އެމްޓީސީސީން ސެނެހިޔާ ކައިރީގައި ބަސް ހުއްޓިއެއް ހަދަނީ

މާލޭގައި ދަތުރުކުރާ މިނީ ބަހެއް

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގްރޭޓަރ މާލެ ސަރަހައްދުގެ ބަސް ރޫޓްތަކަށް ސެނެހިޔާ ހޮސްޕިޓަލް ސަރަހައްދުގައި ބަސް ހުއްޓިއެއް އިތުރު ކުރަން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ މާދަމާ އިން ފެށިގެން ސެނަހިޔަ ސަރަހައްދުގައި ބަސް ހުއްޓިއެއް ގާއިމްކޮށް، ހިދުމަތް ދޭން ފަށާނެ ކަމަށެވެ. އެއީ ހުޅުމާލެ ފޭސް ދޭކުން މާލެގެ ކާނިވާ ރޫޓާއި، ހުޅުމާލެ އެކަކުން މާލޭގެ ކާނިވާ ރޫޓު ކަމަށެވެ.

މި ބަސް ހުއްޓިއާއެކު، ހުޅުމާލެ އިން ސެނެހިޔަ ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ފަރާތްތަކާއި، އެ ހޮސްޕިޓަލުން ހުޅުމާލެ އަށް ދަތުރު ކުރާ ފަރާތްތަކަށް ލިބުނު ފަސޭހައަކަށް ވެގެން ދާނެކަން ފާހަގަކޮށްލެވެއެވެ.

އެމްޓީސީސީން މާލޭގައި މިނީ ބަހުގެ ޚިދުމަތް ފަށާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. 

Advertisement

ކޮމެންޓް