ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ހަބަރު
26 Oct 2022 | 15:53
ޓެކްސް ބޮޑުކުރުމަށް މަޓީ އާއި ގެސްޓްހައުސް އެސޯސިއޭޝަންގެ ތާއީދެއް ނެތް

މި ދަނޑިވަޅުގައި، މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް ތާއިދުނުކުރާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ގެސްޓްހައުސް އެސޯސިއޭޝަނުން ބުނެފިއެވެ. 

ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލް މުޅި މަޖިލީހުގެ ކޮމެޓީން ދިރާސާ ކުރުމަށް ކަމާއިގުޅޭ ފަރާތްތައް ހާޒިރުކޮށް މައުލޫމާތު ސާފް ކުރުން މިއަދުގެ ކުރިއަށް ގެންގޮސްފައިވާއިރު، އެކަމާއި ގުޅޭގޮތުން މަޓީގެ ފަރާތުން ފޮނުވި ސިޓީ ވަނީ މަޖިލީހުގައި އިއްވާފައެވެ. 

އެސިޓީގައި، މަޓީ އިން ވަނީ މި ދަނޑިވަޅުގައި ޓެކްސް ބޮޑު ކުރަން ތާއީދު ނުކުރާ ކަމަށް ބުނެފައެވެ. އޭގެ ސަބަބެއްގެ ގޮތުގައި މަޓީ އިން ބުނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މިހާރު ވެސް އަންނަނީ އެކިއެކި ލޮޅުންތަކުން އަރައިގަތުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި ޓެކްސްއަށް އަންނަ ކޮންމެ ބަދަލެއް ތަންފީޒުކުރުމަށް އެންމެ މަދުވެގެން 12 މަސް ދުވަސް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މިއަދުގެ ޖަލްސާގައި އިއްވި ސިޓީގައި މަޓީން ބުނެފައި ވެ އެވެ.

މީގެ އިތުރުން، ޓެކްސް ބޮޑު ކުރުމާއި ގުޅޭގޮތުން ގެސްޓު ހައުސް އެސޯސިއޭޝަންގެ ބޭފުޅުން ވެސް ވަނީ މިއަދު ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. އެގޮތުން ހާޒިރު ކޮށްފައިވަނީ ގެސްޓުހައުސް އެސޯސީއޭޝަންގެ ފައިނޭންޝަން ކޮންޓްރޯލާ ހަސަން އަލިމަނިކާއި އެސޯސިއޭޝަންގެ އެކްސްކޯ މެންބަރު އަހުމަދު ވަހީދެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން، ހަސަން އަލިމަނިކު ވިދާޅުވީ، ޓެކްސް ބޮޑު ކޮށްފިނަމަ، ގެސްޓްހައުސް ތަކަށް އޮތް ޑިމާންޑް 20 ނުވަތަ 25 ޕަސެންޓުން ޑީމާންޑު ދަށަށް ދާނެ ކަމަށެވެ. އެހެނީ ގެސްޓުހައުސް ވިޔަފާރީގައި ރާއްޖެގޭ އެންމެ ބޮޑު ކޮމްޕެޓިޓަރުންގެ ތެރޭގައި ހިމެނޭ ގައުމުތަކުން ނަގަނީ ކުޑަ ޓެކްސްއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ގެސްޓުހައުސް ކޮމިއުނިޓީގަ ކޮންސާނެއް އެބެއް މީތި [ޓީޖީއެސްޓީ] ބޮޑުވެއްޖިއްޔާމު ފުދޭވަރަކަށް އިފެކްޓު ކުރާނެ ކަމަށް. އެއީ އެންމެ ކޮމްޕެޓިޓިވް މާކެޓަނަށް މީނި ބާލީއާއި ޕުކެޓު ތަންތަން، އެބޭފުޅުން ވަރަށް ބޮޑަށް މީތި [ޓީޖީއެސްޓީ] ކުޑަކޮށްގެން ކުރިއަށް ގެންދަނީ،" އަލިމަނިކު ވިދާޅުވި އެވެ.

މީގެ އިތުރުން ގެސްޓް ހައުސް އެސޯސިއޭޝަންގެ އެކްސްކޯ މެންބަރު އަހުމަދު ވަހީދު ވިދާޅުވީ، މި ވަގުތުގައި ޓެކްސް ބޮޑު ކޮށްފިނަމަ ގެސްޓް ހައުސްތަކަށް ބޮޑެތި ގެއްލުންތައް ވާނެ ކަމަށެވެ. 

އެގޮތުން، ގެސްޓް ހައުސް އޭނާ ވިދާޅުވީ، މިހާރު ހުޅުމާލޭގެ ގެސްޓް ހައުސް ތަކުގެ އެވްރެޖް ރޭޓަކީ 49 ޑޮލަރު ކަމަށެވެ. އަދި އޮންލައިން ޕްލެޓްފޯމް ތަކުގައި އެ ރޭޓް އަޕްލޯޑް ކޮށްލުމަށްފަހު ޓެކްސް ކަނޑާލުމުން ޖެހެނީ 44 ޑޮލަރު ކަމަށެވެ. އަދި އެއިންވެސް 10 ޑޮލަރު ނުވަތަ 100 ރުފިޔާ އެއާރޕޯރޓް އިން ގެސްޓްހައުސް އަށް ގެނައުމަށް ހޭދަވާ ކަމަށާ، އެއީވެސް ހޭދަވާ އިތުރު ޚަރަދުކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޚަރަދު ކަނޑާލީމާ އަޅުގަނޑުމެންނަށް ވަނީ ކަނޑައެޅިގެން ގެއްލުން. ދެން ވިދާޅުވާނެ ކީއްވެގެންތޯ އޮޕަރޭޓް ކުރަނީ. ޚާއްސަކޮށް ގްރޭޓަރ މާލެ އޭރިއާގެ ވާހަކަ މިދައްކަނީ. އަޅުގަނޑުމެންގެ ގެސްޓް ހައުސް އެއް ފެހެންދޫގައި ވެސް އެބަހުރި. އަޅުގަނޑުމެންނަށް ނުކުރެވިގެން ބަންދު ކުރާ ހިސާބުގައި އެ އޮތީ. އޭގެތެރެއިން ވަރަށް ގިނަ މައްސަލަ ތައް އެބަ ދިމާވޭ ޓްރާންސްޕޯޓް ކަނެކްޓިވިޓީ މައްސަލަ ވެސް. 

ގެސްޓް ހައުސް އެސޯސިއޭޝަން އެކްސްކޯ މެންބަރު އަހުމަދު ވަހީދު

އެހެންކަމުން ޓީޖީއެސްޓީ 12 އިންސައްތަ އިން 16 އިންސައްތަ އަށް ބޮޑު ކުރުމުން، ލޯކަލް ޓޫރިޒަމަށް ވާނީ 100 އިންސައްތަ ގެއްލުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ގެސްޓް ހައުސް އެސޯސިއޭޝަނާއި މަޓީއިން ޓެކްސް ބޮޑު ކުރުމާއި ދެކޮޅަށް ވާހަކަ ދެއްކެވި ނަމަވެސް، ސަރުކާރަށް ތާއީދު ކުރައްވާ އެމްޑީީޕީ މެންބަރުން ވަނީ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ދިފާއުކޮށް ވާހަކަދައްކަވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.