އޯއޭސީޕީއެސްގެ ފުރިހަމަ މެންބަރު ޤައުމެއްގެ ގޮތުގައި ރާއްޖެ ހަމަޖެއްސީ ހުކުރު ދުވަހު -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
10 Dec 2022 | 14:15
އޯއޭސީޕީއެސްގެ ފުރިހަމަ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ހަމަޖެހިއްޖެ

އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ ފުރިހަމަ މެމްބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އިއްޔެ ހަމަޖެހިއްޖެއެވެ.

އެންގޯލާގެ ލުއާންޑާގައި މިހިނގާ ޑިސެންބަރު މަހުގެ 6 އިން 9 އަށް ކުރިއަށް ގެންދިޔަ އޯއޭސީޕީއެސް ގެ 10 ވަނަ ސަމިޓުގައި އެ ޖަމުޢިއްޔާގެ މެމްބަރު ހުރިހާ ޤައުމަކުންވެސް ވަނީ އެ ޖަމިއްޔާގެ ފުރިހަމަ މެމްބަރު ޤައުމަކަށް ދިވެހިރާއްޖެ ވުމަށް ހުށަހެޅި ހުށަހެޅުން ބަލައިގަތުމަށް ތާޢީދުކޮށްފައެވެ.

އޯއޭސީޕީއެސްގެ ފުރިހަމަ މެންބަރުކަން ރާއްޖެއަށް ލިބުނީ އެ ޖަމިއްޔާގެ އެންމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި އެ ޖަމިއްޔާގެ ފުރިހަމަ މެމްބަރު ޤައުމަކަށް ދިވެހިރާއްޖެވުމަށް ހުށަހެޅި ހުށަހެޅުން ބަލައިގަތުމަށް މެންބަރު ޤައުމުތަކުން ތާއީދު ކުރުމުންނެވެ.

ރައީސް ސާލިހުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން، މި ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފްދުގެ އެންމެ އިސްބޭފުޅަކީ، ރާއްޖޭގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދެވެ.

އޯއޭސީޕީއެސްގެ ހުރިހާ މެމްބަރު ޤައުމުތަކުގެ ތާޢީދު ލިބުމާއެކު، އޯއޭސީޕީއެސްގެ މެމްބަރު ޤައުމުތަކުން އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ "ރިވައިސްޑް ޖޯޖްޓައުން އެގްރީމެންޓް" އަށް ރާއްޖެއިން ވަނީ އެއްބަސްވެފައެވެ.

މީގެއިތުރުން، ސަމިޓްގެ ހަވާސާގައި ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ ޝާހިދު ވަނީ "އިންސްޓްރޫމަންޓް އޮފް އެކްސެޝަން" ޑިޕޮޒިޓްކޮށްދެއްވާފައެވެ.

އޯއޭސީޕީއެސްގެ ފުރިހަމަ މެމްބަރު ޤަމަކަށްވުމަށް ރާއްޖެއިން ހުށަހަޅާފައި ވަނީ 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުގައެވެ. އަދި 2022 މާރިޗު 23 ގައި ވަނީ އޯ.އޭ.ސީ.ޕީ.އެސް. ގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވާފައެވެ. އޯއޭސީޕީއެސް އިން 2022 ޖޫންގައި އެ ޖަމުޢިއްޔާގެ "އޮބްޒާވަރ ސްޓޭޓަސް" ރާއްޖެއަށް ވަނީ ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Jun 2026
ހިިޖުރީ އާއަހަރުގެ ތަހުނިޔާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި
ރައީސްގެ މެސެޖްގައި ވިދާޅުވީ، މިއީ މުޅި މުޖުތަމަޢުގެ ލާބަޔާއި މަންފާއަށްޓަކައި އޯގާތެރިކަން އިސްކޮށް، އަމިއްލަ އެދުމެއްނެތި، އިޚްލާޞްތެރިކަމާއެކު އެކަކު އަނެކަކަށް އެހީތެރިވެ އުޅުމުގެ ރޫޙު އާލާކުރަންވީ ވަގުތު ކަމަށެވެ
16 Jun 2026
ނިއުޒިލެންޑާ ކުޅެ އެއްވަރުވި ނަމަވެސް، އީރާން ޓީމްގެ ފަރާތުން ފެނުނީ ތަފާތު ރޫހެއް
މި މެޗަކީ މި މުބާރާތުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ފޯރިގަދަ މެޗްކަން ފާހަގަކޮށްލެވެއެވެ
16 Jun 2026
އެމެރިކާގެ އަސްކަރީ ބޯޓު ވެއްޓި އެންމެން މަރުވެއްޖެ
އެމެރިކާގެ ވައިގެ ސިފައިންގެ ބީ-52 ސްޓްރެޓޯފޯޓްރެސް ބޮންއަޅާ ބޯޓެއް ކެލިފޯނިއާގެ އެޑްވާޑްސް ވައިގެ މަރުކަޒުން ނައްޓާލިތާ ކުޑައިރުކޮޅެއް ފަހުން ވެއްޓި ބޯޓުގައި ތިބި އަށް މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
16 Jun 2026
ސައުދީ އުރުގުއޭ މެޗް އެއްވަރު، ހުރިހާ ތައުރީފެއް ސައުދީގެ ކީޕަރަށް
މެޗްގައި ތަރިއަކަށް ވެގެންދިޔައީ ސައުދީގެ ގޯލް ކީޕަރު މުހައްމަދު އަލް-އުވައިސް އެވެ. މިމެޗްގައި އޭނާ ވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކާފައެވެ
16 Jun 2026
ކޭޕް ވާޑޭގެ ކީޕަރުގެ އިސްޓަގްރާމް ފޮލޯވަރުން 45،000 އިން 5 މިލިއަނަށް
ވޯލްޑް ކަޕްގައި ސްޕެއިންއާ ދެކޮޅަށް ކޭޕް ވާޑޭން ރޭ ކުޅުނު ފޯރިގަދަ މެޗަށްފަހު، އެ ގައުމުގެ ތަޖުރިބާކާރު ކީޕަރު ވޮޒީނިއާ އަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބި، އޭނާގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެއެވެ.
16 Jun 2026
މޮޅުވާން ލިބުނު ފުރުސަތު މިސްރުން ނަގާލައިފި
މިމެޗުން މިސްރު މޮޅުވިނަމަ، އެޓީމަށް ވޯލްޑް ކަޕްގައި މޮޅެއް ނުލިބި ހޭދަވި 92 އަހަރުގެ އިންތިޒާރަށް ނިމުމެއް ގެނެވުނީހެވެ
16 Jun 2026
ވޯލްޑް ކަޕަށް އެމެރިކާއަށް ނުވެއްދި ސޮމާލީ ރެފްރީގެ މުސާރަ އެއްކޮށް ދެނީ
ވޯލްޑް ކަޕްގައި ރެފްރީކަން ކުރުމަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުލިބުނު ސޮމާލީ ރެފްރީ އޮމަރް އަރްތާންއަށް މުބާރާތުގެ މުސާރަ އެއްކޮށް ދޭނެ ކަމަށް ފީފާއިން ބުނެފިއެވެ.
16 Jun 2026
ކުޑަ ޤައުމެއް ކަމަށްވާ ކޭޕް ވާޑޭ އަތުން، ސްޕެއިނަށް ލަދުވެތި ނަތީޖާއެއް
ކޭޕް ވާޑޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ހީރޯއަކީ ކޭޕް ވާޑޭގެ ކީޕަރު އުމުރުން 40 އަހަރުގެ ވޮޒްނިއާ އެވެ.