ޗައިނާއިން ގަތަރަށް ހަދިޔާކުރި ދެ ޕެންޑާގެ ތެރެއިން ޕެންޑާއެއް
ކުޅިވަރު
24 Oct 2022 | 09:47
ވޯލްޑްކަޕަށް ޗައިނާއިން ގަތަރަށް ހަދިޔާކުރީ ސުހެއިލް އާއި ސުރައްޔާ

އަރަބި ގައުމުތަކުގެ ތެރެއިން ފުރަތަމަ ފަހަރަށް ދެ ޕެންޑާ ގެންގުޅޭ ގައުމަކަށް ވޯލްޑްކަޕް ބާއްވަން ތައްޔާރުވާ ގަތަރު ވެއްޖެއެވެ. 

މިއީ ޗައިނާ ސަރުކާރުން ގަތަރަށް ހަދިޔާކުރި ދެ ޕެންޑާއެވެ. މި ދެ ޕެންޑާއަށް ގަތަރުން ދީފައިވާ ނަންތަކަކީ ސުހެއިލް އަދި ސުރައްޔާ އެވެ. 

މި ދެ ޕެންޑާވެސް ބެހެއްޓުމަށް ނިންމާފައިވަނީ ލަގްޒަރީ، އޭސީ ކޮށްފައިވާ ހާއްސަ ތަނެއްގައެވެ. މީގެތެރެއިން އެއް ޕެންޑާއަށް ހަތަރު އަހަރު ވެފައިވާއިރު އަނެއް ޕެނަްޑާއަށް ތިން އަހަރު ވަނީ ވެފައެވެ. 

މި ޕެންޑާތައް ދައްކާލުމަށް ގަތަރުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ގަތަރުގެ ވެރިރަށް ދޯހާ އާއި 50 ވަރަކަށް ކިލޯމީޓަރު ދުރުގައި ހުންނަ އަލް ކޯރު ޕާކުގައި ބޭއްވި މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވިއިރު ޗައިނާ ސަރުކާރުގެ އިސް އޮފިޝަލުން ވެސް ބައިވެރިވިއެވެ. 

ޕެންޑާ ތަކުގެ ތެރެއިން ސުހެއިލް ގެ އުމުރަކީ ހަތަރު އަހަރެވެ. އަދި ސުރައްޔާ ގެ އުމުރަކީ ތިން އަހަރެވެ.

ޗައިނާ ސަރުކާރުން ހަދިޔާކުރި މި ދެ ޕެންޑާއަކީ އަންނަ މަހުގެ 20 ގައި ފެށުމަށް ތައްޔާރުވާ ވޯލްޑްކަޕާއި ދިމާކޮށް އެ ގައުމަށް ހަދިޔާކުރި ދެ ޕެންޑާއެވެ. 

ރިޕޯޓުތައް ބުނާގޮތުން ގަތަރުން ވަނީ މި ދެ ޕެންޑާވެސް އާންމުކޮށް ހުޅުވާލައިގެން ބާއްވާ ހާއްސަ އިވެންޓުތަކާ ވޯލްޑްކަޕަށް ގަތަރަށް ޒިޔާރަތްކުރާ މެހެމާނުންނަށް ހާއްސަ ޕެކޭޖުތަކާއެކު ޕެންޑާ ޝޯތަކެއް ބާއްވަން ތައްޔާރުވެފައެވެ. އެކަމުގެ ޕްލޭންތައް މިހާރު އެ ގައުމުން ދަނީ ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Sep 2026
ބިންވެރިޔާ ސްކީމް: ގުޅިފަޅުން 1393، ހުޅުމާލެއިން 603 މީހަކަށް ބިން ހަވާލުކޮށްފި
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅާއި ހުޅުމާލެއިން ގޯޯތިތަކެއް ދޫކުުރި ނަމަވެސް އެ ތަންތަން ދޫކުރީ ބިން ވެސް ނުހިއްކަ އެވެ.
17 Sep 2026
ބިޒްނަސް ސްޓްރީމް ކިޔެވީމާ ޤައުމަށް ކުރެވޭ ޚިދުމަތް ކުޑައެއް ނޫނެވެ!
ޤައުމެއްގެ އިޤުތިޞާދު ކޮޅަށް ޖެހުމުގައި ބިޒްނަސް ސްޓްރީމުން ދަސްވެނިވާ ދަރިވަރުން އަދާކުރާ ދައުރު ވަރަށް ބޮޑެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބިޒްނަސް ތަޢުލީމަކީ ވިޔަފާރިވެރިކަމަށް ހިތްވަރު ދީ އިޤުތިޞާދީ އިޖުތިމާޢީ އަދި ޓެކްނޮލޮޖީގެ ކުރިއެރުމަށް ބާރު އަޅާ ދާއިރާއެކެވެ. ބިޒްނަސް ތަޢުލީމަކީ ކޮންމެ ޤައުމެއްގެ ވެސް އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީގައި ބަދަލު ނުކުރެވޭ ފަދަ ދައުރެއް އަދާކުރާ ދާއިރާއެއް ކަމަށް ދިރާސާވެރީން ފާހަގަކޮށްފައިވެއެވެ. ބިޒްނަސް ތަޢުލީމު ލިބޭ ފަރާތްތައް ވަޒީފާ ހޯދުމާއި ދެމެހެއްޓެނިވި ދިރިއުޅުމެއް ބިނާކުރުމަށް ތައްޔާރުވެއެވެ.
17 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް ޝެޑިއުލް ދަތުރުތައް ފަށައިފި
އެހެން ކަމުން މަންތާއާ މޯލްޑިވިއަން ދެމެދު ވެވުނު އެއްބަަސްވުމެއްގެ ދަށުން ޝެޑިއުލް ދަތުރުތައް ފަށަން ނިންމާ މިއަދު ވަނީ އެ އޮޕަރޭޝަން ރަސްމީކޮށް ފަށާފަ އެވެ.
17 Sep 2026
މި ސަރުކާރުން އަންނަނީ ރޭވުންތެރިކަމާ އެކު ދަރަނި ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން
ކުރީ ސަރުކާރުން 2019 ގައި އެސްބީއައި މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ލޯނުގެ އެންމެ ފަހު އިންސްޓޯލްމަންޓް މިއަދު ދައްކައި އެ ދަރަނި އެއްކޮށް ޚަލާޞްކޮށްފިއެވެ.
17 Sep 2026
ކުޑަކުދިންގެ ކެންސަރު: ބެލެނިވެރިން ދެނެގަންނަންޖެހޭ މުހިންމު ކަންކަން
ކުޑަކުދިންނަކީ މުޖުތަމަޢުގެ މުސްތަޤުބަލެވެ. ކޮންމެ ޢާއިލާއެއްގެވެސް އެންމެ ބޮޑު އުއްމީދަކީ ދަރިންގެ ޞިއްޙަތު ސަލާމަތުން ބޭތިއްބުމެވެ. ނަމަވެސް، ހީވެސް ނުކުރާ ފަދަ ބޮޑެތި ބަލިތައް ކުޑަކުދިންނަށް ކުރިމަތިވުމަކީ މުޅި ޢާއިލާގެ ދިރިއުޅުން ބަދަލުކޮށްލާ ކަމެކެވެ. މީގެ ތެރެއިން އެންމެ ބިރުވެރި އެއް ބައްޔަކީ ކެންސަރެވެ.
17 Sep 2026
ލޯނު ޚަލާޞްކުރިޔަސް ޒަރޫރީ މުދަލަށް ދައްޗެއް ނެތް
އިންޑިއާގެ ސްޓޭޓް ބޭންކުން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީ މިއަދު އެއްކޮށް ޚަލާޞްކޮށް، ތެލާއި ކާޑާއި ބޭހަށް ބޭރު ފައިސާ ލިބުމުގައި ދަތިނުވާނެ ކަމުގެ ޔަގީންކަން މާލީ ވުޒާރާއިން ދީފިއެވެ.
17 Sep 2026
ޕީއެންސީ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް ދޭން ފާސްކޮށްފި
ޕްރައިމަރީއަކާ ނުލައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް 2028ގެ ރިޔާސީ ޓިކެޓު ދޭން ޕީއެންސީ ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފިއެވެ.
17 Sep 2026
ޚަދްލަޖް ބްރޭންޑުގެ އައު ސެންޓުތަކެއް ރާއްޖެއަށް ތަޢާރަފުކޮށްފި
ދުބާއީގެ މަޝްހޫރު ލަގްޒަރީ ސެންޓު ބްރޭންޑް "ޚަދްލަޖް" ގެ އައު ސެންޓުތަކެއް، އެ ބްރޭންޑުގެ ރާއްޖޭގެ ހަމައެކަނި އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު ޕޮއިސް ޑިސްޓްރިބިއުޓާރސް އިން ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ.