އުނގޫފާރު މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ފެންހިންދާ ޓޭންކް ހަރުކޮށް ނިމިއްޖެ

ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ތެރެއިން: ފޮޓޯ/ އެމްޓީސީސީ

ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ ދަށުން، ފެންހިންދާ ޓޭންކް ހަރުކުރުމުގެ މަސައްކަތް ނިމިއްޖެއެވެ. 

އެމްޓީސީސީން ބުނީ، މި މަޝްރޫއު ގެ ދަށުން ސެޓްލްމެންޓް ޓޭންކް ހަރުކުރުމުގެ މަސައްކަތުގެ 55 ޕަސެންޓްވެސް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 7511.70 އަކަ މީޓަރުގެ ދުއްވާ ސަރަަޙައްދެއްގައި ސަބްގްރޭޑް، ސަބްބޭސް އަދި ތާރު އެޅުމުުގެ މަސައްކަތް ކުރުމާއި، 2291.75 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 21.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. 

Advertisement

ކޮމެންޓް