އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު
ހަބަރު
11 Oct 2022 | 10:40
ހައްޖުވެރިންގެ ޕީސީއާރް ހަދަން މެޑިފްލެކްސް އަށް ދިނީ އެތަން އަގުހެޔޮ ވީމާ: ޑރ. ޒާހިރު

1443 ވަނަ އަހަރުގެ ހައްޖުވެރިން ސައޫދީއަށް ފުރުމުގެ ކުރިން ހަދަން ޖެހުނު ޕީސީއާރް ޓެސްޓް މެޑިފްލެކްސް ލެބޯޓަރީން ހަދަން ހަވާލުކުރީ އައިޖީއެމްއެޗްގެ އައިޖީއެމްއެޗް އަށްވުރެ އެތަން އަގު ހެޔޮވީމާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ، ސަރުކާރުން ހިންގާ ހޮސްޕިޓަލްތަކުން ހައްޖުވެރިންނަށް ކޮވިޑް ޓެސްޓު ހެދޭނެ ގޮތް ހަމަޖެހިފައި ވަނިކޮށް ހައްޖު ކޯޕަރޭޝަނުން އެއްވެސް އަމިއްލަ ކްލިނިކަކަށް ފައިސާ ދައްކައިގެން ކޮވިޑް ޓެސްޓު ހައްދަވާފައިވާނެތޯ އާއި، ހަދާފައި ވާނަމަ އެއީ ކޮށް ތަނެއްތޯ އާއި އަދި އެތަނުން ޓެސްޓު ހެދީ ކިތައް ރުފިޔާ އަށްތޯ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކުރެއްވި ސުވާލަކަށް ލިޔުމުން ފޮނުވި ޖަވާބުގައެވެ.

މިނިސްޓަރު ގެ ޖަވާބު މިއަދު މަޖިލީގައި އިއްވާފައިވާއިރު، އޭގައި މިނިސްޓަރު ވިދާޅުވީ، ހައްޖުވެރިންގެ ޕީސީއާރް ޓެސްޓް ހަދައިދޭނެ ބަޔަކު ހޯދަން އިއުލާންކުރީ ހައްޖު ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް ޕޮލިސީގެ ދަށުން ކަމަށެވެ.

އަދި އެގޮތުން ކުރި ޢިއުލާނާއި ގުޅިގެން އެންމެ ހެޔޮ އަގެއް ހުށަހަޅާފައި ވަނީ މެޑިފްލެކްސް އިން ކަމަށާއި އެ ކުންފުނިން ޕީސީއާރް ޓެސްޓުތައް ހަދާފައި ވަނީ ބޮލަކަށް 200ރ. ގެ ރޭޓުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އައިޖީއެމްއެޗުން އެ ހިދުމަތް ދެނީ ބޮލަކަށް 700ރ. ގެ ރޭޓުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން ފުލުހުން މެދުވެރިކޮށް ޕީސީއާރް ޓެސްޓުތައް ހަދަން ވެސް މަސައްކަތް ކުރެއްވި ކަމަށާ އެހެން ނަމަވެސް އެކަމަށް ބޭނުންވާ ކެމިކަލް ފުލުހުންގެ އަތުގައި ނެތް ކަމަށް ފުލުހުން ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ކެމިކަލް ހޯދަން ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އާ އެކީ ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށާ، ފުލުހުން އިދާރާއިން އެ ޓެސްޓް ނުހެދުނީ އެ ސަބަބާ ހުރެ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެ އެވެ.

މީގެ އިތުރުން ބޮންޑެ ވަނީ ހައްޖުވެރިންގެ އެހީތެރިންގެ ގޮތުގައި އަދާލަތު ޕާޓީގެ ބައެއް މެމްބަރުންނާއި މިނިސްޓްރީގެ ވަކިވަކި މުއައްޒަފުންތަކަކަށް ފުރުސަތު ދިންތޯ ވެސް ސުވާލުކުރައްވާފައެވެ.

އެ ސުވާލުގެ ޖަވާބުގައި ޑރ.ޒާހިރު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެހީތެރިން ހޮވާފައި ވަނީ ހައްޖު ކޯޕަރޭޝަންގެ ފޮލިސީގައި ވާގޮތުން އާންމުކޮށް އިއުލާންކޮށް އިންޓަވިއުކޮށް އެންމެ މަތިން މާކްސް ލިބުނު މީހުންނަށް ބަލައިގެން ކަމަށެވެ. ހައްޖު ދަތުރުގެ އެހީތެރިއެއް ގޮތުގައި މިނސްޓްރީގެ އެދުމަށް މިނިސްޓްރީގެ އެއް މުއައްޒަފަކު ބައިވެރިކޮށްފައިވާ ކަމަށް ވެސް ޒާހިރު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.