އިނގިރޭސިވިލާތުގެ ގައުމީ އެއާރލައިން ބްރިޓިޝް އެއާރވޭސްގެ ސީދާ ދަތުރުތައް ރާއްޖެއަށް މިއަދު ފަށައިފިއެވެ.
ލަންޑަންގެ ހީތުރޯ އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށް ކުރާ ދަތުރުތައް ފަށާފައިވަނީ މިއަދުއެވެ.
މި މަހުގެ 29 ގެ ނިޔަލަށް ހަފްތާއަކު 4 ދަތުރު ރާއްޖެއަށް ބޭއްވި ނަމަވެސް މި މަހުގެ 30 އިން ފެށިގެން ހަފްތާގެ ކޮންމެ ދުވަހަކު ދަތުރުތައް ބާއްވާނެއެވެ.
މި ދަތުރުތަކުގައި ބްރިޓިޝް އެއާރވޭސް އިން ބޭނުންކުރާނީ 4 ކުލާހުގެ ބޮއިން-777 މަރުކާގެ މަތިންދާ ބޯޓެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists