ބްރިޖު އެކްސިޑެންޓް ގައި ގެއްލުންވި ކާރު
ހަބަރު
19 Dec 2022 | 18:58
އެކްސިޑެންޓްގެ ވީޑިއޯ ދައުރުވަމުންދާތީ ޢާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި: ފުލުހުން

މިމަހު 16 ވަނަ ދުވަހު ސިނަމާލޭ ބްރިޖު ޓްރެފިކް ލައިޓް ކައިރީ ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގެ ވީޑިއޯ ދައުރުވަމުންދާތީ ޢާއިލާއިން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހުކުރު ދުވަހު ހިނގި އެކްސިޑެންޓްގައި ސައިކަލުގައި އިން ޖަމްބޯ ފޯވާޑިންގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލު މޫސާ ވަނީ އާ ޓްރީ ޓޮޕް ހޮސްޕިޓަލް އަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ނިޔާވެފައެވެ. 

މި އެކްސިޑެންޓް އާއި ގުޅޭ ސީސީޓީވީގެ ވީޑިއޯ ފޫޓޭޖް މިހާރު މީސްމީޑިއާގައި ލީކުވެފައިވާއިރު ސީސީޓީވީ ފުޓޭޖްއިން ފެންނަ ގޮތުގައި ޖަމްބޯއިން ސައިކަލް ރަތް ޓްރެފިކް ސިގްނަލަށް މަޑުކުރުމެއް ނެތި ދިޔައީ ދުއްވާފައެވެ. އަދި ހަލިމަގުން އެއާޕޯޓަށް ދާން އޮންނަ މަގަށް ޅަނބާލަށް އުޅުނު ވޭނެއްގައި ސައިކަލު ޖެހި އެކްސިޑެންޓްވާތަން ފެނެއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ މީހަކު މަރުވާން މެދުވެރިވި އެކްސިޑެންޓްގެ މަންޒަރު ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ދައުރު ކުރުމަކީ މަރުހޫމުގެ އާއިލާއަށް ނުހަނު ހިތްދަތިކަން ގެނުވާނެ ކަމެއް ކަމުގައި ދެކޭ ކަމަށާއި އެ ވީޑިއޯ ދައުރު ވަމުންދާތީ އެކަމުގެ ކަންބޮޑުވުން އާއިލާއިން ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެ ވީޑިއޯ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ދައުރު ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ފުލުހުން އިތުރަށް ބުނީ، ސީސީޓީވީ ކެމެރާ ފޫޓޭޖް އެކްސެސް ފުލުހުންގެ އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޝަންގެ ވަރަށް ގިނަ މުވައްޒަފުންނަށް އޮންނަ ކަމަށެވެ. އަދި އެ ވީޑިއޯ އާންމުވެފައިވާ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށާ އެއީ ކިހިނެތް އާންމުވެފައިވާ ވީޑިއޯއެއްތޯ ބަލައި ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
12 Oct 2026
ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއްޔާ ނެޓްވޯކުން އާއްމުކޮށްފިއެވެ.
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.