އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ
ކުޅިވަރު
23 Oct 2022 | 17:47
ވޯލްޑްކަޕުގައި ބިރުގަންނަ ޓީމެއް ނެތް، ސަޕޯޓަރުން ހާސްނުވޭ: މެސީ

މިފަހަރުގެ ވޯލްޑްކަޕުގައި އާޖެންޓީނާއިން ޖެހިލުންވާ ވަރުގެ ޓީމެއް ނެތް ކަމަށާއި ސަޕޯޓަރުން ވީހާވެސް މައިތިރިވެ، ހާސްނުވުމަށް ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ. 

ކޮޕާ އެމެރިކާގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއަށް އެންމެ ފަހުން ވޯލްޑްކަޕް ކާމިޔާބުކުރެވުނީ 1986 ގައެވެ. މިފަހަރުގެ ވޯލްޑްކަޕާއި ކުރިމަތިލިއިރު އެންމެފަހުން އާޖެންޓީނާއިން ކުޅުނު 35 މެޗުން ބަލިވެފައެއް ނުވެއެވެ. އެންމެ ފަހުން އެ ޓީމު ބަލިވީ 2019 ގައެވެ. 

ގަތަރުގައި ބާއްވާ ވޯލްޑްކަޕުގައި އާޖެންޓީނާ ހިމެނިފައިވަނީ ގްރޫޕް ސީ ގައެވެ. މި ގްރޫޕުގައި އާޖެންޓީނާ އާއެކު ހިމެނެނީ ޕޮލޭންޑާއި މެކްސިކޯގެ އިތުރުން ސައުދީ އަރަބިއްޔާ އެވެ. 

ވަރުގަދަ ފޯމެއްގައި އޮތް އާޖެންޓީނާ މި މުބާރާތާއި ކުރިމަތިލާއިރު އެންމެ ބޮޑު ޕްރެޝަރެއް ކުރިމަތިވާނެ އެއް ކުޅުންތެރިއަކީ މެސީ އެވެ. އެެއީ މި މުބާރާތަކީ އޭނާގެ އެންމެ ފަހު ވޯލްޑްކަޕަށް ވުމެވެ. 

މީޑިއާއަށް ދިން އިންޓަވިއު އެއްގައި ވާހަކަދައްކަމުން މެސީ ބުނީ ސަޕޯޓަރުންގެ ބޮޑެތި އުއްމީދުތަކެއް ހުންނާނެކަން އެނގޭ ކަމަށާއި މިއީ ފަސޭހަ މުބާރާތަކަށް ނުވާނެ ކަމަށެވެ. އަދި އާޖެންޓީނާ ޓީމެކޭ އެއްގޮތަށް އެހެން ޓީމުތަކުން ވެސް މުބާރާތާ ކުރިމަތިލާނީ ބޮޑެތި އުއްމީދުތަކާއެކު ކަމަށާއި އެހެން ނަމަވެސް އާޖެންޓީނާއަށް އެއްވެސް ހާސްކަމެއް ނެތް ކަމަށެވެ. 

އެންމެފަހުން 2018 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގައި އާޖެންޓީނާގެ ފުރަތަމަ މެޗުން ވަނީ އައިސްލޭންޑް އާއި ވާދަކޮށް 1-1 އިން އެއްވަރުވެފައެވެ. މި މެޗުގައި މެސީ ގެ ޕެނަލްޓީއެއް ބޭކާރުވިއިރު މުބާރާތުން އާޖެންޓީނާ ކެޓީ ގަދަ 16 ގައި ޗެމްޕިއަންކަން ހޯދި ފްރާންސް އަތުންނެވެ. 

މެސީ ބުނީ މާޒީގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު މުބާރާތް ފަށާ މެޗަކީ މުހިއްމު މެޗެއް ކަމަށެވެ. މުބާރާތުގައި އާޖެންޓީނާގެ ފުރަތަމަ މެޗުގައި ނޮވެމްބަރު 22 ގައި ބައްދަލުކުރާނީ ސައުދީ އަރަބިއްޔާ އާއި ދެކޮޅަށެވެެ. މެސީ ބުނީ މި މެޗުން މޮޅުވުމަކީ މުޅި ޓީމަށްވެސް މުހިއްމު ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ސިޔާސީ ލީޑަރަކު ޖަލަަކަށް ނުލަން، ބިރެއް ނެތި ސިޔާސީ މަސައްކަތް މިހާރު ކުރެވޭނެ: ރައީސް
ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ސިޔާސީ ވެރީން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
16 Sep 2026
އެތެރޭގެ އިންތިހާބަށް ފަހު ބައިބައިވުމެއް އައިސްގެން ނުވާނެ: ރައީސް
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.
15 Sep 2026
ރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެން
ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންގެ އަތްމަތީގައި އޮންނަ، އަދި ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން
15 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީގެ ފަހު ޖާގަ ބާރަށް އަދި ވަށަފަރަށް
މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތި ދުވަހެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖހެިފައިވަނީ 19 ވާ ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.