ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ހަބަރު
18 Oct 2022 | 17:32
ޓީޖީއެސްޓީ އާއި ގްރީން ޓެކުހުން ނުލިބި ބިލިއަނެއް

ޓޫރިޒަމް ޖީއެސްޓީ އާއި ތިމާވެށި ހިމާޔަތް ކުރަން ނަގަން ފެށި ޓެކްސް، ގްރީން ޓެކުހުގެ ގޮތުގައި ނުލިބި ހުރި ފައިސާ، އެއް ބިލިއަން ރުފިޔާ އަށް އަރާ ކަމަށް ހާމަވެއްޖެއެވެ.

ޓެކްސްތަކާ ގުޅޭ ގޮތުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ ކުރެއްވި ސުވާލަށް މިނިސްޓަރު ލިޔުމުން ދެއްވި ޖަވާބު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައިވާއިރު، އަމީރު ފޮނުއްވި ޖަވާބުގައި އޭނާ ވަނީ، ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކާއި ސަފާރީ އުޅަނދުތަކުން އެ ތަންތަނުގައި ތިބޭ ފަތުރުވެރިންގެ އަތުން ނެގުމަށް ފަހު ދައުލަތަށް ދައްކަން ޖެހޭ އެ ދެ ޓެކްސް އިން ނުލިބި ހުރި ފައިސާގެ މިންވަރު ހާމަކުރައްވާފަ އެވެ.

އެގޮތުން، މިދިޔަ އޮގަސްޓް 22 ގެ ނިޔަލަށް ނުލިބި ހުރި ފައިސާގެ އަދަދު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށް މިނިސްޓަރުގެ ޖަވާބުން ހާމަވެއެވެ. 

ނުލިބި ހުރި ފައިސާގެ ތަފުސީލް

ޓީޖީއެސްޓީ : 636 މިލިއަން

ޖޫރިމަނާ : 240 މިލިއަން

ޓީޖީއެސްޓީގެ ޖުމުލަ : 872 މިލިއަން

ގްރީން ޓެކްސް : 85 މިލިއަން

ޖޫރިމަނާ : 42 މިލިއަން

ގްރީން ޓެކުހުގެ ޖުމްލަ : 128 މިލިއަން

ރިސޯޓް ކުއްޔާއި އެ ފައިސާ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ގާތްގަނޑަކަށް 17 ބިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށް މީރާގެ 2020ގެ އޮޑިޓް ރިޕޯޓަކުން ވަނީ ހާމަވެފަ އެވެ.

އެއީ ދައުލަތަށް ނުލިބި ހުރި ފައިސާގެ %78 ކަމަށް އެ ރިޕޯޓްގައި ފާހަގަކޮށް، އެެ ފައިސާ ހޯދަން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާ ދީފަ އެވެ. 

އޮޑިޓް އޮފީހުން އެފަދައިން ލަފާދީފައިވާއިރު، ޓެކްސް ނުދައްކާ ރާއްޖޭގައި ގިނަ ތިބި ވިޔަފާރިތަކަށް ފިޔަވަޅު އަޅަން މީރާ އިން ވަނީ މަސައްކަތް ފަށާފަ އެވެ. އެގޮތުން އެފަރާތްތައް ހާމަކޮށް ޖުމުލަ 394 ނަމެއް މީރާ އިން ވަނީ އާއްމުކޮށްފަ އެވެ. އަދި މެއި މަހުގެ ނިޔަލަށް ބިމު ކުލި ނުދައްކާ 12 ރިސޯޓާއި ހަތަރު ކުންފުންޏެއްގެ ނަން ވެސް ވަނީ އާއްމު ކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.