Advertisement

އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރަކަށް ވުމުގެ ރޭސް ރިޝީ ސުނަކް ކާމިޔާބުކޮށްފި

ރިޝީ ސުނަކް-

އިނގިރޭސިވިލާތުގެ ބޮޑުވަޒީރަކަށް ދެން ވާނީ ރިޝީ ސުނަކް ކަމަށް ކޮންޒަވޭޓިވް ޕާޓީން ނިންމައިފިއެވެ.

އިނގިރޭސި ވިލާތުގެ އާ ބޮޑުވަޒީރަކަށް ރިޝީ ސުނަކް ވެވަޑައިގަންނަވާނީ މިދިޔަ ހަފުތާގައި ލިޒް ޓްރަސް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އުފެދުނު ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ ލީޑާޝިޕް ގެ ވާދަވެރިކަން ކާމިޔާބު ކުރެއްވުމަށް ފަހު އެވެ.

އެ ރޭސް ސުނަކް ކާމިޔާބު ކުރައްވާފައި މިވަނީ ޓެކްސް ކަނޑާލުމުގެ ނުބައި ޕްލޭންތަކާއި ޕޮލިސީ ޔޫޓާންތަކާ ގުޅިގެން ޓްރަސް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. 

Advertisement

ސުނަކް ބޮޑުވަޒީރު ކަމުގެ މަގާމު ކަށަވަރު މިކުރެއްވީ މީގެ ދެމަސްކުރިން ބޮޑުވަޒީރު ކަމަށް އަންނަން އޭނާ ކުރި މަސައްކަތް ނާކާމިޔާބު ވެފައިވަނިކޮށެވެ.

އެފަހަރު ރިޝީ ސުނަކް ބަލިކޮށް މަގާމަށް ހޮވިވަޑައިގަތީ ލިޒް ޓްރަސް އެވެ. އެހެން ނަމަވެސް ލިޒް ވަނީ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވާފައެވެ. ލިޒް އިސްތިއުފާދެއްވާފައިވަނީ މެންޑޭޓުގައި ހިމެނޭ ކަންތައްތައް ފުރިހަމަނުކުރެއްވޭކަމަށް ވިދާޅުވަމުންނެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރަކަށް ދެންވާނީ ރިޝީ ސުނަކް ކަމަށް ކޮންޒަވޭޓިވް ޕާޓީން ނިންމާފައިވާއިރު، އޭނާ ވަނީ މީގެ ކުރިން އިނގިރޭސިވިލާތުގެ މާލީ ވަޒީރުކަންވެސް އަދާކުރައްވާފައެވެ. އޭގެ އިތުރުން ފިލޯސަފީ، ސިޔާސީ އަދި އިގުތިސާދީ ދާއިރާ އިން މަތީތައުލީމް ހާސިލްކޮށްފައިވާ ރިޝީ ސުނަކް އަކީ އިންޑިއާ ދަރިފަސްކޮޅަށް ނިސްބަތްވާ ބޭފުޅެކެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement