ސައީދު މަޖިލީހުގައި / ފޮޓޯ: މަޖިލިސް
ހަބަރު
03 Oct 2022 | 05:40
ދައުލަތުގެ މީޑިއާއަށް 100 މިލިއަން ޑޮލަރުގެ ލޯނުވެސް ފެންނަނީ ހިލޭ އެހީގެ ގޮތުގައި: ސައީދު

ދައުލަތުގެ މީޑިއާއަށް ދަރަންޏާއި ހިލޭ އެހީ ވަކިކުރަން ނޭގޭކަން ފާހަގަކުރައްވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ފާޑުވިދާޅުވެއްޖެއެވެ. 

"އިންޑިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ހީދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި" މި ސުރުހީގެ ދަށުން ދައުލަތުގެ މީޑިއާ ޕީއެންސްއެމް ނިއުސްގައި ޝާއިއުކޮށްފައިވާ ޚަބަރެއްގެ ސްކްރީން ޝޮޓެއް ހިއްސާކުރައްވާ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާއިން ލޯނު ނަގައިގެން ފެށި ބްރިޖުގެ އަގު މިހާރު އެތައް ގުނައެއް ބޮޑުކޮށްފައިވާކަމަށެވެ. 

އެ ލޯނު ދިވެހިންގެ ބޮލުގައި އެޅުވުމަށްފަހު، ޕްރޮޖެކްޓު އަވަސްކުރުމުގެ ނަމުގައި އަނެއްކާވެސް އިތުރު ލޯނު އަޅުވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. 

ސަރުކާރުން ބަހާ ހުސްކުރަމުންދަނީވެސް ލޯނުތައް ކަަމަށާއި، އިންތިޚާބުތަކާއި ދިމާކޮށްވެސް ބޭނުންކުރަނީ ލޯނު ފައިސާކަން ދޭހަވާ މޭރުމަކުން ސައީދު ވަނީ ކުރީ ސަރުކާރުން ލޯނު ނެގުމުން އެކަމަށް ފާޑުކީ އެމްޑީޕީ މިއަދު ކޮބައިތޯ އައްސަވާ ސުވާލުވެސް ކުރައްވާފައެވެ. 

އެހެން ނަމަވެސް ސަރުކާރުން މަތިމައްޗަށް ލޯނުތައް ނަގަމުންދާއިރު، ދައުލަތުގެ މީޑިއާއަށް އިންޑިއާއިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނުވެސް ފެންނަނީ ހިލޭ އެހީގެ ގޮތުގައިކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަންނަވަމުން ވަނީ ދަރިންނާއި ދަރިންގެ ދަރިންގެ ބޮލުގައި ދަރަނި އަޅުއްވާނެ ބޭފުޅަކަށް ނުވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. 

އެހެން ނަމަވެސް މި ސަރުކާރަށް ހަތަރު އަހަރު ފުރެންދާއިރު، މިހާރު ދައުލަތުގެ ދަރަނި 100 ބިލިއަން ޑޮލަރަށްވުރެ އިތުރުވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ