ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތޭރު މުޚުތާރު/ ޕޮޓޯ: ވޮއިސް
ހަބަރު
01 Oct 2022 | 23:16
ހާލަތު ބަދަލުކުރުމަށް އެހީތެރިވެ ދެއްވާ: ހައިކޮމިޝަނަރ މުޚްތާރު

ޕާކިސްތާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ޝިކާރައަކަށް ވެފައި ކަމަށް ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޕާކިސްތާނުގެ ހައި ކޮމިޝަނަރ އަތޭރު މުޚުތާރު ވިދާޅުވެއްޖެއެވެ. 

ހައިކޮމިޝަނަރ މުޚުތާރު "ވޮއިސް" އަށް ދެއްވި އިންޓަރވިއުގައި ވިދާޅުވީ ޕާކިސްތާނަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއްކަމަށެވެ. 

މިފަހުން ޕާކިސްތާނަށް ކުރި ވިއްސާރައިގައިވެސް އެ ގައުމަށް ބޮޑު ގެއްލުންތަކެއް ލިބިފައިވާކަމަށް ހައި ކޮމިޝަނަރު ވިދާޅުވިއެވެ. 

ކަމިޝަނަރުގެ ވާހަކައިގައި ވަނީ މި ފަހުން އެ ގައުމަށް ކުރިމަތިވި ވިއްސާރައިގައި ލިބުނު ގެއްލުންތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން 

އެގޮތުން ވިއްސާރައިގައި 1500 މީހުން ނިޔާވެފައިވާއިރު ތިން މިލިއަން މީހުން ހާލުގައި ޖެހިފައިވާކަމަށް ކަމިޝަރު ވިދާޅުވިއެވެ. އަދި އެތައް ބައެއްގެ ގެދޮރު ގެއްލި ވަގުތީ ހިޔާތަކުގައި ދަތިހާލުގައި އުޅެންޖެހިފައިވާކަންވެސް ފާހަގަކުރެއްވިއެވެ. 

އެކަންކަން ފާހަގަކުރައްވާ މުޚުތާރު ވިދާޅުވީ ޕާކިސްތާނަށް ދިމާވި މި ހިތާމަވެރި ކާރިސާގައި ދިވެހިންގެ ހެޔޮ ދުއާ ލިބެމުންދާތީ އުފާކުރައްވާކަމަށެވެ. އެއާއެކު މި ވަގުތަކީ ދިވެހިންގެ އެހީތެރިކަން ނިހާޔަތަށް ބޭނުންޖެހިފައިވާ ވަގުތެއްކަމަށް އޭނާ ވިދާޅުވިއެވެ. 

އަދި ޕާކިސްތާނަށް ދިމާވެފައިވާ މި ދަތި ހާލުން އަރައިގަތުމަށް ދިވެހިންނަށް ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އެދިވަޑައިގަންނަވާކަމަށް މުޚުތާރު ވިދާޅުވިއެވެ. 

ދިވެހިންނާއި ޕާކިސްތާނާއި ދެމެދުގައި އުފެދިފައިވާ އުޚުވަންތަ ގުޅުމެއްކަމަށާއި، ދިވެހިންގެ އެހީތެރިކަން އަބަދުވެސް އެ ގައުމަށް ލިބޭނެކަމަށް އުންމީދުކުރައްވާކަމަށްވެސް މުޚުތާރު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ