ބީއެމްއެލްގެ އަހަރީ އެވޯޑު ހަފްލާގެ ތެރެއިން/ ފޮޓޯ: ބީ.އެމް.އެލް
ވިޔަފާރި
15 Oct 2022 | 21:18
މުވައްޒަފުންގެ އަގުވަޒަންކޮށް ބީއެމްއެލްއިން ޚާއްސަ އެވޯޑެއް ދީފި!

ބޭންކް އޮފް މޯލްޑިވްސްގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ އެންމެ ރަނގަޅު މުވައްޒަފުން ފާހަގަކޮށް އެ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ބީއެމްއެލްއިން ޚާއްސަ އެވޯޑެއް ދީފިއެވެ. 

މި އެވޯޑުތައް އެ ކުންފުނިން ދީފައިވަނީ ބީއެމްއެލްގެ އަހަރީ އެ ވޯޑު ދިނުމަށް ސޯސަލް ސެންޓަރުގައި ބޭއްވު ޚާއްސަ ހަފްލާއެއްގައެވެ. 

ބީއެމްއެލް އަށް ފާހަގަކޮށްލެވޭ ހިދުމަތް ކޮށްފައިވާ މުވައްޒަފުންނާއި ޓީމުތަކުގެ އަގުވަޒަންކުރުމަށް އެވޯޑު ދިން ދާއިރާތަކުގެ ތެރޭގައި އަތޮޅުތެރެއިން އެންމެ ރަނގަޅު ބްރާންޗް، އެންމެ ރަނގަޅު ޓީމް، އަތޮޅުތެރެއިން އެންމެ ރަނގަޅު މުވައްޒަފު، ކަސްޓަމަރ ސާވިސް ސްޓާ އަދި އެވޯޑް ފޯ އިނޮވޭޝަން އެވޯޑް ހިމެނެ އެވެ.

ރޭގެ ހަފްލާގައި މުވައްޒަފުންނަށް އެވޯޑުތައް ހަވާލުކޮށްދެއްވާފައިވަނީ ބީއެމްއެލްގެ ވަގުތީ މެނޭޖިން ޑިރެކްޓަރު އައިޝަތު ނޫރައްދީނާއި ބޭންކުގެ ބޯޑު ޑިރެކްޓަރުންނާއި އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނެވެ.

ބީއެމްއެލްގެ ޚާއްސަ އެވޯޑު މި އަހަރު ދެ ފަރާތަކަށް ވަނީ ލިބިފައެވެ. މި އެވޯޑް ލިބުނީ ބީއެމްއެލްގެ ނޯތު ކްލަސްޓަ މެނޭޖަރު ހަސަން އަގްލީމް އާއި ހެޑް އޮފް ޕީޕަލް ޑިވެލޮޕްމެންޓް މުހައްމަދު އަޝްރަފަށެވެ.

އޭގެ އިތުރުން، އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދި، ސީއީއޯ ދެއްވާ އެވޯޑު، "ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމެންޓް" ހާސިލްކޮށްފައި ވަނީ ހެޑް އޮފް ކާޑްސް އެންޑް ޕޭމަންޓް ގަވަނެންސް ފާތިމަތު ފާރިހަތު ވަހީދު އާއި ސީނިއާ މެނޭޖަރު، ޕްރިމިއަމް ބޭންކިން އަބްދުﷲ ސޮބާހު އަދި ބީއެމްއެލް މޯބައިލް އެޕް ޓީމުގެ މުވައްޒަފުންނަށެވެ.

އެންމެ ރަނގަޅު ލީޑަރަށް ދޭ އެވޯޑު ޕަބްލިކް ރިލޭޝަން މެނޭޖަރު މުހައްމަދު ސައީދު ހޯދާފައިވާއިރު، އެންމެ ރަނގަޅު މެނޭޖަރުގެ އެވޯޑު ހާސިލްކޮށްފައި ވަނީ ބީއެމްއެލްގެ ކޮމްޕްލައެންސް މެނޭޖަރު ޒައިދު މުހައްމަދެވެ.

ބީއެމްއެލުން ފާހަގަކުރާ ގޮތުގައި، ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މުވައްޒަފުން ކުރައްވާ މަސައްކަތް ފާހަގަކޮށް ދޭ ޚާއްސަ އެވޯޑަކީ އެ ކުންފުނީގެ ހިއުމަން ރިސޯސް ސްޓްރެޓެޖީގެ މުހިންމު ބައެއް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.