އައިއެސްއެސްއެފް ވޯލްޑް ޗެމްޕިއަންޝިޕް" ގައި ބައިވެރިވާ ޝޫޓިންގ ޓީމާ، ޑިފެންސް މިނިސްޓަރު ބައްދަލުކުރެއްވުން- ފޮޓޯ/ އެމްއެންޑީއެފް
ހަބަރު
08 Oct 2022 | 13:26
"އައިއެސްއެސްއެފް ވޯލްޑް ޗެމްޕިއަންޝިޕް" ގައި ބައިވެރިވާ ޝޫޓިންގ ޓީމާ، ޑިފެންސް މިނިސްޓަރު ބައްދަލުކުރައްވައިފި

މިސްރުގެ ކައިރޯގައި މި މަހުގެ 12 އިން 25 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "އިންޓަރނޭޝަނަލް ޝޫޓިންގ ސްޕޯޓްސް ފެޑެރޭޝަން (އައިއެސްއެސްއެފް) ވޯލްޑް ޗެމްޕިއަންޝިޕް" ގައި ބައިވެރިވާ ޝޫޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޝޫޓިންގ ޓީމާ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި، އެ ދެ ބޭފުޅުން ޝޫޓިންގ ޓީމަށް ހިތްވަރުދެއްވައި ރަނގަޅު ކާމިޔާބީއަކަށް އެދިވަޑައިގެންނެވިއެވެ. އަދި، ޝޫޓިންގ ޓީމްގެ ފަރިތަކުރުންތަކަށް ރޭންޖެއްގެ ދަތިކަން ހުރުމާއެކު އެކަމަށް ހައްލެއް ލިބޭތޯ މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށާއި، ރާއްޖޭގައި ޝޫޓިންގ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވުމަށް މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

މިމަހުގެ 9 ވަނަ ދުވަހު މިސްރަށް ފުރުމަށް ހަމަޖެހިފައިވާ ޝޫޓިންގ ޓީމުގައި ހިމެނެނީ ދެ ކޯޗުންނާއި ތިން ޝޫޓަރުންނެވެ.

އައިއެސްއެސްއެފް ވޯލްޑް ޗެމްޕިއަން ޝިޕްގައި ބައިވެރިވާ ޝޫޓަރުންނަކީ  ސްޓާފް ސާޖަންޓް ޝަރަފިއްޔާ ޢަބްދުއްރަޙްމާން (ސ.ނ 5909) އާއި، ލާންސް ކޯޕްރަލް ޒިޔާން ޒިޔާއު (ސ.ނ 7810) ގެ އިތުރުން ލާންސް ކޯޕްރަލް އާސިފާ ޖައުފަރު (ސ.ނ 6990) އެވެ. ސްޓާފް ސާޖަންޓް ޝަރަފިއްޔާއާއި ލާންސް ކޯޕްރަލް އާސިފާ އެ މުބާރާތުގައި ވާދަކުރަނީ އަންހެނުންގެ 10 މީޓަރ އެއަރ ރައިފަލް އިވެންޓުގައެވެ.

މީގެ އިތުރުން ލާންސް ކޯޕްރަލް ޒިޔާން ބައިވެރިވަނީ 10 މީޓަރ އެއަރ ޕިސްޓަލް އިވެންޓުގައެވެ. މި ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރައްވާނީ ވޮރަންޓް އޮފިސަރ 1 ޙަސަން ޢަބްދުލްޣަފޫރު (ސ.ނ 5062) އެވެ. އަދި ކޯޗެއްގެ ގޮތުގައި ސާޖަންޓް ފަސްޓް ކުލާސް އަޙްމަދު ސިރާޖް (ސ.ނ 4472) ވެސް މި ޓީމުގައި ހިމެނިލައްވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.