އަޙްމަދު ނަސީމަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
20 Oct 2022 | 22:13
ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އަޙްމަދު ނަސީމަށް އަރުވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ ކަމަށްވާ މިނިސްޓަރ އޮފް ހެލްތުގެ މަގާމުގައި ހުންނެވި އަޙްމަދު ނަސީމަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އަރުވައިފިއެވެ.

އަޙްމަދު ނަސީމަށް މި ޢިއްޒަތް އެރުވީ، މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

މި ޢިއްޒަތް ނިސްބަތްވަނީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނަށެވެ. އަޙްމަދު ނަސީމަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އެރުވުމަށް ރައީސް ޞާލިޙް ކަނޑައެޅުއްވީ، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި އެއް ބާނީ ކަމަށްވާތީއެވެ.

އަދި ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީވެ ކުރިއަރާނެކަމުގެ އެއްވެސް އަލިމަގެއް ފެންނާން ނެތް ދުވަސްވަރެއްގައި އިސްނަންގަވައިގެން އެކަމަށް ކުރެއްވި މަސައްކަތްޕުޅުތަކާއި، ވެވަޑައިގެންނެވި ޤުރްބާނީގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނާއި، ތަފާތު އެކި މަގާމުތަކުގައި ހުންނަވައިގެން، ދިވެހި ދައުލަތަށާއި ދިވެހި ޤައުމަށް 37 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަޙްމަދު ނަސީމް ކޮށްދެއްވި ޚިދުމަތްތަކަކީ، ޤައުމީ ފެންވަރެއްގައި ފާހަގަކުރަންޖެހޭނެ ޚިދުމަތްތަކެއް ކަމަށް ގަބޫލުފުޅުކުރައްވާ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
މިއަދު
3/11 ބާޣީންގެ ޝަރަފުގެ އިއްޒަތް ފުރަތަމަފަހަރަށް ސަރުކާރުން އަރުވައިފި
20 Oct 2022
ގުޅޭ ލިޔުންތައް
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މެލޭޝިއާ ބޮޑުވަޒީރުގެ "ޕްލޭ ލިސްޓް" އަށް މީސް މީޑިއާގައި ބޮޑު ސަމާލުކަމެއް
ޑިޕްލޮމެޓިކް ބައްދަލުވުންތަކުގެ ތެރެއިން ބޮޑުވަޒީރު އަންވަރު ޕޯސްޓް ކުރެއްވި ކޮންޓެންޓުގައި ބޮލީވުޑުގެ މަޝްހޫރު ލަވަތައް ހިމެނިފައިވެއެވެ. ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު ނެންގެވި ފޮޓޯތަކާ އެކު އޭ.އާރް. ރަޙުމާންގެ ޗަލޭ ޗަލޯ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރެއްވި ޕޯސްޓުގައި އައި އޭމް ދަ ބެސްޓް ލަވަ އާއި ކިޝޯރު ކުމާރުގެ ޚުވާބް ހޯ ތުމް ޔާ ކޯއީ ހަޤީޤަތުގެ ވީޑިއޯ ކްލިޕެއް ވެސް ވައިރަލް ވެފައިވާ އިރު އެ ވީޑިއޯގައި ކީބޯޑިސްޓްއަކާ އެކު ބޮޑުވަޒީރު ލަވަ ކިޔާ މަންޒަރު ވެސް ފެނެއެވެ.
17 Sep 2026
ބުރު ސްޕޯޓްސް ބަލިކޮށް ލީގްގައި އޮޑީގެ ފުރަތަމަ މޮޅު ހޯދައިފި
ލީގްގައި މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އާއި ނިއުރޭޑިއަންޓް
17 Sep 2026
މެކްލެމޯ ބޭރުކުރުމުން ޝީރަންގެ ޓުއާގެ ހުރިހާ ސަޕޯޓިން އާޓިސްޓުން ވަކިވެއްޖެ
މެކްލެމޯ އަސްލު ނަމުން ނަމަ ބެން ހެގާޓީ މި މަހުގެ ކުރީ ކޮޅު ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ޝީރަންއާ އެކު ކުރި ޕާފޯމެންސެއްގައި "ފްރީ ޕެލެސްޓައިން" ގޮވައި ފަލަސްޠީނަށް ތާއީދުކޮށް ވާހަކަ ދެއްކުމުން ފާޑުކިޔުން އަމާޒުވެ އެންމެ ފަހުން ޓުއާގެ ބާކީ ބައިން ބޭރުކޮށްފައިވެއެވެ
17 Sep 2026
އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑަކަށް ނޫމާން ހަމަޖައްސައިފި
ނޫމާން މީގެ ކުރިން ހުރީ އުރީދޫ މޯލްޑިވްސްގެ ފިންޓެކް އެންޑް ޕާޓްނާޝިޕް މަގާމުގައެވެ. އޭނާ ވަނީ ރާއްޖެއަށް އިންޓަނެޓް ބޭނުންނުކޮށް ފޭސްބުކް ބޭނުންކުރެވޭ ޚިދުމަތެއް ތަޢާރަފުކުރުމުގައި އިސް ދައުރެއް އަދާކޮށްފައެވެ.
17 Sep 2026
ވަރލްޑްކަޕް އެންޑް ފެސްޓިވަލް: ރާއްޖެ ފްރާންސް ހިމެނޭ ގްރޫޕްގައި
ފްރާންސަކީ ދުނިޔޭގެ ފެންވަރުގައި ފުޓްބޯޅައިގެ ގަދަ ބާރެއް ކަމުން، ރާއްޖެ ހިމެނިފައިވަނީ ވަރަށް ވާދަވެރި ގްރޫޕެއްގައިކަން ފާހަގަކޮށްލެވެއެވެ
17 Sep 2026
ޕޯސްޓް ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު އައްޔަނުކޮށްފި
އެގޮތުން ބޯޑަށް އައްޔަނުކޮށްފައިވަނީ ގއ. ވިލިނގިލީ ވިޜަން، ބުޝްރީ މުޙައްމަދު އާއި ގއ. ނިލަންދޫ ވައިޓްވިލާ، ނާޞިޙް އިބްރާހިމް އެވެ..
17 Sep 2026
ޔާމީނާއި ދެކޮޅަށް އޮތް ދެ މައްސަލަ މި މަހުގެ ފަހުކޮޅަށް ތާވަަލުކޮށްފި
މި ދެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ނުގެންދާތާ މަސްތަކެއް ވެއްޖެ އެވެ. ކްރިމިނަލް ކޯޓުން ބުނީ ފުއްގިރި ކުއްޔަށް ދިނުމުގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯޑަރިންގެ ދައުވާއާ ގުޅިގެން އަޑުއެހުމެއް މި މަހުގެ 23 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ކަމަށެވެ.