ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް
ހަބަރު
06 Oct 2022 | 12:19
ޑިމޮކްރަސީ އަށްޓަކައި ތެދުވި މީހުންނަށް ލިބުނު ގެއްލުން ހަނދާން ކުރަންޖެހޭ: ރައީސް ނަޝީދު

ޑިމޮކްރަސީގެ ދުވަސް ފާހަގަކޮށް، ޑިމޮކްރަސީ އާއި ގުޅިގެން ވާހަކަދެކެވޭއިރު، ދިވެހިރާއްޖޭގައި ޑިމޮކްރަސީ އަށްޓަކައި ތެދުވި މީހުންނަށް ލިބުނު އަނިޔާތަކާއި ލިބުނު ގެއްލުންތަކުގެ ހަނދާން އައު ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ބައިނަލްއަގުވާމީ ޑިމޮކްރަސީ ގެ ދުވަސް ފާހަގަކުރުމަށް ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދިޔަ މަޒުމޫނު ލިޔުމާއި ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފައުޅުކުރުމަަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހިންގެ ތެރެއިން ގިނަ މީހުންގެ ހިތްތަކުގައި މިހާރު ބިންވަޅު ނެގިފައިވަނީ ރާއްޖޭގައި މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނު އަސާސީ ޑިމޮކްރަސީ އަށް ޖާގަދޭ ފުޅާ މިންވަރު ކަމަށެވެ. 

"ޚިޔާލު ފައުޅުކުރުމުގެ މިނިވަންކަން، އެއްވެ އުޅުމުގެ މިނިވަންކަން، ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަން، އަސާސީ އިންސާނީ ހައްގުތައް ރައްކާތެރިވެފައި އޮތުން، ވޯޓުގެ ޒަރީއާއިން ނޫނީ، އަދި ދެފުށް ފެންނަ މިނިވަން އިންތިހާބަކުން ނޫނީ ވެރިކަން ފޮރޮޅިގެން ނުދިޔުން. އެއް އަތުން އަނެއް އަތަށް ބަދަލު ނުވުން. ވެރިކަމެއް އުފެދިގެން އަންނަނީ ރައްޔިތުންގެ އުއްމީދުތަކާއި ރައްޔިތުންގެ އެދުންތައް، ރައްޔިތުންގެ އިހްސާސްތައް ހިމެނޭ ސިޔާސަތު ތަކެއް ތަންފީޒު ކުރުމަށް އެކުލަވާލެވޭ ސަރުކާރެއް މެދުވެރި ވެގެންކަން،" މިހާރުގެ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ސިފަތަކުގެ ތެރެއިން ބައެއް ކަންކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ. 

މިއާއެކު ރައީސް ނަޝީދު ވިދާޅުވީ، ލާ މަރުކަޒީ ނިޒާމާއި، އެ ނިޒާމުގެ ތެރެއިން ރަށްރަށުގެ ތަރައްގީއަށް އަތޮޅު ކައުންސިލް ތަކާއި، ސިޓީ ކައުންސިލްތަކަށް ބައިވެވެން އޮތް މިންވަރު، މީގެ ކުރިއާއި އަޅާބަލާއިރު ހާސްބައި ފަރަގު ކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ މީގެ ކުރިން 1940 އިން ފެށިގެން 1980 އަހަރުތަކުގައިވެސް ރާއްޖޭގެ ރައްޔިތުން ޑިމޮކްރަސީއަށްޓަކައި އުފުލަމުން ގެންދިޔަ ވޭން މިއަދުގެ ބައެއް ޒުވާނުންނަށް ނޭނގިދާނެ ކަމަށެވެ. އަދި މިފަދަ ދުވަހެއްގައި، ޑިމޮކްރަސީ އަށްޓަކައި ތެދުވި ކޮންމެ މީހަކަށް ލިބުނު އަނިޔާ އާއި ގެއްލުން ހަނދާން ކުރަންޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ދިވެހިރާއްޖޭގެ ޖަލުތަކުގައި ކުރެވުނު އަނިޔާ، އެއީ މިނިވަންކަމުގެ ރޫހަށް މަސައްކަތް ކުރި ކޮންމެ މީހަކު، ފިއްތުމަށް، އޮބެހެއްޓުމަށް، ހުއްޓުވުމަށް ކުރަމުން ގެންދިޔަ ނުތާހިރު އަނިޔާތައް ހުއްޓި، އަޅުގަނޑުމެންނަށް ބައިވެރި ވުން އޮތް، ވެރިކަމުގެ ނިޒާމެއްގެ ތެރެއިން އިރާދަ ކުރެއްވިއްޔާ މި ވެރިކަން ކުރެވެމުން ދަނީ. 

ރައީސް މުހައްމަދު ނަޝީދު 

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ކުރިއަަށް އޮތް 2023 ވަނަ އަހަރުގެ އިންތިޚާބު، މިނިވަން އިންތިހާބަކަށް ވުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށާ، އެއީ ދެފުށް ފެންނަ ސުލްހަވެރި އިންތިހާބަކަށް ވާންޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނު ތަންފޭ އެންމެނަށް އެ އިންތިހާބުގައި ބައިވެރި ވެވޭނެ ކަމަށާ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް އެ މީހަކު ބޭނުން ގޮތަކަށް އިންތިހާބުގައި ވޯޓުލެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމް ދާނީ ދުވަހެއް ދުވަހަކަށް ފައްކާވެ ކުރިއަރަމުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
މުޖުތާޒު
ދިމޮކްރަސީއަށްޓަކާތެދުވިމީހުން ދިވެހި ދައުލަތަށާ ރައްޔިތުންނަށް ކުރިއަނިޔާއާއި ގެއްލުން ހަނދާން ކުރަންޖެހޭ ދައުލަތުގެ ހަރުމުދަލުގެ ހުޅުޖަހާ މީހުންކޯޓަށް ހުށަހަޅާފަ ހުރިލިޔެކިއުންތަށް އަނަދާލި ކަންތަށް ހަދާންކުރަންޖެހޭ
06 Oct 2022
ގުޅޭ ލިޔުންތައް
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.