ރައްޔިތުންގެ މަޖިލިސް
ހަބަރު
31 Oct 2022 | 15:42
އިސްލާހުތައް ބަލައި ނުގަނެ ސަރުކާރުން ބޭނުންވި ގޮތަށް ޓެކުސް ބޮޑުކުރަން ފާސްކޮށްފި

ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް މެމްބަރުން ހުށަހެޅި އިސްލާހުތައް ބޭރު ކޮށްލައި ސަރުކާރުން ފޮނުވި ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން އެ ބިލު ފާސް ކޮށްފި އެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅީ ޖީއެސްޓީ 8  ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑު ކުރުމަށެވެ.

އެ ބިލަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވީ ޖީއެސްޓީ އާއި ޓީޖީއެސްޓީ މިހާރު ވެސް ގާނޫނުގައި އޮތް ގޮތަށް ހަ ޕަސެންޓާއި 12 ޕަސެންޓުގައި ބެހެއްޓުމަށެވެ. ޝިޔާމް ގެ އިސްލާހަށް ވޯޓަށް ހުޅުވާލުމުން އިސްލާހު ބަލައިގަންނަން ނުފެންނަ ކަމަށް 56 މެމްބަރުން ވޯޓު ދިނުމާއި އެކު އެ އިސްލާހު ވަނީ ބޭރުކޮށްލާފައެވެ. 

ޝިޔާމްގެ އިތުރުން އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އާލީ އާޒިމް ވެސް ވެސް ޓެކްސް ބޮޑު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ތިން އިސްލާހެއް ހުށަހަޅުއްވާފައެވެ.

އެގޮތުން ޖީއެސްޓީ %14 އަށް ބޮޑު ކުރަން އާޒިމް ހުށަހެޅުއްވި އިސްލާހަށް ވޯޓު ދެއްވީ 15 މެންބަރުންނެވެ. އަދި އެ އިސްލާހާއި ދެކޮޅަށް 46 އަދި ވަކި ކޮޅަކަށް އެއް މެންބަރަކު ވޯޓެއް ނުދެއްވައެެވެ. އެއާއެކު އެ އިސްލާހުވެސް ފާސް ނުވާކަމަށް ވަނީ ނިންމާފައެވެ. 

ޓެކްސް ބޮޑު ކުރާ ބިލަށް އާޒިމް ހުށަހެޅުއްވި އަނެއް އިސްލާހަކީ ޓީޖީއެސްޓީ މިހާރު ނަގާ %12 ރޭޓުގައި ދަމަހައްޓާށެވެ. އެ އިސްލާހު ފާސްކުރުމަށް 19 މެންބަރުން ވޯޓު ދެއްވި އިރު ދެކޮޅަށް 44 މެންބަރުން އަދި ވަކި ކޮޅަކަށް އެއް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

ސަރުކާރުން ޓެކްސް ބޮޑު ކުރުމަށް ހުށަހެޅުއްވި ބިލަށް އާޒިމް ހުށަހެޅުއްވި ތިންވަނަ އިސްލާހަކީ، އަންނަ އޭޕްރީލް މަހުން ފެށިގެން ޓެކްސް ބޮޑު ކުރަން ފަސް ކުރުމެވެ. އެ އިސްލާހު ފާސްކުރުމަށް 15 މެންބަރުން ވޯޓު ދެއްވި އިރު ދެކޮޅަށް 45 އަދި އެއް މެންބަރަކު ވަކި ކޮޅަކަށް ވޯޓެއް ނުދެއްވައެވެ. އެއާއެކު އެ އިސްލާހުވެސް ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

މިއާއެކު މަޖިލީހުގެ ރިޔާސަތުން ވަނީ ޓެކްސް ބޮޑު ކުރާ ބިލް ސަރުކާރުން ފޮނުއްވި ގޮތަށް ވޯޓަށް ހުޅުވާލާފައެވެ. އެގޮތަށް އެ ބިލު ފާސްކުރުމަށް މަޖިލީހުގެ އާއްމު ކޮމިޓީގެ 50 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. ބިލާ ދެކޮޅަށް 19 މެންބަރަކު ވޯޓު ދެއްވި އިރު، ވަކި ކޮޅަކަށް ވޯޓެެއް ނުދެއްވަނީ އެއް މެމްބަރެވެ. އެއީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.