އޯގަންޒާ ފިހާރަ: މި ފިހާރަ ހުންނާނީ ސޯސަންމަގު، އިބްރާޙިމް މިސްކިތް ހުރަސް ކޮށް ދާއިރު--
ވިޔަފާރި
07 Jan 2023 | 09:56
އޯގަންޒާގެ އަގުތައް، ބޮޑުވި ޖީއެސްޓީ އާއި އެކު ބޮޑެއް ނުވާނެ؛ އަދިވެސް ކުރީ އަހަރެކޭ އެއްފަދަ

މިމަހު އެއްވަނަ ދުވަހުން ފެށިގެން މުދަލާއި ޚިދުމަތުގެ އަގުން ނަގަމުން އައި ޓެކްސް ބޮޑުކޮށްފައިވާ ނަމަވެސް އެކަމާއި ގުޅިގެން އޯގަންޒާ އިން ވިއްކާ ތަކެތީގެ އަގަށް ބަދަލެއް ނާންނާނެ ކަމަށް އެ ފިހާރަ އިން ބުނެފިއެވެ. 

މިހާރު ދިވެހި ކަނބަލުންގެ މެދުގައި އެންމެ މަގުބޫލު އަންހެން ބޭފުޅުންނަށް ޙާއްސަކޮށްގެން އެކި ބާވަތުގެ އައިޓަމްސް ލިބޭގޮތަށް މާލޭގެ މާރކެޓްގައި އެންމެ އަގު ހެޔޮކޮށް ވިޔަފާރި ކުރަމުންދާ އެއް ފިހާރައަކީ އޯގާންޒާއެވެ.

މިދިޔައަަހަރުގެ މެދުތެރޭން ފެށިގެން ވިޔަފާރި ކުރަމުން އަންނަ މިފިހާރަވަނީ ގިނަ އަދަދެއްގެ އަންހެން ބޭފުޅުންނާއި ފެހުންތެރިން އަދި މިނޫނަސް ގިނަބައެއްގެ މަގުބޫލުކަން ކުޑަދުވަސް ކޮޅެއްތެރޭގައި ހޯދާފައެވެ. ސަބަބަކީ ކޮލިޓީ މޮޅު އެކި ބާވަތުގެ އަންހެންބޭފުޅުންނަށް ހާއްސަ މުދަލާއި ފަހަން ބޭނުން ކުރާ ފޮއްޗާއި އަދި މިނޫނަސް އެކި އަކި ބާވަތުގެ ސާމާނު އެއްތާކުން ލިބެން ހުންނާތީއެެވެ.

އަހަރުފެށުމާއި އެކު ޖީއެސްޓީ %8 އަށް ބޮޑު ކުރެވިގެން ދިޔުމާއި އެކު ވިޔަފާރި ކުރާ ގިނަ ފިހާރަތަކުން ވަނީ ތަކެތީގެ އަގަށް ގިނަބަދަލު ތަކެއް ގެެނެސްފައެވެ. ނަމަވެސް އޯގާންޒާއިން ހިންގަމުން ދާފަރާތުން ވޮއިސް އަށް މައުލޫމާތު ދިންގޮތުގައި ވޭތުވެ ދިޔައަހަރެކޭ އެއްވަރެއްގައި އޯގާންޒައިން ވިއްކާ ހުރިހާ މުދަލެއްގެ ވެސް އަގުތަކަށް ޖީއެސްޓީއާއި ގުޅިގެން އެއްވެސް ބަދަލެއް ނާންނާނެކަމަށެވެ.

އަދި މީގެން އިތުރުން ކުރިންވެސް ދެމުން އައި ގޮތަށް ގަންނަ މުދަލުން ޑިސްކައުންޓް ދިނުމާއި، އިތުރު ޕްރޮމޯޝަންތައްވެސް މިއަހަރު ބޭއްވުމަށް ތައްޔާރުވަމުން ދާކަމަށް އެ ފިހާރައިން މައުލޫމާތު ދިނެވެ. އޯގާންޒާގެ ޓީމުން ގަބޫލުކުރާ ގޮތުގައި އެފާރުތުން ވިއްކަމުން ގެންދާ މުދަލުގެ ކޮލިޓީ ވައްޓާނުލައި ހުރިހާ ބޭފުޅުންގެ އަތްފޯރާ ފަށުގައި އަގުތައް ބެހެއްޓުމަކީ އެފިހާރައިން އެންމެ އިސްކަންދޭ ޓާރގެޓެވެ.

މިހާރުގެ ޒުވާނުންގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ އެކި ޑިޒައިންތަކުގެ ރީތި ފޮއްޗާއި ހެދުން ފެހުމަށް ބޭނުންކުރާ ސާމާނުތަކާއި އެއާ ގުޅުންހުރި ތަފާތު ބާވަތްތައް އޯގަންޒާ އިން ލިބެން ހުރެއެވެ. އޭގެ ތެރޭގައި ރޭނދާ, ޒިބު، ގޮށް، ވެލިފޮތި، އަދިވެސް އިތުރު ފެހުމަށް ބޭނުންވާ ސާމާނު ހެޔޮ އަގުގައި ލިބެން ހުރެއެވެ. އަދި ހަމަ އެހެންމެ އެކި ޑިޒައިން ތަކުގެ ބެޑްޝީޓް ފަހާ ފޮތިވެސް އޯގާންޒާ ފިހާރައިން ލިބެންހުންނާނެއެވެ.

މީގެ އިތުރުން ވެސް، އަންހެން ކުދިން ލާ ޓޮޕާއި، ހޫޑީސް، ހެދުން ފަދަ ތަކެތީގެ އިތުރުން ،ބޫޓު ފައިވާނާއި، ބޮލުއަޅާ ތޮތްޕާއި، އަންޑަގާމެންޓްސް، އަދި ބުރުގާ ފަދަ ތަކެތި ހެޔޮ އަގުގައި އޯގަންޒާ އިން ލިބެން ހުރެއެވެ.

އޯގަާންޒާ” ހުންނާނީ ސޯސަންމަގު، އިބްރާޙިމް މިސްކިތް ހުރަސް ކޮށް ދާއިރު އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7816688 ގުޅާލުމުން ލިބޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.