އެމްޓީސީސީއިން ކަށވަރު ޕްރޮމޯޝަންގެ ތެރެއިން ދޫކުރާ ސުޒުކީ އިންޖީނު/ ފޮޓޯ: ހަފްތާ
ވިޔަފާރި
02 Nov 2022 | 06:42
އެމްޓީސީސީގެ ކަށަވަރު ޕްރޮމޯޝަން ފަށައިފި، ކޮންމެ ހަފްތާއަކު ސުޒުކީ އިންޖީނެއް!

އެމްޓީސީސީން ބާއްވާ "ކަށަވަރު ޕްރޮމޯ"ގެ މިއަހަރުގެ ޕްރޮމޯޝަން ފަށައިފި އެވެ.

މި އަހަރުގެ ޕްރޮމޯޝަން އިފުތިތާހު ކުރުމުގެ ގޮތުން ކަށަވަރު ޝޯރޫމުގައި ބޭއްވި ރަސްމިއްޔާތެއްގައި ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސެއިން މޫސާއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ކަށަވަރު ޕްރޮމޯއަކީ ކަސްޓަމަރުންނަށް ޑިސްކައުންޓުތަކާއެކު އެމްޓީސީސީގެ ޕްރޮޑަކްޓުތައް ވިއްކުމެވެ.

އެގޮތުން މި ޕްރޮމޯގައި ޔަންމާ އަދި ސުޒުކީ އިންޖީނާއި އިންޖީނުގެ ސްޕެއާ ޕާޓްސް, ކާސްޓްރޯލް އަޑީތެޔޮ, ޕީޕީޖީ ކޯޓިންގްސް, ސްކޮޓް ބެޑާ ފައިބަރު ސާމާނު, މަރޮލް ސްޓީރިން ސިސްޓަމް އަދި އިންޑަސްޓްރިއަލް ގޭސް ފަދަ ޕްރޮޑަކްޓުތަކުން ޑިސްކައުންޓް ލިބޭނެ އެވެ.

ނޮވެމްބަރު އެކަކުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި އަހަރުގެ ޕްރޮމޯޝަންގައި ކުރާ ކޮންމެ 5,000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ.

ކޫޕަނުން ބައިވެރިވެވޭ ލަކީޑްރޯގައި ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް ސުޒުކީ 2.5 ހޯސްޕަވަރުގެ އިންޖީނެއް ލިބޭނެ އެވެ. އަދި ޕްރޮމޯޝަން ނިންމާލަމުން ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ޔަންމާ 35 ހޯސްޕަވަރުގެ އިންޖީނެއް ލިބޭނެ އެވެ. މިއީ ދެ ލައްކަ ރުފިޔާގެ އަގުހުރި އިންޖީނެކެވެ.

ކަށަވަރު ޕްރޮމޯ ޓާގެޓަކީ އޮޑިވެރިންނާއި މަސްވެރިންނާއި އިންޖީނިއަރުންނާއި ޓޫރިޒަމް އަދި ޓްރާންސްޕޯޓް ސެކްޓާގައި މަސައްކަތްކުރާ ފަރާތްތަކެވެ.

އެމްޓީސީސީން ބުނީ, މި ޕްރޮމޯޝަންގެ މުއްދަތުގައި މާލެ ބަނދަރު, ހުޅުމާލެ, ވިލިމާލެ އަދި ތިލަފުށީގައި އައުޓްޑޯ އިވެންޓުތައް ބާއްވާނެ ކަމަށެވެ. އަދި ރ. އަލިފުށި, ރ. ވާދޫ, ތ. ހިރިލަންދޫ, ދ. ކުޑަހުވަދޫގެ އިތުރުން އއ. އުކުޅަހަށް ޒިޔާރަތް ކުރާނެ ކަމަށް ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.