ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް
ކުޅިވަރު
23 Oct 2022 | 17:40
ދަށް ފޯމެއްގައި އޮތް ނަމަވެސް ފްރާންސް ކޯޗުގެ ހާސްކަމެއް ނެތް

އެންމެ ފަހުގެ ވޯލްޑްކަޕް ޗެމްޕިއަން ފްރާންސުން މިފަހަރުގެ ވޯލްޑްކަޕާއި ކުރިމަތިލާއިރު މިހާރު ޓީމު އޮތް ފޯމާއި މެދު އެއްވެސް ހާސްކަމެއް ނެތް ކަމަށް ޓީމުގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ބުނެފިއެވެ. 

ކޯޗު މިހެން ބުނީ ވޭތުވެދިޔަ މަސްތަކުގެ ތެރޭގައި ފްރާންސަށް ނަތީޖާތަށް ދަށްުވުމާއި ގުޅިގެންނެވެ. އެގޮތުން ނޭޝަންސް ލީގު އެ ޓީމު ނިންމާލީ ލީގު އޭގެ ގްރޫޕް އެކެއްގެ ތިންވަނައިގައެވެ. އެއީ އަމިއްލަ ދަނޑުގައި ޑެންމާކް އާއި ކްރޮއޭޝިއާ އަތުން ބަލިވުމުގެ އިތުރުން އޮސްޓްރިއާ އަތުން އެއްވަރުވެގެންނެވެ. 

އެއާއެކު މިފަހަރުގެ ވޯލްޑްކަޕުގައި ފްރާންސް އަށް ތަށި ދިފާއުކުރެވިދާނެ ތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. އަދި ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވެފައިވެއެވެ.

އެ ފާޑުކިޔުންތަކަށް ރައްދުދެމުން ޑިޝޯމްޕްސް ބުނީ އަދިވެސް ޗެމްޕިއަނުންނަކީ ފްރާންސް ކަމަށާއި އެހިސާބަށް ދެވޭނީ ރަނގަޅު މަސައްކަތްތަކެއް ކުރެވިފައި ހުރުމުން ކަމަށެވެ. އަދި ކޮންމެ ޓީމަކަށް ވެސް ހިނދުކޮޅު އަންނާނެ ކަމަށާއި ރަނގަޅަށް ކުޅޭ ދުވަސްވަރާ ގޯސް ދުވަސްތަކެއް ކޮންމެ ޓީމަށްވެސް އަންނާޏެ ކަމަށެވެ. 

ވޯލްޑްކަޕުގައި އެ ޓީމު ހިމެނޭ ގްރޫޕަކީ އުނދަގޫ ޓީމެއްކަން ގަބޫލުކުރާ ކަމަށާއި އޮސްޓްރޭލިއާ، ޑެންމާކް އަދި ޓިއުނީޝިއާ އާއެކު ގްރޫޕް ޑީ ގައި މެޗުތަކުން މޮޅުވުމަކީ ޗެލެންޖެއް ކަމަށެވެ. 

ގަތަރުގައި އަންނަ މަހު ފަށާ ވޯލްޑްކަޕުގައި ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އެ ޓީމު ބައްދަލުކުރާނީ އޮސްޓްރޭލިއާ އާއި ދެކޮޅަށެވެ. އަދި އޭގެ ހަތަރު ދުވަސްފަހުން ޑެންމާކް އާއި ބައްދަލުކުރާިއރު ގްރޫޕްގެ ފަހު މެޗުގައި ނޮވެމްބަރ 30 ގައި ބައްދަލުކުރާނީ ޓިއުނީޝިއާ އާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.