އައިއެމްއެފް
ހަބަރު
22 Dec 2022 | 15:54
ދިވެހި ފައިސާ ޗާޕުކުރުން ހުއްޓާލުމަށް އައިއެމްއެފް އިން އެދިއްޖެ

ދިވެހި ފައިސާ ޗާޕުކުރުން ހުއްޓާލުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން އެދިއްޖެއެވެ.

އައިއެމްއެފްގެ ޗާޓަރާ އެއްގޮތްވާ ގޮތުގެ މަތިން ދިވެހި ސަރުކާރާއެކު ހަދަންޖެހޭ އެގްޒެކެޓިވް ބޯޑުގެ ކޮންސަލްޓޭޝަން ނިންމައި އިއްޔެ އެ އިދާރާގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ބަޔާނުގައި އައިއެމްއެފް އިން ވަނީ އިންފްލޭޝަން ކޮންޓްރޯލް ކުރުމަށާއި، ފައިސާގެ އަގު ދަށްވެ ނުދީ ހިފެހެއްޓުމަށް ފައިސާ ޗާޕުކުރުން ނިމުމަކަށް ގެނައުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި ފައިސާ ޗާޕުކުރުން ހުއްޓާ ނުލައިފިނަމަ ދިވެހިރާއްޖެއަށް އިގްތިސާދީ ގޮތުން ދަތިތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

އަދި ހަކަތައިގެ އަގުތަކާއި، ކާބޯތަކެތީގެ އަގުތައް އުފުލެމުން ދިިޔުމާއި، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބާއެކު ޚަރަދުކުރުންތައް އިތުރުވާނެތީ، އިންފްލޭޝަން ރޭޓު 4.9 އިންސައްތައަށް އަރާނެ ކަމަށް އައި.އެމް.އެފްއިން ލަފާކުރެއެވެ.

މިއާއެކު އައިއެމްއެފްއިން ވަނީ އިންފްލޭޝަންގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުން ހުއްޓުވުމަށް މަނިޓަރީ ސިޔާސަތު ހަރުދަނާ ކުރުމަށް މަރުކަޒީ ބޭންކުން ތައްޔާރުވާން ޖެހޭނެކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ދިވެހި ސަރުކަރުން ފައިސާ ޗާޕްކުރުން ހުއްޓާނުލައިފިނަމަ ސްރީލަންކާގެ އިގްތިޞާދަށް އައި ކަހަލަ ބޮޑު ލޮޅުމެއް ރާއްޖެއަށް ވެސް ކުރިމަތިވެދާނެ ކަމަށް އައިއެމްއެފް އިން ބުނެފައިވެއެވެ. 

ސްރީލަންކާ އިންވެސް 2014 ވަނަ އަހަރުންފެށިގެން ފައިސާ ޗާޕް ކޮށް މާކެޓަށް ނެރެން ފެށުމާއި ގުޅިގެން، ފާއިތުވި 7 އަހަރު ދުވަހުގެ ތެރޭގައި އެގައުމުގެ އިގްތިސާދީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. 

ސަރުކާރުން އަންނަނީ 2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ފައިސާ ޗާޕުކުރަމުންނެވެ. އޭގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ހިފަހައްޓަން ސަރުކާރުގެ ބޭރު ފައިސާގެ ރިޒާވް ވަރަށް ބޮޑަށް ބޭނުން ކުރަން ޖެހުނެވެ. ފާއިތުވި އޮކްޓޯބަރު މަހުގެ ނިޔަލަށް ރިޒާވްގައި ހުރީ 105 މިލިއަން ޑޮލަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
12 Oct 2026
ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއްޔާ ނެޓްވޯކުން އާއްމުކޮށްފިއެވެ.
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.