ކްރިމިނަލް ކޯޓު
ހަބަރު
20 Oct 2022 | 13:54
ޑްރަގާއި ގުޅިގެން ޕާކިސްތާންގައި ރަހީނުކުރި ދިވެއްސަކު ރާއްޖެ އައުމުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ބޮޑެތި ޝިޕްމަންޓްތަކުގައި ރަހުނުކޮށް، ގެރަންޓާއެއްގެ ގޮތުގައި ގެންގުޅުމުގެ ތެރެއިން ޕާކިސްތާނުގައި ހިފަހައްޓައިގެން ގެންގުޅުނު ޒުވާނަކު އެނބުރި ރާއްޖެ އައުމުން ހައްޔަރުކޮށްފި އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން ހައްޔަރުކޮށްގެން އުޅޭ މީހަކު އިއްޔެ ބަންދާއިމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޯޓުގައި ވާހަކަދައްކަމުން އުމުރުން 22 އަހަރުގެ ޒުވާނާ ބުނި ގޮތުގައި އޭނާ ޕާކިސްތާނަށް ފޮނުވާފައި ވަނީ ބަޔަކު އޭނާއަށް އޮޅުވާލައިގެންނެވެ. އަދި ޕާކިސްތާނަށް ދިއުމާ އެކު އެ ގައުމުގައި ތިބި ޑްރަގް ވިޔަފާރީގެ ގްރޫޕުން އޭނާ ހައްޔަރުކޮށްގެން ގެންގުޅެފައިވާ ކަމަށް ބުންޏެވެ. 

މި މައްސަލައިގާ ފުލުހުން ހައްޔަރުކޮށްފައިވަނީ ބ. ގޮއިދޫ، އަތިރީގޭ، ހުސެއިން ޝަރުހާން އެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމުގެ ކުށުގެ ދައުވާއާއި އެތަކެތި ރާއްޖެ އެތެރެކުރުމަށް އެހީވެދިނުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައާއި ގުޅިގެން ޝަރުހާން ކޯޓުގައި ދެއްކި ވާހަކައިން އޭނާއާއި މިފަދަ މައްސަލަތަކާއި ގުޅުން އޮންނަކަން ހާމަވާ ކަމަށް ގާޒީ ފާހަގަކުރެއްވިއެވެ. އަދި، ފުލުހުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ރިއާޔަތްކޮށް ވަނީ ޝަރުހާންގެ ބަންދަށް އިތުރު ދިހަ ދުވަސް ޖަހާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.
11 Sep 2026
ދީނުގެ އަސާސްތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.