އޯޝަން ބަބުލް ރެސްޓޯރެންޓް ގެ ވެރިފަރާތް، ރަފީއުއްދީން، އެ ރެސްޓޯރެންޓްގެ ރޮބޮޓަކާއި އެކު
ވިޔަފާރި
27 Dec 2022 | 10:06
ރާއްޖޭގައި ފުރަތަމަ ފަހަރަށް، ރޮބޮޓެއް ޚިދުމަތްދޭ ރެސްޓޯރެންޓެއް ހުޅުވަނީ

ރާއްޖޭގައި ހުޅުވާ ފުރަތަމަ، ރޮބޮޓް ވެއިޓަރުން ޚިދުމަތްދޭ ރެސްޓޯރެންޓް މި ފެށޭ އައު އަހަރުގެ ޖަނަވަރީ އެއް ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ. 

"އޯޝަން ބަބުލް" ގެ ނަމުގައި ވެރިރަށް މާލޭގައި ހުޅުވާ މި ރެސްޓޯރެންޓް ހުންނާނީ މަޖީދީ މަގުގެ އިރުމަތީގައި ހުންނަ ކުރީގެ އުރީދޫ ހެޑް ކުއާޓާސް ގެއެވެ.

އޯޝަން ބަބުލް ގައި ޚިދުމަތް ދެމުންދާނީ، ކުރިއަރާފައިވާ އެހެން ގައުމުތަކުގައިވެސް ރެސްޓޯރެންޓް ތަކުގައި ޚިދުމަތްދޭ ކަހަލަ ރޮބޮޓް ކަމަށް އެ ރެސްޓޯރެންޓްގެ ވެރިފަރާތް ރަފީއުއްދީން ވިދާޅުވި އެވެ. 

"މި ރެސްޓޯރެންޓް ގައި ޚިދުމަތް ދޭނީ، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ އެހެނިހެން ގައުމުތަކުގެ ރެސްޓޯރެންޓް ތަކުގައި ބޭނުން ކުރާ ފަދަ ރޮބޮޓުން. އަދި އެ ޚިދުމަތްދޭ ރޮބޮޓުން ކަސްޓަމަރުންނާއި ބައްދަލު ކުރާނީ ހިނިތުންވުމާއި ޝުކުރާއި އެކު." ރަފީއުއްދީން ވިދާޅުވި އެވެ. 

މިއީ އޯޝަން ބަބުލް ގެ ނަމުގައި ހުޅުވޭ ދެވަނަ ރެސްޓޯރެންޓެވެ. އޯޝަން ބަބުލް ގެ ފުރަތަމަ ރެސްޓޯރެންޓް ހުޅުވާފައި ވަނީ މިދިޔަ އަހަރު ހުޅުމާލޭ ގައެވެ.

މި ރެސްޓޯރެންޓުން އެކި އެކި އައު ރަހަތަކުގެ ކޮފީ ލިބެން ހުންނާނެ ކަން ފާހަގަކުރައްވައި ރަފީއުއްދީން ވިދާޅުވީ، ރެސްޓޯރެންޓްގެ މެނޫވެސް ކުރިއަށް އޮތް ދުވަސްތަކުގައި އޮންލައިން ކޮށް ބަލާލެވޭނެ ހުންނާނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
12 Oct 2026
ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއްޔާ ނެޓްވޯކުން އާއްމުކޮށްފިއެވެ.
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.