އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު -- ފޮޓޯ: މިހާރު
ހަބަރު
18 Oct 2022 | 10:33
ހައްޖު ކޯޕަރޭޝަނުން ހާޖީންނަށް ކޮފީ އާއި ޕެނެޑޯލް ވިއްކައިފި!

1443 ވަނަ އަހަރުގެ ހައްޖުގައި ހައްޖު ކޯޕަރޭޝަނުން ހާޖީންނަށް ކޮފީ އާއި ޕެނަޑޯލް ވިއްކާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު (ބޮންޑެ) އިސްލާމިކް މިނިސްޓަރު ޑރ އަލީ ޒާހިރު އާއި ކުރެއްވި ސުވާލަަށް ލިޔުމުން ފޮނުވި ޖަވާބުގައެވެ. 

އެގޮތުން ބޮންޑެ ކުރެއްވި ސުވާލުގައި ވަނީ, ހާޖީންނަށް ބޭނުންވާ ކެއުމާއި ބޭސްފަރުވާގެ ކަންކަން އެހެނިހެން ޖަމާއަތްތަކުން ކޮށްދެނީ ހިލޭ ކަމަށެވެ. އެހެން ނަމަވެސް، 1443 ވަނަ އަހަރު ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ދިޔަ ހާޖީންނަށް ކޮފީ ވިއްކި ކަމާއި ހާޖީންނަށް ޕެނަޑޯލް ގުޅައެއް ދެ ރިޔާލަށް ވިއްކި ކަމުގެ ޝަކުވާ އިސްލާމިކް މިނިސްޓްރީ އަށް ހުށައެޅި ހައްލުކޮށް ނުދެވިފައިވާ ކަމަަށް ހާޖީންގެ ފަރާތުން މައުލޫމާތު ލިބޭކަމަށެވެ.  އެކަން ހައްލުކުރުމަށް އިސްލާމިކް މިނިސްޓަރު މަސައްކަތް ކުރެއްވި ނަމަ އެކަމުގެ ތަފްސީލަށް އެ ސިޓީގައި އެދިފައިވެއެވެ.

މެމްބަރު އިބްރާޙިމް ރަޝީދުގެ ޖަވާބުގައި ޑރ އަހުމަދު ޒާހިރު ވިދާޅުވީ ހައްޖު ކޯޕަރޭޝަންގެ ފަރާތުން 1443 ވަނަ އަހަރުގެ ހައްޖުގައި ކޮފީ ވިއްކާ ކަމުގެ ޝަކުވާ ބައެއް ހައްޖުވެރިންގެ ފަރާތުން ލިބުމުން އެއީ ކިހިނެތް ހިނގާ ކަމެއްތޯ ބެލިއިރު ހައްޖު ދަތުރުގައި ހާޖީންނަށް ދެވޭ ތިންއިރު ކެއުމާއި ހަވީރު ސައިގެ އިތުރުން އެހެނިހެން ވަގުތު ތަކުގައި އިތުރު ހިދުމަތެއްގެ ގޮތުގައި ލޮބީގައި ކޮފީ ސޮޕެއް ހުޅުވައި ކޮފީ ގަންނަން ބޭނުންވި ފަރާތްތަކަށް އެހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކޮފީ ޝޮޕްގައި ކޮފީ ވިއްކާފައިވާ ކަމަށެވެ. 

އަދި ހައްޖުވެރިންނަށް ޕެނަޑޯލް ވިއްކި ކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބިފައި ނުވާ ކަމަށާ، އެހެން ނަމަވެސް، ޕެނަޑޯލް ގަންނަން ބޭނުންވި ފަރާތްތަކަށް ޕެނަޑޯލް ވިއްކާފައިވާ ކަމަށްވެސް އެ ސިޓީގައި ބުނެފައި ވެއެވެ. 

ކޮމެންޓް
އަހްމަދު
ޕެނަޑޯލް ވިއްކާ ވާހަކަ މިނިސްޓަރު އަރިހުގަ ހައްޖުވެރިން މައްކާގެ ބިމުގަ ޝަކުވާކުރުމުން ވިދާޅުވީ ބައްލަވާނެކަމަށް. މިހާރު އެވިދާޅުވީ ހުށަނާޅައޭ. އިސްތިއުފާ ދީފަ އޭގަ މަޑުކޮށްލުން ރަގަޅުވާނެ. މަސްއޫލިއްޔަތު އަދާނުވާތީ
19 Oct 2022
ގުޅޭ ލިޔުންތައް
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.