ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް-- ފޮޓޯ: މަޖިލިސް
10 Oct 2022 | 23:38
ސަރުކާރުން އުޅެނީ ރޭޓިންގ އެޖެންސީތަކަށް ފިލައިގެން: ޝިޔާމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރުން އުޅެނީ ރޭޓިންގ އެޖެންސީތަކަށް ފިލައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

ސަރުކާރުގެ ފަރާތުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝަފީޤް ހުށަހަޅުއްވާފައިވާ، އިޞްލާޙަށް ބަހުސް ކުރައްވަމުން ޝިޔާމް ވަނީ، ލާމަރުކަޒީ ނިޒާމް އަކީ އެމްޑީޕީ ބަނޑު އަޅައި ވިހޭ ދަރި ކަމަށް ދައުވާ ކުރާއިރު، އެ ނިޒާމް އެ ޕާޓީއާއި ހަވާލުކުރުމުން އެ ބަލަހައްޓާނެ ގޮތެއް އެމްޑީޕީއަށް ނޭނގުނު ކަމަށެވެ. އަދި އެ ނިޒާމުގެ ތެރެއިން ކަންކަން ހިނގާނެ ގޮތާއި ބެހޭގޮތުން ބައިނަލްއަގުވާމީ އެކިއެކި މާލީ އިދާރާތަކުން ދޭ އެއްވެސް ޚިޔާލަކާއި މަޝްވަރާއެއް ވެސް އަދުގެ ސަރުކާރުން އަޑު ނާހާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. 
"ދިވެހިރާއްޖެއަށް ދުނިޔޭގެ މާލީ އިދާރާތަކުން އަންގާފައިވާ އެންގުންތައް ވެސް އަޑުއަހަނީކީ ނޫން، ބޮޑެތި ސިންގާހާ މާލީ އިދާރާތަކުން، ވޯލްޑް ބޭންކު، ބޮޑެތި ބޭންކުތަކުން ވަކިގޮތަކަށް އަމަލުކުރަން އިރުޝާދު ދިނީމަ އެ ބުނަނީ އެއީ އެތަނުގެ ފޮޅާ ސާފު ކުރާ މީހާ ބުނި އެއްޗެކޭ. އެއީ އެތަނުގެ ބަޔާނެެއް ނޫނޭ. ޖޭޕީ މޯގަންގެ ބަޔާނެއް ނޫނޭ. ވޯލްޑް ބޭންކުގެ ސްޓޭޓްމަންޓެއް ނޫނޭ. އެއީ އެތަނުގެ މަސައްކަތު މީހެއް ބުނެފައި އޮތް ވާހަކަ އެކޭ." ޝިޔާމް ވިދާޅުވިއެެވެ.

މިއާއެކު ޝިޔާމް ވަނީ، ދައުލަތުގެ ދަރަނި މިހާރު 108 ބިލިއަނަށް އަރާފައިވައިރު، ދައުލަތުގެ ޚަރަދު ކުޑަކުރަން ކުރީ ކޮން ކަމެއްތޯ ސުވާލު ކުރައްވާފައެވެ. އަދި ސަރުކާރު ރޭޓިންއެޖެންސީތަކަށް ފިލައިފިކަމަށާއި ރޭޓިން އެޖެންސީތަކުގެ ރޭޓިން މިހާރު ނުފެންނަ ކަން ފާހަގަކުރައްވައި ޝިޔާމް އިތުރަށް ވިދާޅުވީ، މި ސަރުކާރަށް ލޯނު ދޭ ފަރާތްތަކާއި ލޯނު ދޭ ބޭންކުތަކާއި އެކި އިދާރާތަކަށްވެސް ސަރުކާރު އުޅެނީ ފިލައިގެން ކަމަށެވެ. 

"ރޭޓިން އެޖެންސީތަކަށް ވެސް މި ސަރުކާރު ފިލައިގެން އުޅޭކަން އަޅުގަނޑުމެންނަށް މި އެގެނީ ރޭޓިން އެޖެންސީތަކުގެ ރޭޓިން ފެނިއްޖެތޯ، މިއިން ދުވަހަކު ނުފެނޭ ނޫންތޯ؟ މިހާރު ފިލައިގެންނޭ އުޅެނީ. އެއީ ދައުލަތް އޮރިޔާންވެފައި އޮތްވަރު ސޯޓް ފައިބާފައި އޮތްވަރު އެނގޭތީ މިހާރު ރޭޓިން އެޖެންސީއެއް ކައިރިއަށް ވެސް މިހާރު ނުދޭ." ޝިޔާމް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.