ޕާޕަލްލޭން އެޕްލިކޭޝަން ލޯންޗުކުރުމުގެ ހަފްލާގެ ތެރެއިން/ ފޮޓޯ: ވޮއިސް
ވިޔަފާރި
01 Nov 2022 | 23:00
ކަސްޓަމަރުންނާއި އޮންނަ ގުޅުން ބަދަހިކޮށް ޚިދުމަތުން އިނާޔަތް ލިބޭ ޕާޕަލްލޭން އެޕް ލޯންޗުކޮށްފި

ރާއްޖޭގައި ހިންގަމުންދާ، ވިޔަފާރިތަކުން ކަސްޓަމަރުންނާއި އޮންނަ ގުޅުން ބަދަހިކުރުމަށާއި ހިދުމަތް ހޯދުމުން އިނާޔަތް ލިބޭ ގޮތަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ޕާޕަލްލޭން މަސައްކަތް ފަށައިފިއެވެ.

މިއަދު ފެމެލީރޫމް ކެފޭގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައި ޕާޕަލްލޭން އެޕްލިކޭޝަން ވަނީ ލޯންޗުކޮށްފައެވެ.

ޕާޕަލްލޭން އަކީ ރާއްޖޭގެ ސްޓާޓަޕްއަކުން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަންކެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ވިޔަފާރިކޮށްގެންނާއި، ތަފާތު ހިދުމަތްތައް ހޯދައިގެން، ކަސްޓަމަރުންނަށް އިތުރު އިނާޔަތްތަކާއި ފައިދާތައް ހޯދުމަށް އާ ގޮތްތަކެއް ވަނީ ތައާރަފްކޮށްފައެވެ.

ޕާޕަލްލޭން އަކީ ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހި ހަތަރު ފަންނުވެރިން ތަރައްގީކޮށްފައިވާ ރިވޯޑްސް ޕްލެޓްފޯމް (ކަސްޓަމަރުންނަށް އިތުރު އިނާމާއި ފައިދާ ފޯރުކޮށްދޭ ޕްލެޓްފޯމް)އެކެވެ. މި އެޕްލިކޭޝަން ފުރަތަމަ ބޭނުން ކުރަން ފަށާފައިވަނީ 2021 ވަނަ އަހަރުގެ މެދުތެރޭގައެވެ.

އެއީ މި އެޕްލިކޭޝަން މެދުވެރިކޮށް ރިވޯޑްސް ޕްރޮގްރާމްތަކުގެ އަޖުމަ ބެލި ފުރަތަމަ ވިޔަފާރިތައް ކަމަށްވާ ފެމިލީ ރޫމް ކޮފީ، ސީހައުސް އަދި ކޮފީ ޝްރަބްއާ އެކުގައެވެ. އެއް އަހަރު ދުވަހުގެ އަޖުމަ ބެލުމާއި ޓެސްޓުކުރުމަށް ފަހު މި އެޕްލިކޭޝަން ވަނީ މިއަދު ބޭއްވުނު ޚާއްޞަ ހަފްލާގައި ރަސްމީކޮށް އިފްތިތާޙްކޮށްފައެވެ. މިއަދު ލޯންޗުކުރެވުނު އެޕްލިކޭޝަނުގައި އަޖުމަ ބެލުމުގެ މަރުހަލާގައި ބޭނުންކުރެވުނު ކަންތައްތަކުގެ އިތުރުން، ކަސްޓަމަރުންނަށް އަމާޒުކޮށް ބައިވަރު އާ ކަންތައްތަކެއް ހިމަނާފައިވާނެއެވެ.

ޕާޕަލްލޭން އެޕްލިކޭޝަން ލޯންޗުކުރުމުގެ ހަފްލާގެ ތެރެއިން

● ޕާޕަލްލޭން އެޕަކީ ހުރިހާ ވައްތަރެއްގެ ރިވޯޑު އަދި ކޯޕަރޭޓް ކާޑުތައް އެއް ނިޒާމަކަށް ގެންނަ މޮބައިލް ފޯނު އެޕްލިކޭޝަނެއް

● ޕާޕަލްލޭން މެދުވެރިކޮށް ރިވޯޑު ޕްރޮގްރާމްތައް ތައާރަފު ކުރާ ވިޔަފާރިތަކަށް ފަސޭހަ ކަމާ އެކު އެ ބޭފުޅުންގެ އަމިއްލަ ރިވޯޑު ޕްރޮގްރާމް ތައާރަފު ކުރެވޭނެ. އަދި ކޯޕަރޭޓް ކާޑު ގެންގުޅޭ ކުންފުނިތަކަށް އެ ކާޑު ފަސޭހަ އަދި އިތުބާރުހުރި ބީދައަކުން، ޕާޕަލްލޭން އެޕު ތެރެއިން ފެންނަ ގޮތް ވެސް ހެދޭނެ

● ޕާޕަލްލޭން އެޕު ބޭނުންކުރާ ވިޔަފާރިތަކުން ހިދުމަތް ހޯދާ ކަސްޓަރަމުންނަށް،  ކަސްޓަމަރުން ވިޔަފާރި ކުރާ ކޮންމެ ފަހަރަކު އިތުރު ފައިދާއެއްގެ ގޮތުން ރިވޯޑު ޕޮއިންޓް ދެވޭނެ. އަދި އޭގެ ފަހުން ވިޔަފާރި ކުރާ ކޮންމެ ފަހަރަކު އިތުރު އިނާމާއި ފައިދާ އެ ވިޔަފާރިތަކުން ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން ހޯދޭނެ

● ޕާޕަލްލޭން ބޭނުންކުރާ މެމްބަރުން އެއް މެމްބަރަކު އަނެއް މެމްބަރަށް އެއް ވިޔަފާރިއަކުން ލިބިފައިވާ ޕޮއިންޓް ހަދިޔާ ކުރެވޭނެ

● ވިޔަފާރިތަކުން އަޅުވާ ހާއްސަ ޑީލްތައް ބަލައި އަދި ދޫކުރާ ކޫޕަންސް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ

● އެއް މެމްބަރަކު އަނެއް މެމްބަރަކު ފޮލޯ ކުރުމާއި، ޗެކިން ކުރުމާއި އެޕުގެ ތެރޭގައި މުއާމަލާތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސިފައިވާނެ.

● އާއިލާ މެމްބަރުން، ރައްޓެހިން އަދި ލޯބިވާ ފަރާތްތަކަށް ގިފްޓް ކާޑު ހަދިޔާކުރެވޭނެ އިންތިޒާމް ޕާޕަލްލޭން އެޕްލިކޭޝަންގެ ތެރެއިން ހަމަޖެއްސިފައިވާނެ.

ޕާޕަލްލޭން ތަރައްގީކުރި އިރު ވިސްނާފައިވާނީ، ވިޔަފާރިތަކުން އަލަށް ހިދުމަތް ހޯދާ ފަރާތްތައް ދާއިމީ އިހްލާސްތެރި ކަސްޓަމަރުންނަށް ބަދަލުކޮށް އެ ފަރާތްތަކާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ފުޅާކޮށް އިތުބާރު ވަރުގަދަ ކުރެވޭނެ ގޮތްތައް ތައާރަފުކުރަން ކަމަށް ޕާޕަލްލޭންގެ އެއް ފައުންޑާ އުމަރު ފާހަގަކުރިއެވެ. ޕާޕަލްލޭން އިން ގަބޫލުކުރާ ގޮތުގައި މި އެޕްލިކޭޝަންގެ މައިގަނޑު އެއް މަގުސަދަކީ ކަސްޓަމަރުންގެ އުޅުމާއި ބޭނުންތައް ފަސޭހަކަމާ އެކު ދެނެގަނެ އެ ބޭނުންތަކަށް ވިޔަފާރިތައް ހޭނި، ހިދުމަތް ފުޅާ ކުރެވޭނެ ގޮތްތައް ފަހިކޮށްދިނުމެވެ.

ޕާޕަލްލޭން އެޕްލިކޭޝަން ލޯންޗުކުރުމުގެ ހަފްލާގެ ތެރެއިން

ޕާޕަލްލޭން ފުރަތަމަ ބޭނުންކުރި ވިޔަފާރިތަކުން އެ އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނާ އޮންނަ ގުޅުން ބަދަހިވި ގޮތާއި ކަސްޓަމަރުންގެ އެކިއެކި ގިންތިތައް ދެނެގަނެވުނު ގޮތް ފާހަގަކުރިއެވެ. އެ ފަރާތްތަކުން ފާހަގަކުރި ގޮތުގައި ޕާޕަލްލޭން މި އެޕްލިކޭޝަނަށް ބަރޯސާވެ އެޕްލިކޭޝަން ބޭނުން ކުރަން ފެށި ފަހުން ފައިދާހުރި ވިޔަފާރި އާއި ގުޅުންހުރި ނިންމުންތައް ނިންމަން ފަސޭހަވެގެން ދިޔައެވެ. މީގެ އިތުރުން ޕާޕަލްލޭންއާ އެކު އެވިޓީ ޕޮސް ސިސްޓަމް ބޭނުންކުރަމުން ދިޔަ ފަރާތްތަކުން މިދެ ސޮފްޓްވެއާ ބޭނުންކޮށްގެން ކަސްޓަމަރުންނާއި އިތުރަށް ގުޅުންބަދަހިކުރަން ފަސޭހަވިކަން ވަނީ ފާހަގަކޮށްފައެވެ.

ޕާޕަލްލޭން އިން ގެނެސްދޭ ކަސްޓަމާ އިން ސައިޓްސް މެދުވެރިކޮށް ކަސްޓަމަރުންނާއި ގުޅުންހުރި ޑޭޓާ ވިޔަފާރިވެރިން އިތުރަށް ބަލައި ދިރާސާކޮށް، ކަސްޓަމަރުން ވިޔަފާރިކުރުމުން ހުރި އިތުރު ފައިދާތައް ފުޅާކޮށް ކަސްޓަމަރުންނާއި އޮންނަ ގުޅުން އިތުރަށް ފަހިވެގެންދެއެވެ. މިއެޕްލިކޭޝަނަކީީ ވިޔަފާރުކުރާ ފަރާތްތަކާއި އަދި އެ ފަރާތްތަކުގެ ކަސްޓަމަރުން އެކީގައި ކުރިއަރައި ދާގޮތަށް ފަރުމާކުރެވިފައިވާ އެޕެކެވެ.

ޕާޕަލްލޭންގެ އެއް ފައުންޑާ ޖިނާން ފާހަގަ ކުރި ގޮތުގައި މި އެޕްލިކޭޝަނަކީ ކޮންމެ ޕޮސް ސިސްޓަމަކާ ގުޅިލާމެހޭ ގޮތަށް ތަރައްގީކުރެވިފައިވާ އެޕްލިކޭޝަނެކެވެ. ޕާޕަލްލޭންގެ ފަރާތުން ކަސްޓަމަރުންނަށް ޕޮއިންޓް އެޅުމަށާއި ލިބޭ ޕޮއިންޓްތަކާ ގުޅިގެން އިތުރު ހިދުމަތްތައް ހޯދާ ކަސްޓަމަރުންނަށް އެޕޮއިންޓްތައް ރިޑީމްކުރުމަށް ބޭނުންވާ އޭޕީއައި(API) ވަނީ ތައާރަފުކޮށްފައެވެ. އަދި އިތުރު ފީޗާސްތައް ކަމަށްވާ ކޫޕަން ދިނުމާއި ގިފްޓް ކާޑު ގަތުން ފަދަ ހިދުމަތްތަކަށް ބޭނުންވާ އޭޕީއައިތައް ވެސް ކައިރި މުސްތަގުބަލުގައި ލިބެން ހުންނާނެއެވެ.

ޕާޕަލްލޭން އެޕް މިހާރު އެޕަލް އެޕްސްޓޯރ އަދި ގޫގުލް ޕްލޭސްޓަރ އިން ޑައުންލޯޑު ކުރެވޭނެއެވެ. އިތުރު މައުލޫމާތު ހޯދުމަށް www.purplelane.app ޒިޔާރަތްކޮށްލެއްވުމުން ނުވަތަ ޢުމަރު (9728085) ޖިނާން (7783013) ގުޅުއްވުމުން ލިބިގެންދާނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.