ހުޅުމާލެ/ ފޮޓޯ: އެޗް.ޑީ.ސީ
ވިޔަފާރި
29 Nov 2022 | 11:04
ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯންގައި އަށް ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދޭން ނިންމައިފި

ހުޅުމާލޭގައި ދިރިއުޅޭ އާބާދީ އިތުރުވެ ވިޔަފާރިތައް ގިނަވަމުން ދާއިރު މިކަމަށް ބޭނުންވާނެ އިތުރު ވަސީލަތްތައް ޤާއިމު ކުރުމަށް ކަނޑައެޅިފައިވާ އިންޑަސްޓްރިއަލް ޒޯންގެ މިހާރު ކަނޑައެޅިފައިވާ އިމާރާތް ކުރުމުގެ އުސްމިނަށް ބަދަލު ގެނައުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

މިގޮތުން ކުރިން ހަ ފްލޯއަށް އިމާރާތް ކުރެވޭ ގޮތަށް ހުއްދަ ދެވިފައިވާއިރު އިތުރު ދެ ފްލޯއަށް އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީއިން ބުނެއެވެ.

އެޗްޑީސީއިން ބުނި ގޮތުގައި މި ބަދަލު ގެނައުމެގެ އެއްމެ ބޮޑު އެއް ބޭނުމަކީ އިންޑަސްޓްރިއަލް ސަރަހައްދައް ބޮޑުވެފައިވާ ޑިމާންޑްއަށް ހައްލެއް ހޯދައިދިނުމާއި ހުޅުމާލޭގައި ހިންގޭ ވިޔަފާރިތަކަށް ގިނަ ފަހި ފުރުޞަތުތަކެއް ފަހިކޮށްދިނުމާއި އަދި އިންޑަސްޓްރިއަލް ބޭނުންތަކަށް ހުޅުމާލޭގައި ކަނޑައެޅިފައިވާ ފްލޯ ސްޕޭސް އިތުރުކުރުމެވެ. 

މި ބަދަލާއި އެކު މިހާރު އިންޑަސްޓްރިއަލް ސަރަހައްދުގައި ހުރި އިމާރާތްތަކުގައި ޙިދުމަތް ހޯދާއި ޙިދުމަތް ދެމުން ގެންދާ ފަރާތްތަކަށް ވިޔަފާރި ފުޅާކުރަން ގިނަ ފުރުޞަތުތަކެއް ލިބިގެންދާނެކަމުގައި އެޗްޑީސީއިން ވަނީ ބުނެފައެވެ. 

އެ ކޯޕަރޭޝަނުންގެންދަނީ ރައްޔިތުން އެދޭ ކަންކަން ގާތުން ބަލައި އެކަންތަތްތަކަށް އަވަސް ހައްލު ހޯދައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއްކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ލީޑްސް ޔުނައިޓެޑް އަތުން ލިވަޕޫލް ބަލިވެއްޖެ
އެމެރިކާގައި މިހާރު ކުރިއަށްދާ ޕްރިސީޒަން ދަތުރުގައި ކުޅުނު އެންމެ ފަހުމެޗްގައި ލިވަޕޫލްގެ މައްޗަށް ލީޑްސް ކުރި ހޯދީ 4-2 ގެ ނަތީޖާއިންނެވެ
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.