މުހައްމަދު އިސްމާއިލް / ފޮޓޯ: ވޮއިސް
ހަބަރު
23 Oct 2022 | 21:57
ޔޯގާ މައްސަލަ: މުހައްމަދު އިސްމާއިލްގެ ޝަރީއަތް ލައިވްކޮށް ކުރިއަށް ގެންދިއުމަށް އެދިއްޖެ

ބައިނަލް އަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ހަރަކާތް ހުއްޓުވުމުގައި ބައިވެރިވެ ހަމަނުޖެހުން ހިންގުމަށް ރޭވި ކަމުގެ ތުހުމަތުކޮށް އިދިކޮޅު ކޯލިޝަންގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއަރ އަދި މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތް ލައިވްކޮށްދިނުމަށް އެދިވަޑައިގެންފިއެވެ. 

ޔޯގާ މައްސަލައާއި ގުޅުވާ ދައުލަތުން ވަނީ މުހައްމަދު އިސްމާއިލްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވި ކަމުގެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅިކަމުގެ ދައުވާ އުފުލާފައެވެ. އަދި މި ދައުވާތަކާއެކު އޭނާގެ މައްޗަށް 35 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކޮށްދިނުމަށްވެސް އެދިފައިވެއެވެ. 

ދައުލަތުން ވަނީ މި މައްސަލައިގައި މުހައްމަދު އިސްމާއިލްއާއި ދެކޮޅަށް 55 ސީޑީ އާއި، އޭފޯ ކަރުދާސް ރީމެއްގެ ލިޔެކިޔުން ކޯޓަށް ހުށައަޅާފައެވެ. 

އެ މައްސަައިގެ ލިޔެކިޔުންތައް ހަވާލުކުރުމަށް މުހައްމަދު އިސްމާއިލް ކޯޓަށް ހާޒިރުކޮށްފައިވާއިރު، ކޯޓުން ނިކުމެ ވަޑައިގެން މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި މުހައްމަދު އިސްމާއިލްގެ ގާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވީ، ދައުލަތުން މަސައްކަތް ކުރަނީ މުހައްމަދު އިސްމާއިލް ފްރޭމްކުރުމަށްކަމަށެވެ. އަދި އެ ގޮތަށް އެކަން ކުރާ ސަބެބެއްކަމަށް އާސިފް ސިފަކުރެއްވީ، މުހައްމަދު އިސްމާއިލްއަކީ އިދިކޮޅުގެ މަގުމަތީ ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅޭ ފަރާތްކަމުގައި ވާތީ، މުހައްމަދު އިސްމާއިލް ހައްޔަރުކޮށް، އެ ހަރަކާތްތަކަށް ބުރޫ އަރުވާލުންކަމަށެވެ. 

އެކަން ފާހަގަކުރައްވާ އާސިފް ވިދާޅުވީ، މި މައްސަލައަކީ ލައިވްކުރަން ޖެހޭ ޝަރީއަތެއްކަމަށެވެ. ރައްޔިތުންނަށް ސަރުކާރުގެ ހީލަތްތެރިކަން ފެނިގެންދާނީ ލައިވްކޮށް މި ޝަރީއަތް ދައްކައިގެންކަމަށް އާސިފް ވިދާޅުވިއެވެ. 

"އަޅުގަނޑުމެން އެދެން މި ޝަރީއަތް ލައިވްކުރުމަށް. އޭރުން ހަގީގަތުގައި މީ އިންސާފުވެރި ޝަރީއަތެއްތޯ ނޫންތޯ ރައްޔިތުންނަށް ކަށަވަރުވާނީ. މި ޝަރީއަތް ފޮރުވައިގެން ގެންގޮސްގެން ނުވާނެ"

ގާނޫނީ ވަކީލު އާދަމް އާސިފް 

ލޯޔަރު އާސިފް އިތުރަށް ވިދާޅުވީ، މުހައްމަދު އިސްމާއިލްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާތައް އުފުލާފައިވާއިރު، ޔޯގާ ހަރަކާތް ހުއްޓުވުމަށް ބަޔަކު ކުރި މަސައްކަތުގެ ތެރެއިން ހަމަނުޖެހުން އުފެދިފައިވާއިރު، އެތަނުގައި މުހައްމަދު އިސްމާއިލް ނުވެސް ނެތްކަމަށެވެ. 

ދައުލަތުން މަސައްކަތްކުރަނީ ނުކުރާ ކުށަކަށް އަބަދުދިނުމަށްކަމަށް އާސިފް ތަކުރާރުކޮށް ވިދާޅުވިއެވެ. 

ޔޯގާ މައްސަލައާއި ގުޅިގެން މުހައްމަދު އިސްމާއިލްގެ މައްޗަށް ބޮޑެތި ދައުވާތަކެއް އުފުލާފައިވަނީ، އެ މައްސަލައާއި ގުޅިގެން މުހައްމަދު އިސްމާއިލް ހައްޔަރުކޮށް ވާނުވާ ބަންދެއްގައި 45 ދުވަހު ބެހެއްޓުމަށްފަހުގައެވެ. އަދި އޭނާ ބަންދުން ދޫކޮށްލާފައިވަނީ އެފަދައިން ބަންދުގައި މީހަކު ބެހެއްޓޭނެ އެންމެ ދިގު މުއްދަތު ހަމަވިއިރުވެސް، ދައުވާ ކުރާނެ އެއްވެސް ހެއްކެއް ކޯޓަށް ހުށައެޅިފައި ނުވުމުންކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.