ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް
ހަބަރު
04 Oct 2022 | 16:45
ތަހުގީގު އޮޅުވާލަން ފުލުހުން މަސައްކަތް ކުރާ ކަމަށް އޭޖީ ވިދާޅުވި: ރައީސް ނަޝީދު

ފުލުހުން ބަލަމުންދާ ބައެއް މައްސަލަ ތަކުގެ ތަހުގީގު އޮޅުވާލަން ބައެއް ފުލުހުން މަސައްކަތް ކުރާ ކަމަށް ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު ވިދާޅުވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލުނު މުހައްމަދު އަޒުހާން ހޯދުމުގައި ހުރި ކަންބޮޑުވުންތައް ފާޅުކޮށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ހުށައެޅުއްވި ކުއްލި މައްސަލަ ބަހުސް ކުރައްވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ. 

އެގޮތުން އާދަމް ޝަރީފުގެ އެ މައްސަލަ އަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، މަޖިލީހަށް ހުށައެޅި އެ މައްސަލައަކީ ދިވެހި ޒުވާނެއް ގެއްލިގެން 14 ދުވަސް ވިއިރު އޭނާ ނުފެނި، އޭނާ ހޯދަން ކުރި މަސައްކަތުގެ މައުލޫމާތެއް މަޖިލީހަށް ނޭގި އޮތް އޮތުމުގެ ވާހަކަކަމަށެވެ. 

އަދި ހުޅުމާލެއިން ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް އެކަށީގެންވާ ވަރަށް ކޮށްފައިވާކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް އެކަން ގަބޫލުނުކުރައްވާކަން ފާހަގަކުރައްވައި ހަސަން ލަތީފް ވަނީ އެ މައްސަލާގައި އިހުމާލު ވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން ޖެހޭކަމަށް ވިދާޅުވެފައެވެ.

"އޭނާ ގެއްލިގެން 14 ދުވަސް ވީއިރު ފުލުހުން އޭނާ ހޯދަމުންދާ ކަމަށް ބުނި ކަމުގައިވީ ނަމަވެސް އެކަށީގެންވާ ގޮތެއްގައި އެކަން ކުރެވިފައި އޮތްކަމަކަށް ހަމަގައިމުވެސް އަޅުގަނޑު ގަބޫލެއް ނުކުރަން. އެއީ އޭނާގެ ހަށިގަނޑު ފެނުނު ސަރަހައްދުގެ ގޮތުންނާ އެކީގައި. އެކަން ފުލުހުން ރަނގަޅަށް ކުރިނަމަ އެއަށްވުރެ މާކުރިން އޮންނާނީ ފެނިފަ،" ހަސަން ލަތީފް ވިދާޅުވި އެވެ.

މީގެ އިތުރުން ހަސަން ލަތީފް ވިދާޅުވީ އެކަމާ ގުޅޭގޮތުން މަޖިލީހުގައި ކުރެވޭނެ ކަންކަމަކީ ކޮބައިތޯ ބަލައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީންވެސް ކުރެވެންހުރި ކަންކަން ކުރަންޖެހޭ ކަމަށެވެ.
"މި މައްސަލަ ދިވެހި ސަރުކާރަށް ނުބެލޭނެ ކަމަށް ވަންޏާ އެއީ ވަރަށް ހިތާމަހުރި ކަމެއް. ރާއްޖޭގައި ކުރިން ހިނގާފައިހުރި މަރުގެ މައްސަލަތަކާއި، އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ނުބެލި ދިއުމުގެ ސަަބަބުން ސަރުކާރާ ދޭތެރޭގައި އޮތް އިތުބާރު ދަނީ ގެއްލެމުން،" މަރުގެ މައްސަލަތަކުގައި ފަރުވާ ކުޑަކުރާތީ ކަންބޮޑުވުން ފާޅުކޮށް ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ލަތީފުގެ މި ވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދު ރީޔާސަތުގައި އިންނަވައި ވިދާޅުވީ، ބައެއް ބާވަތުގެ ކަންކަމުގައި ތަހުގީގު ހިނގަމުންދާއިރު، ފުލުހުންގެ ތެރެއިން ބައެއް ބޭފުޅުން، ކަންކަން އޮޅުވާލައި، މައްސަލައިގެ މިސްރާބު އޮޅުވާލުމަށް މަސައްކަތް ކޮށްފައިވާކަން ފާހަގަވާކަމަސް ބަންޑާރަ ނާއިބު މަޖިލީހުގައި ވިދާޅުވެފައިވާ ކަމަށެވެ. 

އިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ބަންޑާރަ ނާއިބު ވަނީ މި މަޖިލީހުގައި ވިދާޅުވެފައި، ބައެއް ބާވަތުގެ ކަންކަމުގައި ތަހުގީގު ހިނގަމުންދާއިރުގާ، ގަސްތުގައި ފުލުހުންގެ ތެރެއިން ބައެއް ބޭފުޅުން ކަންކަން އޮޅުވާލުމަށް، ނަގާލުމަަށް، މިސްރާބު ގެއްލުވާލުމަށް ކަން ކޮށްފައިވާކަން ފާހަގަކުރެވޭކަމަށް. ބަނޑާރަ ނާއިބު މި މަޖިލީހުގައި ވަނީ ވިދާޅުވެފައި 

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 

ވުމާއެކު ފުލުހުންގެ ތަހުގީގާއި ގުޅުންހުރި އެފަދަ ކަންކަމާއި ގުޅިގެން މަޖިލީހުގެ މެންބަރުންގެ ހުރި ކަންބޮޑުވުންތައް އެމަނިކުފާނަަށް ގަބޫލުކުރެވޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.