ބޮންޑާ މަޖިލީހުގައި ވާހަކަދއްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
11 Oct 2022 | 13:11
އިލެކްޓްރޯނިކް ވޯޓަކުން ބައި-އިލެކްޝަންތައް ބޭއްވުމަށް ގޮވާލައިފި

އިލެކްޓްރޯނިކް ވޯޓިން ނިޒާމެއްގެ ތެރެއިން ބައި-އިލެކްޝަންތައް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ގޮވާލައްވައިފިއެވެ. 

އޭނާ އެފަދައިން ގޮވާލައްވާފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުތަކުގެ ގާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހަށް މަޖިލީހުގައި ބަހުސްކުރައްވަމުންނެވެ. 

ސަރުކާރުންގެ ފަރާތުން އެ އިސްރާފު ހުށައެޅީ ބައި-އިލެކްޝަންތައް ކައިރި ކައިރީގައި، ވަކި ޚާއްސަކޮށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެމްބަރުން އަވަސް އަވަހަށް އިސްތިއުފާ ދެއްވަމުންދާ ދިއުމާއި ގުޅިގެން ގިނަ އަދަދެއްގެ ބައި-އިލެކްޝަންތައް ބާއްވަން ޖެހުމުގެ ސަބަބުން، ދައުލަތުގެ ޚަރަދުތައް ބޮޑުވާކަން ފާހަގަކޮށް، އެ ޚަރަދުތައް ކުޑަކުރުމުގެ މަގްސަދުގައެވެ. 

މިހާރު ހުށައަޅާފައިވަނީ އަހަރު އެއްފަހަރު ބައި-އިލްކެޝަން ބާއްވަން ލާޒިމުކުރާ ގޮތަށް ގާނޫނު އިސްލާހުކުރުމަށެވެ. 

އެ އިސްލާހަށް ވާހަކަދައްކަވަމުން ބޮންޑާ ވިދާޅުވީ ޓެކްނޮލޮޖީގެ ގޮތުން ދިވެހިރާއްޖެ ވަރަށް ބޮޑަށް ކުރިއަރާ އާޓިފިޝަލް އިންޓަލިޖެންސްއަށްވެސް ދިވެހި ޒުވާނުން މިހާރު އަހުލުވެރިވެފައިވާކަމަށެވެ. 

ކައުންސިލްތަކުން އިސްތިއުފާ ދޭ ވާހަކައާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާދޭކަމަށް ބުނެ ވާހަކަދައްކާއިރު، ރާއްޖޭގެ ބައެއް ރަށްތައް އަދި ލާމަރުކަޒީ ނިޒާމަށް ފައްކާ ނުވާކަމަށް ބޮންޑާ ވިދާޅުވިއެވެ. 

އެހެން ނަމަވެސް އެއީ، ލާމަރުކަޒީ ނިޒާމު ރައްޔިތުން ދަސްކުރަމުންދާއިރު، ރައްޔިތުންގެ މަންދޫބުން އިންތިޚާބު ކުރުމުގެ ފުރުސަތު ދޭން ޖެހޭކަމަށް ބޮންޑާ ވިދާޅުވިއެވެ. އަދި އީ-ވޯޓިން ނިޒާމަކީ އެ ގޮތުން މި މައްސަލައަށް ގެނެވޭނެ ހައްލެއްކަމަށް ގަބޫލުކުރައްވާކަމަށް ބޮންޑާގެ ވާހަކައިގއި ވަނީ ފާހަގަކުރައްވާފައެވެ. 

"މިހާރު ޓެކްނިލޮޖީވެސް އެބަހުރި، މި ދައްކަނީ އިސްތިއުފާ ދޭ ކައުންސިލް އަދި ޑަބްލިއު.ޑީ.ސީ ބައި-އިލެކްޝަންގެ ޚަރަދު ބޮޑުވެގެން އުޅޭ ވާހަކަ. ޚަރަދު ބޮޑުވީމަ އެ 6 މަސް ދުވަސް 1 އަހަރަށް ދަންމާލާފަ، އިލެކްޓްރޯނިކް ވޯޓިން އެބޮތް، އެއީ މާބޮޑު ޚަރަދެއްވެސް ދާނެކަމެއް ނޫން. އަޅުގަނޑު ހިތަށް އަރަކީ ކީއްވެގެން ބާ އޭ އެކަން ނުކުރަން އުޅެނީ؟ 

 މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)

އަހަރަކު އެއްފަހަރު ބައި-އިލެކްޝަން ބާއްވަން ހުށައެޅި އިސްލާހަށް ފާޑުވިދާޅުވަމުން، ބޮންޑާ ވިދާޅުވީ، އެފަދަ އިސްލާހެއް ހުށައެޅުމުން އެމްޑީޕީއިންވެސް ލާމަރުކަޒީ އުސޫލު ބޭނުންނުވާހެން ހީވާކަމަށެވެ. އަދި އެ ޕާޓީއިން ސަރުކާރު ހިންގަން ބޭނުންވަނީ ލާމަރުކަޒީ އުސޫލުންތޯ ނުވަތަ ނޫން ތޯ މިހާރު ކަނޑައަޅަން ޖެހޭކަމަށެވެ. 

ލާމަރުކަޒީ ނިޒާމަށް ރަށްތައް ފައްކާވަމުން އަންނަ މި ދަނޑިވަޅުގައި އިންތިޚާބީ މަގާމުތަކެއް ހިފެހެއްޓުމަކީ ލާމަރުކަޒީ ނިޒާމަށް ފެތޭ ކަމެއް ނޫންކަން ފާހަގަކުރައްވާ ބޮންޑާ ވަނީ އެ މައްސަލައަށް ޓެކްނޮލޮޖީގެ ތެރެއިން ހައްލެއް ހޯއްދެވުމަށް ގޮވާލައްވާފައެވެ. އަދި އެގޮތުން ވީ-ވޯޓިން ނިޒާމަކީ ޚަރަދު ބޮޑުވާ މައްސަލައަށްވެސް އެކަށީގެންވާ ހައްލެއް ލިބޭނެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ