އެމްއާރްއެމްގެ ޒަޢީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް- ފޮޓޯ: ޖަޒީރާ
ހަބަރު
10 Oct 2022 | 21:11
ނަފްސާނީ ބަލި މީހުންނަށް ޚިދުމަތްދިނުމަށް އެކަށީގެންވާ ބަޖެޓެއް ކަނޑައެޅުމަށް ގޮވާލައިފި!

ނަފްސާނީ ބަލިތަކަށް އިތުރު އިސްކަމެއްދީ، އެފަދަ ބަލިމީހުންނަށް ޚިދުމަތް ދިނުމަށް އެކަށީގެންވާ ބަޖެޓެއް ކަނޑައެޅުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ގޮވާލައިފިއެވެ. 

މިއަދު ފާހަގަ ކުރާ ބައިނަލްއަގުވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާއި ގުޅިގެން އެމްއާރްއެމް އިން ނެރުނު ބަޔާނެއްގައި ބުނީ، ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންގެ އަދަދު ދުނިޔޭގެ ނިސްބަތުން ބެލިކަމުގައިވިޔަސް ދުވަހުން ދުވަހަކަށް އަންނަނީ އިތުރު ވަމުން ކަމަށެވެ.

އަދި މިފަދަ ބަލިތަކަށް ރާއްޖޭގައި ފަރުވާ ދިނުމަށް 2019ވަނަ އަހަރު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައި.ޖީ.އެމް.އެޗް) ގައި "މެންޓަލް ހެލްތު" ކްލިނިކެއް ހުޅުވާފައިވާއިރު، ރިކޯޑުތަކުން ދައްކާ ގޮތުގައި 2019ވަނަ އަހަރު އެ ކްލިނިކަށް 7249 ބަލި މީހުން، 2020ވަނަ އަހަރު 17،708 މީހުން، 2021 ވަނަ އަހަރު 16،936 މީހުން އަދި 2022ވަނަ އަހަރުގެ ސެޕްޓެމްބަރ މަހާ ހަމައަށް 9746 މީހުން ނަފްސާނީ އެކިއެކި މައްސަލަތަކުގައި އެ ކްލިނިކުން ފަރުވާ ހޯދާފައިވާ ކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. 

ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށް ވެފައިވާ މީހުންގެ އަދަދު މިހާ ބޮޑަށް އިތުރުވަމުން ދިޔަ ނަމަވެސް، އެ ބައްޔަށް ފަރުވާ ދިނުމަށް ބޭނުންވާ ކަމާބެހޭ މާހިރުން ވަރަށް ބޮޑަށް މަދުކަމަށް އެ ޕާޓީން ބުނެފައިވެއެވެ. އަދި އެފަދަ ފަރާތްތަކަށް ދޭ އިނާޔަތްތަކާއި، ފަރުވާ ދިނުމަށް ބޭނުން ކުރެވޭނެ ވަސީލަތްތަކުގެ އިތުރުން ނަފްސާނީ ބަލިތަކަށް އެޑުމިޓު ކޮށްގެން ފަރުވާ ދިނުމަށް ހުރި ވަސީލަތްތައް ވެސް އިންތިހާއަށް މަދުކަން ފާހަގަކޮށްފައިވެއެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ރާއްޖޭގައި ވެސް ނަފްސާނީ ބަލިތަކަށް ހުށަހެޅޭ މީހުންގެ އަދަދު ވަރަށް ގިނަވަމުން ދާތީ ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަކީ މުޅި ދައުލަތުން ވެސް ނުހަނު އިސްކަމެއް ދޭންޖެހޭ ކަމެއްކަން ފާހަގަކޮށް އެބަޔާނުގައި ވަނީ، އެކަމަކީ އާއިލާތަކުގެ ދުޅަހެޔޮކަމަށާއި މުޖުތަމައުގެ ކުރިއެރުމާއި ހަމަ ޖެހުމަށް ވެސް ނުހަނު މުހިންމު ކަމެއް ކަމަށްވެސް ބުނެފައެވެ. 

"އެހެންކަމުން މިފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ފަރުވާ ދިނުމަށް ދައުލަތުގެ ބަޖެޓަށް އިތުރު ކޮށްގެން ނަމަވެސް، ކަމަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި އެނޫންވެސް ވަސީލަތްތައް ގާއިމް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި މިޕާޓީން ދެކެމެވެ. އެގޮތުން ބަނދަރުތައް ހެދުމާއި މަގުތައް ހެދުންފަދަ ބައެއް ކަންކަމަށް ކަނޑައަޅާ ބަޖެޓު ކުޑަކޮށްފައި ނަމަވެސް ނަފްސާނީ ބަލިތައް ތަޙައްމަލު ކުރަމުންގެންދާ މީހުންނަށް ބޭނުންވާ ސިއްޙީ ޚިދުމަތްތައް ލިބޭނެ ގޮތްހެދުން މާ މުހިންމު ކަމަށް މި ޕާޓީއިން ދެކޭތީ، މިދާއިރާއަށް އެކަށީގެންވާ ބަޖެޓެއް ކަނޑައެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލަމެވެ." އެމްއާރްއެމްގެ ބަޔާނުގައިވެއެވެ. 

މީގެއިތުރުން، ނަފްސާނީ ބައްޔަކީ ބައްޔެއް ނޫން ކަމަށް ބަލައި އެފަދަ މީހުންނަށް ފުރައްސާރަ ކުރުން ހުއްޓާލައި އެމީހުންނަށް ބޭނުންވާ އޯގާތެރިކަމާއި އަޅާލުން އިތުރު ކުރުމަށް މުޅި މުޖުތަމަޢުއަށް ވެސް އެ ޕާޓީން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.