ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން/ ފޮޓޯ: ސަން
ހަބަރު
16 Oct 2022 | 09:48
ކިއުގައި ނުޖެހި ބޯހިޔާވަހިކަމަށްއެދި 35000 އަށް ވުރެ ގިނަ ފޯމު ހުށައަޅައިފި!

ގެދޮރިވެރިކަމުގެ ޕޯޓަލް މެދުވެރިކޮށް 35000އަށް ވުރެ ގިނަ މީހުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށައަޅާފައިވާކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ. 

"ގެދޮރުވެރިކަމުގެ ޕޯޓަލް" އަކީ ކިއުގައި ނުޖެހި ބޯހިޔާވަހިކަމަށް އެދި ހުށައަޅާ ފޯމުތައް ހުށައެޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މި ސަރުކާރުން ތައާރަފްކުރި އޮންލައިން ޕްލެޓްފޯމެކެވެ. 

އެގޮތުން ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކިއޫގައި ނުޖެހި ބޯހިޔާވަހިކަމަށް އެދޭނެ ނިޒާމެއް ގާއިމްކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހު ވެ ވަޑައިގެންނެވި ވައުދުފުޅުގެ ދަށުން ފަރުމާކުރެވުނު "ގެދޮރިވެރިން ޕޯޓަލް" އަށް ތަކުލީފާއި ނުލާ ފޯމު ހުށައެޅުމަަށް ހުޅުވާލި ފުރުސަތުގެ ސުންގަނޑި ހަމަވިއިރު، 35861 އެޕްލިކޭޝަން ހުށައަޅާފައިވާކަމަށެވެ. 

އޭގެ ތެރޭގައި ހިމެނެނީ ބިންވެރިޔާ ސްކީމަށް ހުށައެޅި 15164 ފޯމާއި، ގެދޮރުވެރިޔާ ސްކީމުގެ 3 ކޮޓަރީގެ އެޕާޓުމަންޓަށް ހުށައެޅި 14489 ފޯމުގެ އިތުރުން، ގެދޮރުވެރިޔާ ސްކީމުގެ 2 ކޮޓަރީގެ އެޕާޓުމަންޓަށް ހުށައެޅި 6208 ފޯމެވެ. 

މިއީ މިފަދަ ޕޯޓަލްއެއް މެދުވެރިކޮށް ބޯހިޔާވަހިކަމަށް އެދި ހުށައަޅާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިން މިފަދަ ސްކީމުތަކުގައި ބައިވެރިވުމަށް، ފޯމު ހުށައަޅަން ޖެހެނީ ކިއުގައި ޖެހިގެންނެވެ. 

އެހެން ނަމަވެސް އޮންލައިން ޕްލެޓްފޯމެއް ތައާރަފްކުރުމާއެކު، ކިއުގައި ޖެހިގެން ފޯމު ހުށައަޅަން ޖެހޭ މައްސަލައަށް މިވަނީ ހައްލެއް ލިބިގެން ގޮސްފައެވެ. 

ކޮމެންޓް
މުހައްމަދު
އަކުރަމު ހޯމް މިނިސްޓްރީގަ އުޅުނުއިރު ގަލޮޅު ދަޑުން ފިހާރަ ހޯދީ ކިޔޫޖެހިގެނެއްނޫން.
16 Oct 2022
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ