Advertisement

ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ހއ.އިން ފެށިގެން ކ.އަތޮޅަށް ވައިޓް އެލާޓް

ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ހއ.އިން ފެށިގެން ކއަށް ވައިޓް އެލާޓް ނެރެފަ

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސްވުން އެކަށީގެންވާ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީހުން)ހއ.އަތޮޅުން ފެށިގެން ކ.އަތޮޅާއި ދެމެދުގެ ސަރަޙައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ މިއަދު 18:30 އިން ފެށިގެން ދަންވަރު 00:30 ގެ ނިޔަލަށެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނާގޮތުގައި ވައިޓް އެލާޓް ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ. އަދި ވިލާގަނޑުގައި 19 މޭލާއޮ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ. މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި އެ ވަގުތުތަކުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

Advertisement

ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް ބެލެވޭތީ އާންމުކޮށް ކަނޑުދަތުރުފަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެލެއްވުމަށް މެޓުން އިލްތިމާސްކުރައްވައެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement