ފިޝަރީޒް މިނިސްޓަރު ކޮންފަރެންސްފައި ވާހަކަދައްކަވަނީ
ހަބަރު
12 Oct 2022 | 15:37
ކަނޑުމަހުގެ ސްޓޮކް އިޔާދަކުރުމަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން ފެއިލްވެއްޖެ: ފިޝަރީޒް މިނިސްޓަރު

ކަނޑުމަހުގެ ސްޓޮކް އިޔާދަކުރުމަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން ފެއިލްވެފައިވާކަމަށް ފިޝަރީޒް މިނިސްޓަރު ޑރ ހުސެއިން ރަޝީދު ވިދާޅުވެއްޖެއެވެ. 

ޑރ ހުސެއިން ރަޝީދު މިފަދައިން ވިދާޅުވެފައިވަނީ ތައިލެންޑުގެ ބެންކޮކްގައި ކުރިއަށްދާ 17 ވަނަ އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ ކޮންފަރެންސްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގާތްގަނޑަކަށް 650 ލައިސެންސް އޮތް މަސްވެރި އުޅަނދު ރަޢްޖޭގައި އޮންނައިރު، މިއީ 17000 އަށް ވުރެ ގިނަ މީހުންނަށް މީގެ ސަބަބުން ވަޒީފާ މަގުފަހިވެގެންދާކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެއީ މަސައްކަތު އާބާދީގެ %20 ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން އަހަރަކު 140000 މަސް ބަނާއިރު، ރާއްޖޭގެ އެކްސްޕޯޓްގެ 98 އިންސައްތައަކީ މަސްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުުރުން ދިވެހިރާއްޖެއަކީ އެހެން ޤައުމުތަކާއި ޙިލާފަށް، ދެމެހެއްޓެނިވި މަސްވެރިކަން ކުރުމުގައި ކުރިއަރާފައިވާ ޤައުމެއްކަމަށާއި އަދި ޤުދުރަތީ ރީތިކަން ދެމެހެއްޓޭ އުސޫލެއްގެ ގޮތުން ރާއްޖޭގައި އެންމެ ގިނައިން ކުރެވޭ ދޮށީގެ މަސްވެރިކަމުގެ ތަފާތުކަމާއި ޚާއްޞަކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި އަލިއަޅުވާލިއެވެ.

"ރާއްޖެ ބިނާކުރެވުނީ އަޅުގަނޑުމެންގެ ދޮށީގެ މަސްވެރިކަމުގެ މައިބަދައިގެ މައްޗަށް. މަސްވެރިކަމަކީ އަޅުގަނޑުމެންގެ ދިރިއުޅުމާ ނުހަނު ގުޅި ލާމެހިފައި އޮތް ކަމެއް. ކަނޑުމަހާއި މިއަށްވުރެ ވަރުގަދަ ގުޅުމެއް އެހެން ޤައުމުތަކުން އޮވެދާނެކަމަށް ޤަބޫލެއް ނުކުރަން. އެއީ ޙަޤީޤަތުގައި އަޅުގަނޑުމެންގެ ލޭގައި ހުންނަ އެއްޗެއް. ކަނޑުމަހަކީ އަޅުގަނޑުމެންގެ ފުޑް ސެކިއުރިޓީ، އަޅުގަނޑުމެންގެ ވަޒީފާ، އަޅުގަނޑުމެންގެ މައިގަނޑު ފިޒިކަލް އެތައް ސަތޭކަ އަހަރެއް ވަންދެން ބޭރު ފައިސާގެ މައިގަނޑު ވަސީލަތް." 

ފިޝަރީޒް މިނިސްޓަރު ޑރ ހުސެއިން ރަޝިދު

އެކަންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މަސްވެރިކަމުގެ މުހިންމުކަން ރާއްޖެއަށް ކިތަންމެ ބޮޑުކަމުގައިވީނަމަވެސް، މަސްވެރިންނަށް ލިބެނީ ވަރަށް ކުޑަ އާމްދަނީއެއްކަމަށެވެ. އަދި މަހުގެ ސޮޓޮކް ރިކަވަރީގެ މައްސަލަތަކީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭންޖެހޭ ކަމެއްކަމަށްވެސް ވިދާޅުވިއެވެ. 

އެއާއެކު މިނިސްޓަރު ވިދާޅުވީ 2011 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެ ފުރިހަމަ މެންބަރެއްގެ ގޮތުގައި އޮންނަ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންއިން މަހުގެ އިއާދަކުރުމުގައި ޙަރުދަނާ އުސޫލުތައް ޤާއިމްކޮށްފައި ނެތުމަކީ މަސްވެރިކަމުގެ ދާއިރާއަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުންކަމަށެވެ.

ގިނަ ޤައުމުތަކުން ސްޓޮކް އިއާދަކުރުމުގައި ފަސޭހައިން އިހުމާލުވެ، ދެމެހެއްޓެނިވި ގޮތުގައި މަސްވެރިކަން ކުރުމަށް އެއްވެސް އަހައްމިއްޔަތު ކަމެއް ނުދޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން މިފަދަ ދެމެހެއްޓެނިވި ގޮތުގައި ކުރުމަށް ޙައްސަ އަޙައްމިޔަތުކަމެއް ދިނުމާއި، ސޮޓޮކް އިއާދަކުރުމުގައި ޙަރުދަނާ އުސުޅޫތައް ޤާއިމްކުރުމަށް މަދަނީ މުޖްތަމަޢާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އެމް.އެސް.ސީ އަދި އެހެނިހެން އިކޯ ލޭބަލްތައް ޢަމަލީގޮތުން ޙަރަކާތްތެރިވުމަށް މިނިސްޓަރުގެ ވާހަކައިގައި ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ