސްޓަރުވެސް އަދި މިނިސްޓަރުގެ އަތްޕުޅަށް ސިޓީއެރުވި ފަރާތުންވެސް އިބާރާތްތައް ކިޔާލާ، އެ މައްސަލަތައް ހައްލުކޮށްލި ނަމަ މިއަދު އެ ސިޓީއަށް މީހުން ހާދަހާވާ ތައުރީފެއް ކުރާނެއޭ ހިތަށް އަރައެވެ. އެއީ ބެލެނިވެރިންގެ ޖީބުތަކަށް ލުއިކޮށްދިނުމަށް ގޮވާލާ ސުކޫލުތަކަށް އަންގާފައިވާ ސިޓީއެއް ކަމަށް ވާތީއެވެ. 

ދެން އޮތީ އެ ސިޓީ މާޒީގެ ތެރެއަށް ދޫކޮށްލާ ދެން ފޮނުވާ ސިޓީތަކާއި މެދު ފާރަވެރިވުމެވެ. ރަސްމީ ސިޓީތަކުގައި ކުށް އިބާރާތް ބޭނުންކުރެވޭ މިންވަރު މަދުކުރުމަށް މިހާރަށް ވުރެ ބޮޑު ސަމާލުކަމެއް ދީގެން މޮނިޓަރ ކުރަމުން ގެންދިއުމެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ