ސައީދު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
13 Oct 2022 | 20:02
ޕްރެސްގައި އާ ވަހަކައެއް ނެތް، މިނިސްޓަރު ކުރެއްވި ކަމަކީ ތަސައްވަރު އޮޅުވާލުން: ސައީދު

ރާއްޖޭގެ އިގްތިސާދީ ހާލަތު ބަޔާންކުރެއްވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބައިވެރިވެވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ފާޑުވިދާޅުވެއްޖެއެވެ. 

ސައީދު މިނިސްޓަރު އަމީރަށް ފާޑުކިޔުންތައް އަމާޒުކުރައްވާފައިވަނީ ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ދެއްކެވި ބައެއް ވާހަކަތަކަށް އަލިއަޅުވާލާ ކުރެއްވި ޓްވީޓެއްގައެވެ. 

އެ ޓްވީޓުގައި އެންމެ ފުރަތަމަވެސް ސައީދު ވިދާޅުވެފައިވަނީ މުޅި ޕްރެސް ކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު އާ ވާހަކަފުޅެއް ވިދާޅުވެފައި ނުވާކަމަށެވެ. އަދި މިނިސްޓަރު ކުރެއްވިހާވެސް ކަމަކީ ޓުއަރިމް އޮކިއުޕެންސީގެ ފުރަގަހުގައި ހުންނަވާ ތަސައްވަރު އޮޅުވާލުންކަމަށް ސައީދު ވިދާޅުވިއެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ 2022 ވަނަ އަހަރު ރާއްޖެއަށް އަންނާނެކަމަށް އަންދާޒާކުރި ވަރަށް، ނުވަތަ އެ ޓާގެޓު ހާސިލްކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށެވެ. އެކަމާއި ގުޅޭ ތަފްސީލުތައްވެސް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން ވިދާޅުވީ 2022 ވަނަ އަހަރު ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ހުރީ 2019 ވަނަ އަހަރާއި ދާދި އެއް ހިސާބެއްގައިކަމަށެވެ. 2022 ވަނަ އަހަރު ދުވާލަކު އެއްވްރެޖުކޮށް 4582 ފަތުުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް ލިބިފައިވާ ހިސާބުތަކަށް ބަލާއިރު އެވްރެޖުކޮށް ދުވާލަކު 4372 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ 2023 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ކޯވިޑްގެ ކުރިން ޒިޔާރަތްކުރަމުންދިޔަ މިންވަރަށް އިތުރުވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދުވެސް ކުރިއަރާނެކަމަށް ބެލެނޭކަމަށެވެ. 

މިނިސްޓަރުގެ އެ ވާހަކަތަކާއި ގުޅިގެން ސައީދު ވިދާޅުވީ، ޕްރެސްކޮންފަރެންސްގައި މިނިސްޓަރު ކުރެއްވިހާވެސް ކަމަކީ ޓުއަރިޒަމް އޮކިއުޕަންސީގެ ފަހަތުގައި ހުންނަވާ ތަސައްވަރު އޮޅުވާލެއްވުންކަމަށެވެ. 

މެދުރާސްތާގެ ޕްލޭނެއްކަމަށް ވިދާޅުވި ޕްލޭނަކީވެސް 2023 ގެ ފަސް ކަމަށާއި، އެއީ ކަންކަމުން ރެކެން ވިދާޅުވާއެއްޗެއްކަމަށް ސައީދު ވިދާޅުވިއެވެ. އަދި 2023 އަކީ ރިޔާސީ އިންތިޚާބު އޮންނަ އަހަރުކަންވެސް ސައީދު ފާހަގަކުރައްވާފައިވެއެވެ. 

ސައީދު ވިދާޅުވީ މިނިސްޓަރު އަމީރު ފާހަގަނުކުރެއްވި ނަމަވެސް މިހާރު ރާއްޖޭގެ އިގްތިސާދަށް މިދާވެގެން އުޅޭ ހަގީގީ މައްސަލައަކީ ދަރަނި އިތުރުކޮށް މަތިބަރު ސަރުކާރެއް ހިންގަން މަސައްކަތް ކުރުންކަމަށެވެ. އެގޮތުން ހާލަތާއި ނުބައްދަލު އެތައް ޚަރަދެއްކުރަމުންދާއިރު، ސަރުކާރުގެ ކުންފުނިތަކުގެ ޕޭރޯލް، ސިޔާސީ ދަރަނީގެ ހާއްޔަކަށް ހަދާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ސޮވެރިން ޑިވެލޮޕްމަންޓު ފަންޑުގައިހުރި ޑޮލަރުކޮޅު ހުސްކޮށްލުމުގެ އިތުރަށް ޔޫޒަބަލްރިޒާވު އިންތިހާޔަށް ދިއުމަކީވެސް ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއްކަން ސައީދުގެ ޓްވީޓުގއި ފާހަގަކުރެއްވިއެވެ. 

އެއާއެކު ސައީދު އިތުރަށް ވިދާޅުވީ ސަރުކާރުން ނަގާ ދަރަނި ބޭނުންކުރަމުންދަނީ އާމްދަނީ އިތުރު ކުރުމުގެ ބަދަލުގައި ސަރުކާރު ހިންގުމަށްކަމަށް ފިޗްގެ ރިޕޯޓުގައި ބުނެފައިވާކަމަށެވެ. އަދި ރާއްޖެއަށް ލޯނު ދޫކުރާ ފަރާތްތަކުން ބުނާ ގޮތް ސަރުކާރުން ހަދަންޖެހޭނެކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވާކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެއީ އިދިކޮޅުންވެސް ބުނަމުންދާ ވާހަކައެއްކަމަށް ވިދާޅުވިއެވެ. 

އެކަންކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ ކަންކަން އިސްލާހުކުރުމުގެ ވިސްނުން ހަގީގަތުގައި ސަރުކާރުން ނުގެންގުޅޭކަމަށެވެ. އަދި ކަންކަން އިސްލާހު ކުރުމުގެ އެއްވެސް ހެޔޮ ނިޔަތެއް ސަރުކާރުގެ އޮތް ނަމަ ރަދަށް ޒިއްމާވުމުގެ ޤާނޫނު ސަސްޕެންޑްކޮއްފަ ފައިސާޗާޕްކުރުމުގެ އިތުރަށް ޓެކްސްބޮޑުކުރަން ހުށަނާޅާނެކަމަށް ސައީދުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ