ވޯލްޑްކަޕާއި ގުޅިގެން ގަތަރުން ތައްޔާރުކޮށްފައިވާ ސްޓޭޑިއަމެއް
ކުޅިވަރު
23 Oct 2022 | 21:53
ގަތަރުގެ ހޮޓާތަކާއި ގެސްޓް ހައުސްތަކުގައި ވޯލްޑްކަޕް ބެލުން ބޮޑު ތަކުލީފަކަށް

ގަތަރުގައި ބާއްވާ ފީފާ ވޯލްޑްކަޕް ފެށެން ދުވަސްތައް ކުޑަތަންވަމުން އަންނައިރު މުބާރާތަށް އެ ގައުމުން ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. ހޮޓާތަކާއި ރެސްޓޯރަންޓުތަކުގެ އިތުރުން ގެސްޓް ހައުސްތަކުން މި މުބާރާތަށް އަންނަ މެހެމާނުންނަށް ހިދުމަތްދޭން ވަނީ ދުރާލާ ބޮޑެތި އިންވެސްޓުމަންޓް ތަކެއް ކޮށްފައެވެ. 

މީގެ ހަތަރު އަހަރުކުރިން ގަތަރުން މުބާރާތަށް ތައްޔާރުވާން ފެށިއިރު ދާދިފަހުން އެ ގައުމުން ވަނީ ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން އާންމުން އެއްވެ ޓީވީ ބަލާ ސަރަހައްދުތަކުން މެޗުބަލަން ފީއެއް ނަގަން ނިންމާފައެވެ. 

މި ތަންތަނުގެ ވެރިން ވަނީ މި ނިންމުމާއި ގުޅިގެން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެއީ މުބާރާތް ފެށެން މަހަކާއި ގާތްވުމުން މިވަރުގެ ނިންމުމެއް ނިންމުމާއި ގުޅިގެންނެވެ. 

ގަތަރުގައި ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް ނެގި ބީން ސްޕޯޓްސްއިން ވަނީ ހޮޓާތަކުގައި ވޯލްޑް ކަޕް ދައްކާނަމަ އިތުރު ފީއެއް ނަގަން ޖެހޭނެ ކަމަށް ބުނެފައެވެ. އަދި މިގޮތަށް ކަންކަން ނުކޮށްފި ނަމަ ފިޔަވަޅު އަޅާނެކަމަށް ބުނެ އިންޒާރުވެސް ވަނީ ދީފައެވެ.

ބީން ސްޕޯޓްސް އިން މައުލޫމާތުދޭ ގޮތުގައި ހޮޓާ، ރެސްޓޯރަންޓް އަދި ބާ އާއި ރޫމުތަކުގައި މެޗު ދައްކަން ބޭނުންނަމަ 100،000 ގަތަރު ރިޔާލް ޑޮލަރުންނަމަ 27،463 ޑޮލަރުގެ ފީއެއް ދައްކަން ޖެހޭނެއެވެ.

މި ފީ ނުދައްކައިފި ނަމަ މެޗު ކުޅޭ ކޮންމެ ދުވަހަކަށް 452 ޑޮލަރަށް ރޫމެއް ނަގައިގެން ގަތަރުގައި ތިބޭ މީހުންނަށް ވެސް ހޮޓަލުން މެޗު ބެލޭނެ ގޮތެއް ނޯންނާނެއެވެ.

ތަރުހީބު ބޮޑުވުމާއި ގުޅިގެން ގަތަރުން މިހާރު އެންމެ އާދައިގެ ރޫމެއް ލިބެނީ 200 ޑޮލަރަށްވުރެ ބޮޑުކޮށެވެ. އަދި މި ރޭޓު ކުރިޔަށްވުރެ ބޮޑުވުން އެކަށީގެންވެއެވެ. އެހެންކަމުން މުބާރާތާއި ދިމާކޮށް ގެސްޓްހައުސްތަކާއި ހޮޓާތަކަށް އިންވެސްޓުކުރި ފަރާތްތަކަށް މި ނިންމުމާއި ގުޅިގެން ބޮޑު ގެއްލުމެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ. 

މިއީ މިހާތަނަށް ވޯލްޑްކަޕް މެޗުތަކުގެ ފީޑު އެންމެ އަގުބޮޑުކޮށް ވިއްކާ ފަހަރުކަމަށްވެސް ބީން ސްޕޯޓްސްއިން ވަނީ ހާމަކޮށްފައެވެ. އަދި މި ފީ ކުޑަ ނުކުރާނެކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.