ޕްރޮފެސަރު ޕަޔަމް އަޚަވަން
ހަބަރު
25 Oct 2022 | 10:39
ކޮންމެ ގޮތަކަށް މައްސަލަ ނިމުނަސް ،މޮރިޝަސްއާއި ދެކޮޅަށް ވަކާލާތުކުރަމުންދާ މައްސަލައާއި ފުށޫ ނާރާނެ

ރާއްޖެ އާއި މޮރިޝަސްގެ ބޯޑަރުގެ މައްސަލާގައި, ދެ ގައުމުގެ އިގްތިސާދީ ސަރަހައްދު ފުށުއަރާ ހިސާބު ބަހާނެ ގޮތަކާ މެދުގައި ކޮންމެ ގޮތަކަށް މައްސަލަ ނިމުނުކަމުގަވިޔަސް، ޓްރައިބިޔުނަލްގައި މޮރިޝަސްއާއި ދެކޮޅަށް ވަކާލާތުކުރަމުންދާ މައްސަލައާއި ފުށޫ ނާރާނެކަމަށް ގާނޫނީ ވަކީލުންގެ ޓީމްގެ ވެރިޔާ ޕްރޮފެސަރު ޕަޔަމް އަޚަވަން ވިދާޅުވެއްޖެއެވެ.

ޗާގޯސް މައްސަލައާއި ގުޅިގެން ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަވުމުގައި ވާހަކަ ދައަކަވަމުން ޕްރޮފެސަރު ޕަޔަމް އަޚަވަން ވިދާޅުވީ، ޗާގޯސް މައްސަލަ ކޮންމެ ގޮތަކަށް ނިންމިޔަސް ރާއްޖޭގެ އިގްތިސާދީ އިމުގެ ބައެއް ނުގެއްލޭނެ ކަމަށާއި، ކޮންމެ ގައުމެއްގެ ވެސް އިގްތިސާދީ ހާއްސަ ސަރަހައްދު ކަމުގައި ކަނޑައަޅާފައި އޮންނަ 200 މޭލު އެއްކޮށް އެ ގައުމަކަށް ލިބެނީ އެހެން ގައުމެއްގެ އިމާ ފުށުނާރާ ގޮތަށް އޮތުމުން ކަމަށް ވިދާޅުވިއެވެ. އެގޮތުން މިސާލެއްގެ ގޮތުން ސްރީ ލަންކާ އާއި އިންޑިއާ އަށް ބައެއް ދޭންޖެހިފައި އޮތުން ފާހަގަކުރެއްވިއެވެ.

ޕަޔަމް އަޚަވަން ވިދާޅުވީ މިމައްސަލާގައި މޮރިޝަސްއާއި އެއްކޮޅަށް ވޯޓު ދިނީ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ)އިން ނިންމި ނިންމުމާއި ގުޅިގެންކަމަށެވެ. ޕަޔަމް ވިދާޅުވީ، މިމައްސަލައާ ގުޅިގެން ރާއްޖެއަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށާއި، އެހެން ނަމަވެސް މައްސަލަ އުފެދެނީ ރާއްޖެއާއި އެސަރަހައްދުގެ އިގްތިސާދީ އިން ވަކިކުރުމަށް ކުރަމުންދާ މައްސަލައިންކަމަށް ފާހަގަކުރެއްވިއެވެ.

އަޚަވަންގެ ވާހަކައިގައި މިއީ ވަކި ބަޔަކަށް މޮޅު ނުވަތަ ދެރަ ލިބޭފަދަ މައްސަލައެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި މީގައި ދެކޮޅުންވެސް ބޭނުންވާ ކަންކަން ހުށަހަޅާ ދެބައިމީހުންވެސް ކަންތައްތަކެއްގައި ދޫ ދޭން ޖެހޭކަމަށް ވިދާޅުވިއެވެ.

ކޮމެންޓް
ޢުއްތަމަ އުސްތާޛް
މިއީ ސަރުކާރުގެ ފައިސާ ނަގައިގެން ޕްރޮޕެގެންޑާ ފަތުރާ ޤާއުމަށް ޣައްދާރުވާންވީ ވަގުތެއް ނޫން. މިއީ އެއަށްވުރެ މާ ހައްސާސް މައްސަލައެއް.
25 Oct 2022
ގުޅޭ ލިޔުންތައް
17 Sep 2026
އުނގޫފާރުގައި ސާޖިކަލް ކޭމްޕެއް އިފްތިތާހުކޮށްފި
ޞިއްޙީ ވުޒާރާއާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ގުޅިގެން 11 ސްޕެޝަލިސްޓުންގެ ޓީމަކާ އެކު ތިން ދުވަހުގެ ސާޖިކަލް ކޭމްޕެއް އުނގޫފާރުގައި ފަށައިފިއެވެ.
17 Sep 2026
ފުރިހަމައަށް މައުލޫމާތު ހާމަކުރި ދައުލަތުގެ 5 ވަނަ ކުންފުންޔަށް އެމްޑަބްލިއުއެސްސީ
މިކަން ހާމަކޮށްފައިވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އިއްޔެ ނެރުނު ރަސްމީ ބަޔާނެއްގައެވެ.
17 Sep 2026
ރަފީނިއާގެ ހެޓްރިކާއެކު ބާސާއަށް ބޮޑު މޮޅެއް
ރޭސިން އަތުން ލިބުނު މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ތިން ޕޮއިންޓްގެ ފަރަގަކާއެކު ތާވަންގެ އެއްވަނާގައެވެ.
17 Sep 2026
މޮރޮކޯ އާއި އިސްރާއީލުން އެމްބަސީ ފެންވަރަށް ގުޅުން މަތިކުރަން ނިންމައިފި
އެމެރިކާ މެދުވެރިވެގެން ނިއުޔޯކްގައި ބޭއްވި ބައްދަލުވުމެއްގައި މޮރޮކޯ އާއި އިސްރާއީލުން ފުރިހަމަ އެމްބަސީތައް ޤާއިމުކޮށް ސީދާ ވައިގެ ދަތުރުތައް މި އަހަރު ނިމުމުގެ ކުރިން ފެށުމަށް އެއްބަސްވެއްޖެއެވެ.
17 Sep 2026
އޮސަސޫނާ ބަލިކޮށް އެތުލެޓިކޯ މެޑްރިޑުން ތާވަލުގެ ތިންވަނައަށް ޖެހިލައިފި
މި ނަތީޖާއަކީ އަންނަ ހޮނިހިރު ދުވަހު ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މުހިންމު "މެޑްރިޑް ޑާބީ" ގެ ކުރިން އެތުލެޓިކޯއަށް ލިބުނު ބޮޑު އިތުބާރެއްކަމަށް ކޯޗް ސިމިއޯނީ ވަނީ ބުނެފައެވެ
17 Sep 2026
މާލޭގައި މާރާމާރީއެއް؛ ޒަޚަމްވި މީހަކަށް ފަރުވާދެނީ
ފުލުހުން ބުނީ އެ ސަރަހައްދުގައި ބަޔަކު މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 02:32 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
17 Sep 2026
ފިހާރަތައް ހުޅުވާ ގަޑިތަކާއި ބަންދުކުރާ ގަޑިތަކުން ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލު
ފިހާރައެއް ހެނދުނު ހުޅުވާ ގަޑިއާއި ރޭގަނޑު ބަންދުކުރާ ގަޑި ނިންމާ ހިސާބުން އެ ސަރަހައްދެއްގައި ދިރިއުޅޭ މީހުންގެ ނިދާ ގަޑިއާއި ކެއުމުގެ ވަގުތާއި ޢާއިލީ ވަގުތުތައް ވެސް ބައްޓަންވާން ފަށައެވެ. ހެނދުނު ހެނދުނާ ފިހާރަ ހުޅުވާ ޤައުމުތަކުގައި މީހުން ކުރީބައިގައި ނިދައި ކުރީބައިގައި ހޭލާ ދިރިއުޅުމެއް އުޅެން ދަސްވެފައިވެއެވެ.
17 Sep 2026
ކެފެއިންގެ އަސަރު ތަފާތުވާ ސަބަބު ހޯދައިފި
ކެފެއިންގެ އަސަރު އެކި މީހުންނަށް ތަފާތުވަނީ ޖީންތަކާއި ދިރިއުޅުމުގެ އާދަތަކުގެ ސަބަބުން ހަށިގަނޑުގައި އެ މާއްދާ ރޫޅާލެވޭ މިންވަރު ތަފާތުވާތީ ކަމަށް އައު ދިރާސާތަކުން ދައްކައެވެ.