އިސްލާމިކް މިނިސްޓަރު ޑރ ޒާހިރު/ ފޮޓޯ: ސަން
ހަބަރު
12 Oct 2022 | 11:03
ހައްޖު ކޯޓާ އިތުރުކުރަން ފޮނުވި ސިޓީގެ ޖަވާބު ލިބުނުތޯ ބަލާލީވެސް ދެއަހަރު ފަހުންކަށް ހާމަވެއްޖެ!

ކޮންމެ އަހަރަކުވެސް ދިވެހިރާއްޖެއަށް ލިބޭ ހައްޖު ކޯޓާއަށްވުރެ އިތުރަށް  ކޯޓާ ހޯދުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ސައުދީ ސަރުކާރަށް ފޮނުއްވި ސިޓީގެ ޖަވާބު ލިބިލައްވާފައިވޭތޯ އިސްލާމިކް މިނިސްޓްރީއިން ފުރަތަމަ ބައްލަވާފައިވެސް ވަނީ ސިޓީ ފޮނުއްވިތާ 2 އަހަރުފަހުންކަން ހާމަވެއްޖެއެވެ. 

އެކަން ހާމަވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި މަޖިލީހުގެ މާފަންނު މެދުދާއިރާގެ މެމްބަރު އިބުރާހިމް ރަޝީރު (ބޮންޑެ) މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަހުމަދު ޒާހިރުއާއި ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލުގެ ޖަވާބު މަޖިލީހުގައި އިއްވެވުމުންނެވެ. 

ބޮންޑެ ވަނީ ކޮންމެ އަހަރަކުވެސް ރާއްޖެއަށް ނިސްބަތުން ލިބޭ ކޯޓާއަށްވުރެ އިތުރަށް ރާއްޖެއަށް އާ ކޯޓާ ލިބެމުންދިޔަ ނަމަވެސް  1443 ވަނަ އަހަރުގެ ހައްޖު ދަތުރާއި ގުޅިގެން އާ ކޯޓާ ރާއްޖެއަށް ލިބިފައި ނުވާކަން ފާހަގަކުރައްވާ، ހައްޖަށް މީހުން ގެންދިއުމަށް ރާއްޖެއަށް ނިސްބަތުން ލިބުނު ކޯޓާގެ މިންވަރު އިތުުރުކުރުމަށް ކުރެވުނު މަސައްކަަތަކީ ކޮބައިތޯއާއި، އަދި އިތުރު ކޯޓާ ނުލިބުނު ސަބަބަކީ ކޮބައިތޯ އައްސަވާ އިސްލާމިކް މިނިސްޓަރު އަރިހުން ސުވާލުކުރައްވާފައެވެ. 

އެ ސުވާލުގެ ގަބާދު ލިޔުމުން މިނިސްޓަރު ހުށައަޅާފައިވާއިރު، ވިދާޅުވެފައިވަނީ ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ކޯޓާގެ އަަދަދުގެ އިތުރުން 1500 ކޯޓާ އިތުރުކޮށް މުޅި ޖުމްލަ 2500 ކޯޓާ ރާއްޖެއަށް ހަމަޖައްސާދެއްވުމަށް އެދި 16 ޖެނުއަރީ 2020 ގައި ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހު ސައުދިއަރަބިއްޔާގެ ރަސްގެފާނަށް އަރަބި ބަހުން ސިޓީފުޅެއް ފޮނުއްވާފައިވާކަމަށެވެ. 

އެ ސިޓީފުޅާއި ގުޅިގެން ސައުދީ ސަރުކާރުން އެއްވެސް ޖަވާބެއް ދެއްވާފައި ވޭތޯ ބެލުމަށް 8 ފެބުރުއަރީ 2022 ގައި އިސްލާމިކް މިނިސްޓްރީއިން ރައީސް އޮފީހަށް ސިޓީ ފޮނުވާފައިވާނެކަމަށް މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ. އަދި އޭގެ އިތުރުންވެސް އެކަމާއި ގުޅޭގޮތުން މައުލޫމާތެއް ލިބިފައިވޭތޯ ބެލުމަށް އެކިފަހަރުމަތިން މިނިސްޓްރީއޮފް ފޮރިން އެފެއާޒްއާއި މުއާމަލާތުތައް ކުރެވިފައިވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

އެހެން ނަމަވެސް ކުރެވުނު މަސައްކަތުން އެއްވެސް ޖަވާބެއް ލިބިފައިވާކަމެއް ނުވަތަ ނޫންކަމެއް މިނިސްޓަރު އެ ޖަވާބުގައި ބަޔާންކޮށްފައެއް ނުވެއެވެ. 

ހަމައެހެންމެ ރަސްމީކޮށް ރާއްޖެއަށް ކަނޑައަޅާފައިވާ ކޯޓާގެ އިތުުރުން އާންމު ކޯޓާ ނުލިބުނު ސަބަބާއި ގުޅިގެން މެމްބަރު އެއްސެވި ސުވާލަށް އިސްލާމިކް މިނިސްޓަރު އެއްވެސް ޖަވާބެއް އަރުވާފައެއް ނުވެއެވެ. 

އެ ޖަވާބުން ފާހަގަވާން އޮތީ، ހައްޖު ކޯޓާ އިތުރުކުރުމަށް ރައީސް އޮފީހުން ފޮނުވި ސިޓީއެއްގެ ޖަވާބު ހޯދުމަށް އޭގެ ދެ އަހަރުފަހުން އިސްލާމިކް މިނިސްޓްރީއިން މަސައްކަތްކޮށްފައިވާކަން އެކަންޏެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.