ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ރަސްމީ ޖަލްސާތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
06 Jan 2023 | 13:47
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ރަސްމިއްޔާތު ބާއްވައި، ރިވެލި ތަރި އެވޯޑް ދީފި

2022 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ރަސްމީ ޖަލްސާ ބައްވައި، މި ޖަލްސާގައި 9 ފަރާތަކަށް ރިވެލި ތަރި އެވޯޑް ދީފިއެވެ.

2023 ޖަނަވަރީ މަހުގެ 5 ވަނަ ދުވަހުގެރޭ ރ. އަލިފުށީ ސްކޫލުގެ މަލްޓި ޕަރޕަސް ހޯލްގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ރިވެލި ތަރި އެވޯޑް ހާސިލްކޮށްފައިވާ ފަރާތްތަކަށް އެވޯޑް ދެއްވީ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއެވެ.

މި ހަފްލާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފުތަރުގެ ޑިޖިޓަލް ޕޯޓަލް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިފްތިތާޙްކޮށްދެއްވިއެވެ. މި ދަފްތަރަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ މަޢުލޫމާތު ފެސޭހައިން އަދި ރައްކާތެރިކަމާއެކު ބެލެހެއްޓޭގޮތަށް ޤާއިމްކޮށްފައިވާ ޑިޖިޓަލް ރަޖިސްޓްރީއެކެވެ.

ރިވެލި ތަރިއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ޚާއްސަކޮށްގެން ބާއްވާ ރިވެލި މައުރަޒުގައި ބައިވެރިވެ އެކި ދާއިރާތަކުން ވަނަ ހޯދާފައިވާ ފަރާތްތަކަށް ދެވޭ ޚާއްސަ އެވޯޑެކެވެ. މި އެވޯޑްގެ މަޤްސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ކިބައިގައިވާ ހުނަރާއި، އުފެއްދުންތެރިކަން އާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށްދިނުމެވެ.

18 އަހަރުން ދަށުގެ އުމުރުފުރާއިން 2022 ވަނަ އަހަރުގެ ރިވެލި ތަރި ހާސިލްކޮށްފައިވަނީ: 

1) އަތްތެރި މަސައްކަތްކުރުމުގެ ދާއިރާއިން މުޙައްމަދު ދަރްވީޝް ޝަޒީނު، ހ. ހުވަދޫ / މާލެ، 

2) އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާއިން ޢާއިޝަތު ޔަމްނާ މުޙައްމަދު، ހީނާމާގެ / މ. މުލައް، 

3) ކުރެހުމުގެ ދާއިރާއިން އާމިނަތު މިޝްޔާ މަމްދޫޙް، މ. ބަބުކެޔޮގަސްދޮށުގެ / މާލެ، އަދި

4) ކާބޯތަކެތި ތައްޔާރުކުރުމުގެ ދާއިރާއިން ފާޠިމަތު ޝަފަޤް، ރެޑިއަމުގެ / ތ. ވިލުފުށިއެވެ. 

18 އަހަރުން މަތީގެ އުމުރުފުރާއިން 2022 ވަނަ އަހަރުގެ ރިވެލި ތަރި ހާސިލްކޮށްފައިވަނީ:

1) އަތްތެރި މަސައްކަތްކުރުމުގެ ދާއިރާއިން ޙަސަން ޤާސިމް، ބޮކަރުމާގެ / ރ. އަލިފުށި، 

2) އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާއިން ސާމިޔާ އާދަމް، ރެޑިއަމްގެ / ހދ. ކުޅުދުއްފުށި،

3) ކުރެހުމުގެ ދާއިރާއިން ޙަސަން ޝާޒްލީ، މާކޯނި / ގދ. ތިނަދޫ، އަދި 

4) ކާބޯތަކެތި ތައްޔާރުކުރުމުގެ ދާއިރާއިން އާމިނަތު ޖިހާދާ، ތަރިކަ / ސ. މަރަދޫފޭދޫއެވެ.

މީގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާއިން ޢާއިޝަތު އާދަމް، އޮޅުމަސްގެ / ރ. އަލިފުށިވަނީ ހިތްވަރު ދިނުމުގެ ހަނދާނީ ލިޔުން ހޯދާފައެވެ. 

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ މަހުގެ 3 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤްސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް މުޖްތަމަޢުގެ އެހެން ފަރުދުންނެކޭ އެއްފަދައިން ދިރިއުޅުމުގެ އެންމެހައި ކަންކަމުގައި ފުރިހަމައަށް ޝާމިލްވެވޭނެ މާޙައުލެއް ޤާއިމްކުރުމަށް ބާރުއަޅައި، މިހާރަށްވުރެ ބޮޑަށް އެފަދަ ފުރުސަތުތައް ފަހިކުރުމަށް މަސައްކަތް ކުރުމެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.